ހުޅުމާލޭގައި ހުންނަ ފުލުހުންގެ އިދާރާ...
ހަބަރު
19 Mar 2025 | 13:34
ރަމަޟާންމަހު ދުވާލު ކައިގެން އެއްވެސް މައްސަލައެއް ހުށަހަޅާފައެއްނެތް: ފުލުހުން

މިއަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ 10 ދުވަސް ނިމިގެންދިޔައިރު، ދުވާލުގަޑީގައި ކައިގެން އެއްވެސް މައްސަލައެއް ހުށަހަޅާފައެއް ނެތްކަމަށް ފުލުހުންގެ އިދާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފާއިތުވެދިޔަ އަހަރުތަކުގެ ރަމަޟާންމަހު ފުލުހުން އާއްމުކުރާ ތަފާސްހިސާބުތަކަށް ބަލާއިރު، ދުވާލުގަޑީގައި ކައިބޮއެ ހެދުމުގެ މައްސަލަތައް ހިމެނޭކަން ފާހަގަކޮށްލެވެއެވެ. ނަމަވެސް ފުލުހުން މިއަދު އާއްމުކުރި ތަފާސްހިސާބުގައި ރޯދަމަހު ކައިގެން އެއްވެސް މައްސަލައެއް ފުލުހުންނަށް ރިޕޯޓްކޮށްފައެއް ނެތެވެ.

ފުލުހުން އާއްމުކޮށްފައިވާ ތަފާސްހިސާބަށް ބަލާއިރު، ރޯދަމަހުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި ޖުމްލަ 692 މައްސަލަ ހުށަހެޅިފައިވާއިރު، މި މައްސަލަތަކުގައި 148 މީހުން ވަނީ ހައްޔަރުކޮށްފައެވެ. މި މުއްދަތުގެ ތެރޭގައި ފުލުހުންގެ އިދާރާއަށް އެންމެ ގިނައިން ހުށަހެޅިފައިވަނީ އެކްސިޑެންޓްގެ މައްސަލަތަކާއި، ވައްކަމުގެ މައްސަލަތަކެވެ. މީގެ އިތުރުން ދެން އެންމެ ގިނައިން ހުށަހެށިފައިވަނީ މަސްތުވާތަކެތީގެ މައްސަލަތަކެވެ.

ރޯދަމަހު ފުރަތަމަ 10 ދުވަހު އެންމެގިނައިން ރިޕޯޓްކުރި މައްސަލަތައް:

- ޓްރެފިކް އެކްސިޑެންޓުގެ: 153 މައްސަލަ

- ވައްކަމުގެ: 147 މައްސަލަ

- މަސްތުވާތަކެތީގެ: 110 މައްސަލަ

- މަކަރާއި ހީލަތް: 70 މައްސަލަ

- ގެއްލުންދީގެން: 48 މައްސަލަ

- އަނިޔާކުރުމުގެ: 40 މައްސަލަ

- ބިރުދައްކައިގެން: 38 މައްސަލަ

- ކުޑަކުދިންނަށް އަނިޔާކޮށްގެން: 16 މައްސަލަ

- ޖިންސީ ކުށުގެ: 15 މައްސަލަ

ފުލުހުންނަށް ހުށަހެޅޭ މައްސަލަތަކަށް ބަލާއިރު، ވައްކަމާއި އެކްސިޑެންޓްގެ މައްސަލަތަކަކީ ރަމަޟާންމަހު އެންމެގިނައިން ރިޕޯޓްކުރާ މައްސަލަތައްކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ. ރަމަަޟާންމަހު އެންމެގިނައިން ވައްކަން ކުރާ ވަގުތުގެ ގޮތުގައި ފާހަގަކުރެވެނީ ފަތިސްވަގުތާއި ހެނދުނެވެ. މީގެ އިތުރުން އެކްސިޑެންޓްތައް އެންމެގިނައިން ހިނގާ ވަގުތެއްގެ ގޮތުގައި ފާހަގަކުރެވެނީ ހަވީރުގެ ވަގުތުކަމަށް ފުލުހުން ހާމަކުރާ މައުލޫމާތުތަކުން އެނގެއެވެ.

ކޮމެންޓް
ހައްވާ
ދުވާލުކާމީހުންކަނީވަގަށް.އެހެންވެމައްސަލަހުށައަޅަނީކާކު.
19 Mar 2025
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.