ވޭޕްކުރާ ބައެއް ސާމާނު
ހަބަރު
19 Mar 2025 | 23:41
އަނެއްކާ ވެސް ވޭޕް ސްޓޮކެއް އަތުލައިގެންފި، މި ފަހަރުވެސް ދެހާހަށް ވުރެ ގިނަ

ވައިގެ މަގުން ސިއްރުން ރާއްޖެއަށް އެތެރެކުރަން އުޅުނު ވޭޕް ސްޓޮކެއް އަނެއްކާ ވެސް އަތުލައިގެންފި އެވެ.

ކަސްޓަމުން މިއަދު ވަނީ މެލޭޝިޔާއިން ރާއްޖެއަށް އައި ބައެއްގެ އަތުން 2000 އަށްވުރެ ގިނަ ވޭޕް އާއި ވޭޕްކުރަން ބޭނުންކުރާ ސާމާނު އަތުލައިގެންފައިވާކަން ހާމަކޮށްފަ އެވެ. އެ ތަކެތި އަތުލައިގެންފައި ވަނީ މެލޭޝިޔާއިން އިއްޔެ އައި ތިން ފަސިންޖަރެއްގެ ލަގެޖުގައި ފޮރުވާފައި ހުއްޓާ ކަމަށެވެ.

އެގޮތުން އަތުލައިގަނެވުނު ތަކެތީގެ ތެރޭގައި 1714 ނެނޯ ސްޓިކް، 200 ޓެރިއާ ސްޓިކް، 96 ކެލިބާން ކާޓްރިޖް، 50 ވީމޭޓް ކާޓްރިޖް އަދި 2 ވޭޕް ފްލޭވަރ ފުޅި ހިމެނެއެވެ.

ކަސްޓަމުން މިރޭ ބުނީ ވައިގެ މަގުން ސިއްރުން ރާއްޖެއަށް އެތެރެކުރަން އުޅުނު ވޭޕްގެ 2008 އައިޓަމް ކަސްޓަމްސް އިން އަތުލައިގެންފައިވާ ކަމަށެވެ. 

މި ތަކެތި އަތުލައިގަނެފައިވަނީ މި މަހުގެ 12 ވަނަ ދުވަހު ރާއްޖެއަށް އެތެރެކޮށްފައިވާ އެއަކާގޯ ޝިޕްމެންޓެއްގައި ވޭޕް ފޮރުވާފައި ހުރިކަމަށް ޝައްކުކުރެވިގެން އިތުރަށް ބަލާފާސްކުރުމުގެ ތެރޭގައި ކަމަށް ވެސް ބުންޏެވެ.

ކަސްޓަމްސްއިން މި މައްސަލަ އިތުރަށް ތަހުގީގު ކުރުމުންދާ ކަމަށް ވެސް ބުންޏެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
15 Sep 2026
ރާއްޖޭގައި ތެޔޮ ހޯދުމުގެ ދިރާސާ ކުރުމަށް މަޝްވަރާކުރައްވާނެ ކަމަށް އަންވަރު ވިދާޅުވެއްޖެ
ރައީސް އޮފީހުގައި ދެ ލީޑަރުން ބޭއްވެވި ރަސްމީ ބައްދަލުވުމަށް ފަހު މީޑިއާތަކަށް ދެއްވި ގުޅިފައިވާ ބަޔާނުގައި ބޮޑުވަޒީރު އަންވަރު ވިދާޅުވީ ރާއްޖޭގެ ސަރަހައްދުން ތެލާއި އެ ނޫން ވެސް މައުދަންތައް ފެނިދާނެތޯ ބެލުމުގެ ފުރުސަތުތައް ހޯދައިދިނުމަށް ރައީސް ޑރ. މުޢިއްޒު އެދިވަޑައިގެންފައިވާ ކަމަށެވެ. ޕެޓްރޯނަސް އަކީ ދުނިޔޭގެ ތަފާތު ސަރަހައްދުތަކުގައި ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވާ ބައިނަލްއަޤުވާމީ ވަރުގަދަ ކުންފުންޏެއް ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
15 Sep 2026
ރާއްޖެ އާއި މެލޭޝިއާއިން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލަން މަޝްވަރާކޮށްފި
ރާއްޖެ އާއި މެލޭޝިއާއާ ދެމެދު އިޤްތިޞާދީ ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން "ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓް" (ޕީޓީއޭ) އެއް އެކުލަވާލުމަށް ދެ ޤައުމުން އެއްބަސްވެއްޖެއެވެ.
15 Sep 2026
ރާއްޖެއަށް 100 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް މެލޭޝިއާއިން އެއްބަސްވެއްޖެ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެދިފައިވާ 100 މިލިއަން ޑޮލަރުގެ ފައިނޭންޝަލް ފެސިލިޓީ ދިނުމަށް މެލޭޝިއާ ސަރުކާރުން އެއްބަސްވެފައިވާ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.
15 Sep 2026
ރާއްޖެއާއި މެލޭޝިއާއާ ދެމެދު އެއްބަސްވުންތަކެއްގައި ސޮއިކޮށްފި
ދީނީ އަދި ދިފާޢީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމުގެ ގޮތުން ދިވެހިރާއްޖެއާއި މެލޭޝިއާއާ ދެމެދު މުހިންމު ފަހުމުނާމާ (އެމްއޯޔޫ) ތަކެއްގައި މިއަދު ސޮއިކޮށްފިއެވެ.
15 Sep 2026
ސްޕޯޓްސް ކޮމިޝަނަރުގެ ޒިންމާތައް ވަގުތީ ގޮތުން ހާނިމްއާ ހަވާލުކޮށްފި
ކޮމިޝަނާ އޮފް ސްޕޯޓްސްގެ މަގާމުގައި ހުންނެވި މުޙައްމަދު ޠަލާލް އެހެން މަގާމަކަށް ބަދަލުކުރެއްވުމާ ގުޅިގެން، އެ އޮފީސް ހިންގުމުގެ އެންމެހައި ޒިންމާތައް ވަގުތީ ގޮތުން ޑެޕިއުޓީ ސްޕޯޓްސް ކޮމިޝަނަރު މުޙައްމަދު ހާނިމްއާ ހަވާލުކޮށްފިއެވެ.
15 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރަށް ރާއްޖެއިން ރަސްމީ ޢިއްޒަތުގައި މަރުޙަބާ ދަންނަވައިފި
މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމަށް ރާއްޖެއިން ރަސްމީ ޢިއްޒަތުގައި މިއަދު މަރުޙަބާ ދަންނަވައިފިއެވެ.
15 Sep 2026
ޕީއެންސީ މަތީ މަޖިލިސް ފަށައިފި
މި ހަރަކާތުގައި ކައުންސިލްތަކުގެ ޕީއެންސީ ރައީސުންނާއި، އަންހެނުންގެ ކޮމިޓީތަކުގެ ރައީސާއިންނާއި މަންދޫބުންގެ އިތުރުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި ޕީއެންސީގެ ޗެއަރޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ ވެސް ބައިވެރިވާނެއެވެ.
15 Sep 2026
އެމްއެންޔޫގެ "ސާގާފީ ސައި" ހަރަކާތް ފަށައިފި
ތަފާތު ޤައުމުތަކާއި ސަގާފަތްތަކުން އެމްއެންޔޫގައި ތަޢުލީމު ޙާޞިލުކުރާ ދަރިވަރުން އެއް ޕްލެޓްފޯމަކުން ގުޅުވައިލުމުގެ ބޭނުމުގައި ބޭއްވި މި ހަރަކާތް މިހާރު ވެފައި ވަނީ ޔުނިވާސިޓީގައި ގަވާއިދުން ކުރިއަށް ގެންދާ ޙަރަކާތަކަށެވެ. ދަރިވަރުންގެ މެދުގައި ގާތް ގުޅުމެއް ބިނާކޮށް ސަގާފީ ހޭލުންތެރިކަން އިތުރުކުރުމަކީ މި ހަރަކާތުގެ މައިގަނޑު މަޤުޞަދެވެ.