ފާސްޓް ފައިވް އާއި ޑްރަގަންސް ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: އިމޭޖަސް
ކުޅިވަރު
19 Mar 2025 | 15:42
ފަސޭހަކަމާއެކު ފާސްޓް ފައިވް ބަލިކޮށް ފައިނަލްގެ ދެވަނަ ޖާގަ ޑްރަގަންސް އިން ހޯފައިފި

މިހާރު ކުރިއަށްދަ "މައިލޯ ރަމަޒާން ހާފުކޯޓް ނެޓްބޯޅަ ޗެލެންޖް 2025" ގައި އަންގާރަ ދުވަހުގެ ރޭ ކުޅެވުނު އޯޕަން ކެޓަގެރީ ސެމީފައިނަލް ދެވަނަ މެޗުގައި ފަސޭހަކަމާއެކު ފާސް ފައިވް ބަލިކޮށް ޑްރަގަންސް އިން މުބާރާތުގެ ފައިނަލުން ޖާގަހޯފައިފިއެވެ.

ޑްރަގަންސް މުބާރާތުގެ ސެމީފައިނަލުން ޖާގަހޯދީ ކުޅުނު ހަ މެޗުން ހޯދި 15 ޕޮއިންޓާއެކު ލީގުބުރުގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އަދި ފާސް ފައިވް ސެމީފައިނަލުން ޖާގަހޯދީ ކުޅުނު ހަ މެޗުން ހޯދި 12 ޕޮއިންޓާއެކު ލީގު ބުރުގެ ތިންވަނަ ޓީމުގެ ގޮތުގައެވެ. އަދި މިދެޓީމު ލީގުބުރުގައި ވާދަކުރި މެޗު 14-22 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޑްރަގަންސް އެވެ.

ރޭގެ މެޗުގައި މޮޅަށް ކުޅެ ޑްރަގަންސް އިން މެޗު ޑޮމިނޭޓްކުރިއިރު، އެޓީމުން މެޗު ކާމިޔާބުކުރީ 15 ޕޮއިންޓްގެ ބޮޑު ލީޑަކާއެކު 24-9 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.

މާރިޗު 2025 އިން 19 މާރިޗު 2025 ގެ ނިޔަލަށް ކުރިއަށްދާ މިމުބާރާތުގެެ އޯޕަން ކެޓަގަރީގައި ޖުމްލަ ހަތް ޓީމަކުން ވާދަކުރިއިރު، މި ކެޓަގަރީގެ މެޗުތައް ކުރިއަށް ގެންގޮސްފައިވަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ހަަތަރު ޓީމު ސެމީފައިނަލަށް ހޮވޭގޮތަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ