މުހައްމަދު ޖަމީލް ދީދީ މިސްކިތް ހުޅުވައިފި

03 May 2019 | 21:40

މާފަންނު ލައިނޫފަރުމަގުގައި ހަދާފައިވާ މުހައްމަދު ޖަމީލް ދީދީ މިސްކިތުގައި ހުޅުވަިއިފިއެވެ.

ފައިފުހޭ މިސްކިތުގެ ނަމުން މަޝްހޫރުވެފައިވާ މިސްކިތް އިއްޔެ ހުޅުއްވައިދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އެވެ.

2017 ވަނަ އަހަރުގެ ތެރޭގައި މިމިސްކިތް ތަޅާލެވިފައިވަނީ އެތަނުގައި ޒަމާނީ ފެންވަރުގެ ހަތަރު ބުރީގެ މިސްކިތެއް އެޅުމަށެވެ.

މިމިސްކިތަކީ އަމިއްލަ ފަރާތަކުން ބިނާކޮށްދީފައިވާ މިސްކިތެކެވެ. މިސްކިތް ބޮޑުކުރެވުމާއެކު އެއްފަހަރާ 1300 މީހުންނަށް ނަމާދުކުރެވޭނެއެވެ.

އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދެއްވާގޮތުގައި ރަމަޟާން މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި މާލޭގެ މާވެޔޮ މަގުގައި ހުންނަ ބަހާއުއްދީން މިސްކިތް، ނުވަތަ މާވެޔޮ މިސްކިތް ހުޅުވުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވަނީ ބުނެފަ އެވެ.

ކޮމެންޓް