ޓައިވާނުން ކުރިއަށްގެންދާ އަސްކަރީ ފަރިތަކުރުންތަކުގެ ތެރެއިން.. ފޮޓޯ: ސީއެންއޭ
ދުނިޔެ
18 Mar 2025 | 21:27
ޓައިވާން ކައިރީގައި ހިންގާ އަސްކަރީ ތަމްރީނުތަކަކީ ވަކިވެގަތުމުގެ އަދަބެއް: ޗައިނާ

ޓައިވާނު ކައިރީގައި އިއްޔެ ބޭއްވި އަސްކަރީ ތަމްރީނުތަކަކީ ޓައިވާނުން 'ވަކިވެގަތުމަށް' ކުރާ މަސައްކަތުގެ އަދަބެއް ކަމަށް ޗައިނާއިން ބުނެފިއެވެ.

ޗައިނާއިން އެގައުމުގެ ޕްރޮވިންސެއްގެ ގޮތުގައި ބަލާ ޓައިވާނުގެ އައްސޭރިފަށުގެ ކައިރީގައި އިއްޔެ 54 ވައިގެ އުޅަނދު ބޭނުންކޮށްގެން އަސްކަރީ ތަމްރީނުތަކެއް ވަނީ ހަދާފައެވެ. މީގެ ތެރެއިން 42 އުޅަނދެއް ޓައިވާނާއި ޗައިނާ ވަކިކުރާ ޓައިވާން ކަނޑުއޮޅުގެ މެދުރޮނގު ހުރަސްކޮށް، ޓައިވާން ފަޅިއަށް ވަދެފައިވާކަމަށް ޓައިވާނުން ތުހުމަތުކުރެއެވެ. މި ތަމްރީނުތަކުގައި ޖޭ-10 މަރުކާގެ އަސްކަރީ ޖެޓާއި، ޑްރޯން ބޭނުންކޮށްފައިވެއެވެ. ޗައިނާގެ ވައިގެ އުޅަނދުފަހަރު ޓައިވާނުގެ ވަށައިގެން އެކި ސަރަހައްދުތަކުން އެގައުމާއި ކައިރިއަށް އައެވެ. އަދި ޗައިނާގެ އުޅަނދުތަކުގެ ޙަރަކާތްތައް މޮނީޓަރކުރުމަށް ޓައިވާނުން ވަނީ ވައިގެ އަދި ކަނޑުގެ އުޅަނދުތައް ނެރެފައެވެ.

އާއްމުކޮށް ޗައިނާއިން ހިންގާ އަސްކަރީ ހަރަކާތްތަކާއި ބެހޭ މައުލޫމާތު ޓައިވާނުން ހާމަކުރެއެވެ. އެހެންނަމަވެސް އެކަމާ ބެހޭ ގޮތުން ޗައިނާއިން އެއްޗެއް ބުނަނީ ވަރަށް މަދު ފަހަރަކުއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Jul 2026
މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުވެއްޖެ ނަމަ އެކަމުގެ ޒިންމާ އުފުލާންޖެހޭނެ
މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުމުގެ މައްޗަށް އަލިއަޅުވާލައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާގައި ބުނެފައިވާ ގޮތުގައި، މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ދެމެހެއްޓުމަކީ ދީނީ އަދި ޤައުމީ ވާޖިބެކެވެ. ޤައުމުގެ އެކުވެރިކަމަށް ބުރޫއަރާފާނެ ކޮންމެ ކަމަކުން މުޖުތަމަޢު ސަލާމަތްކުރުމަކީ ކޮންމެ ފަރުދެއްގެ ޒިންމާއެކެވެ.
24 Jul 2026
ކަނޑުމަގުން އެތެރެކުރި 5.6 މިލިއަނެއްހާ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި
މާލެ ކޮމާޝަލް ހާބަރު މެދުވެރިކޮށް ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން މަސައްކަތްކުރި 3110 ގްރާމްގެ މަސްތުވާތަކެތި އިއްޔެ ކަސްޓަމްސްއިން އަތުލައިގެންފިއެވެ.
24 Jul 2026
ސްޓޭޓް ފާމާގެ ބޭހުގެ މަޢުލޫމާތު ބެލޭ ޕޯޓަލެއް ސެޕްޓެމްބަރުގައި ލޯންޗުކުރަނީ
ސްޓޭޓް ފާމާގެ ފާމަސީތަކުން ލިބެން ހުރި ބޭހާއި އަގުގެ މަޢުލޫމާތު އެއް ޕްލެޓްފޯމަކުން ފެންނާނެ ޕޯޓަލެއް އަންނަ ސެޕްޓެމްބަރު މަހު ލޯންޗުކުރާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
24 Jul 2026
މިއީ ކުދިން ސްކްރީނާ ދުރުކޮށް، ޢާއިލީ ގުޅުން ބަދަހިކުރަންވީ ވަގުތު
24 Jul 2026
ހީވެސް ނުކުރާ ކަހަލަ ކަންކަމުން ވައިފައި ސިގްނަލަށް ހުރަސްއެޅޭ
ގޭތެރޭގައި ހުންނަ މައިކްރޯވޭވް އަވަނާއި މަސް ޓޭންކާއި ލޯގަނޑު ފަދަ އާންމު ތަކެތިން ވައިފައި ސިގުނަލަށް ބޮޑެތި ހުރަސްތައް އެޅޭކަން ވައިފައި ދާއިރާގެ ތަޖުރިބާކާރު އެލެކްސް ހިލްސް ހާމަކުރައްވައިފިއެވެ.
24 Jul 2026
ވީއައިއޭގައި ހިންގި ޚާއްޞަ އޮޕަރޭޝަން ނިންމާލައިފި
ޖުލައި މަހު ރާއްޖެއިން ޢުމްރާއަށް ދިޔަ 5,565 އަށްވުރެ ގިނަ މީހުން ފުރުވާލުމަށް އެމްއޭސީއެލްގެ ތިން ޑިޕާޓްމެންޓް ގުޅިގެން ވީއައިއޭގައި ޚާއްޞަ އިންތިޒާމުތަކެއް ހަމަޖައްސައި، ދަތިކަމެއް ނެތި ޚިދުމަތް ފޯރުކޮށްދީފި.
24 Jul 2026
"ޕަބްޖީ މޮބައިލް ނޭޝަނަލް ޗެމްޕިއަންޝިޕް" ގެ ޓައިޓްލް ސްޕޮންސަރަކަށް އުރީދޫ ނޭޝަން
މި މުބާރާތަކީ، ކުރިއަށް އޮތްސަރަހައްދީ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕްގައި ރާއްޖެ ތަމްސީލުކުރާނެ އެންމެ ހުނަރުވެރި ޓީމެއްހޮވުމަށް ބާއްވާ މުބާރާތެކެވެ. އަދި ދުނިޔޭގެ އެންމެ ޝަރަފުވެރި އެއް ބައިނަލްއަގުވާމީ އީ-ސްޕޯޓްސް މުބާރާތް ކަމަށްވާ "ޕަބްޖީ މޯބައިލް ގްލޯބަލް ޗެމްޕިއަންޝިޕް" (ޕީ.އެމް.ޖީ.ސީ) އަށް ކޮލިފައިވުމަށް ރާއްޖޭގެ ޓީމްތަކުން ކުރާ ދަތުރުގެ ފެށުމެވެ.
24 Jul 2026
ދަރުމަވަންތައާއި އައިޖީއެމްއެޗަށް މިއަހަރު ދިވެހި 16 ޑޮކްޓަރުން
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް) ގެ ދަށުން ހިންގާ ދަރުމަވަންތަ ހޮސްޕިޓަލާއި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ޚިދުމަތް ދެއްވުމަށް މި އަހަރުގެ މިހާތަނަށް ތަމްރީނު ފުރިހަމަކުރެއްވި ދިވެހި 16 ޑޮކްޓަރުން ގުޅިވަޑައިގެންފައިވާ ކަމަށް އެ ހޮސްޕިޓަލްތަކުގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވެއްޖެއެވެ.