މައިލޯ ރަމަޒާން ހާފުކޯޓް ނެޓްބޯޅަ ޗެލެންޖް 2025 އިނާމު ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން.. ފޮޓޯ: އިމޭޖަސް
ކުޅިވަރު
20 Mar 2025 | 17:39
ޖޫނިއަރ ޗެންޕިއަންކަން ހައި ފްލަޔާސް ހޯދިއިރު، ސީނިއަރ ޗެންޕިއަންކަން ސްވިފްޓް ސްޓަރސްއަށް

މިހާރު ކުރިއަށްދަ "މައިލޯ ރަމަޒާން ހާފުކޯޓް ނެޓްބޯޅަ ޗެލެންޖް 2025" ޖޫނިއަރ ޑިވިޝަންގެ ޗެންޕިއަންކަން ހައި ފްލަޔާސް ހޯދިއިރު ސީނިއަރ ޑިވިޝަންގެ ޗެންޕިއަންކަން ސްވިފްޓް ސްޓަރސް އިން ހޯދައިފިއެވެ.

ބުދަ ދުވަހުގެ ރޭ ކުޅެވުނު ޖޫނިއަރ ޑިވިޝަންގެ ފައިނަލުގައި ޝޫޓާސް އަތުން ހައި ފްލަޔާސް ކުރިހޯދީ ވާދަވެރި ކުޅުމަކަށްފަހު 7-5 ގެ ނަތީޖާއަކުންނެވެ. އަދި މިޑިވިޝަންގެ އެންމެ މޮޅު ހަތަރު ކުޅުންތެރިންނަކީ އީނަލް ބިންތް ހުސެއިން ޔޫޝައު (ބޮލްޓްސް)، އީނަލް މުހައްމަދު (ޝުޓާސް)، ފާތިމަތު އުލާ (ހައި ފްލަޔާސް) އަދި އަދި މަރިޔަމް އަލީޝާ (ހައި ފްލަޔާސް) އެވެ.

މީގެ އިތުރުން ޖޫނިއަރ ޑިވިޝަންގެ ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މަރިޔަމް އަލީޝާ (ހައި ފްލަޔާސް) އެވެ.

މުބާރާތުގެ ސީނިއަރ ޑިވިޝަންގެ ފައިނަލުގައި ނިންޖާސް އަތުން ސްވިފްޓް ސްޓަރސް މޮޅުވީ ވާދަވެރި ކުޅުމަކަށްފަހު 11-9 ގެ ނަތީޖާއަކުންނެވެ. އަދި މިޑިވިޝަންގެ އެންމެ މޮޅު ހަތަރު ކުޅުންތެރިންނަކީ ބަލްގީސް މުހައްމަދު (ސްވިފްޓް ސްޓަރސް)، އާމިނަތު ތުގާ ހުސެއިން (ފައިޓާސް)، އިޝާ ބިންތް ޝިހާބް (ނިންޖާސް) އަދި ފާތިމަތު ޝާލިނީ (ނިންޖާސް) އެވެ.

މީގެ އިތުރުން ޖޫނިއަރ ޑިވިޝަންގެ ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބަލްގީސް މުހައްމަދު (ސްވިފްޓް ސްޓަރސް) އެވެ.

13 މާރިޗު 2025 އިން 19 މާރިޗު 2025 ގެ ނިޔަލަށް ކުރިއަށްދާ މިމުބާރާތުގައި ޖޫނިއަރ އަދި ސީނިއަރ ކެޓަގެރީގައި ކޮންމެ ކެޓަގެރީ އަކުން ފަސް ޓީމު ވާދަކުރިއިރު، މި ދެކެޓަގެރީގެ މެޗުތައް ވެސް ކުރިއަށް ގެންގޮސްފައިވަނީ ލީގު އުސޫލުންނެވެ.

އެގޮތުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާ ހޯދި ދެޓީމަށް މުބާރާތުގެ ފައިނަލުން ވަނީ ފުރުސަތު ލިބިފައެވެ.


ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ