04 May 2019 | 21:00
ނާމާން ސީޒަން ތިނެއް މިފަހަރު ތިންގުނަ ބިރުވެރިވާނެ!

ރަމަޟާން މަހަކީ އަޅުކަމުގެ މައްސަރެއްކަމުގައިވީނަމަވެސް، ދިވެހިންނަކީ އެމަހުގައި ކުޑަމިންވަރަކަށް ނަމަވެސް މުނިފޫހިފިލުވުމުގެ ކަންކަން ޒަމާނުއްސުރެ ކުރާ ބަޔެކެވެ. އެގޮތުން ޓެކްނޮލޮޖީއަށް އައި ކުރިއެރުންތަކާއި އެކު، ޓީވީ ޑްރާމާތަކަކީ ދިވެހިން ރޯދަަމަހުގައި މުނިފޫހިފިލުވުމަށް ބޭނުންކުރާ އެންމެ މުހިންމު އެއް ވަސީލަތެވެ.

ބިރުވެރި ޑްރާމާތަކަކީ ރޯދަމަހުގައި ގިނަބަޔަކު ހާރުކެއްކުމުގެ މަސައްކަތްތައް ފެއްޓުމުގެ ކުރިން ބަލާލާހިތްވާ ޑްރާމާތަކެކެވެ. އެގޮތުން "ނާމާން"ގެ ނަމުގައި މީގެކުރިން ޗެނަލް13 އިން ދައްކާފައިވާ ޑްރާމާ ސީރީޒްއަކީ ގިނަބަޔެއްގެ މެދުގައި މަގުބޫލު ސީރީޒްއެކެވެ.

އެގޮތުން މިއަހަރުގެ ރޯދަމަހުގައިވެސް ވަނީ ބަދަލުތަކަކާއި އެކު އެ ސީރީޒް ދެއްކުމަށް ތައްޔާރުވެފައެވެ.

”ނާމާން“ ސީރީޒްގެ ތިންވަނަ ސީޒަން ގެނެސްދެނީ ’ބިޓްމެޕް‘ އާއި އިމޭޖިނޭޝަން ރިއަލިޓީ އަދި ބައިސްކޯފް ގުޅިގެންނެވެ. ”ނާމާން“ ސީޒަން ތިނެއްގެ ޓްރެއިލާ މިހާރު އާންމުކޮށްފައިވާއިރު، މިފަހަރު އެ ސީރީޒް ފެނިގެންދާނީ ބައިސްކޯފް އެޕާއި ޗެނަލް 13 އިންނެވެ.

ޅ.ހިންނަވަރުގައި ޝޫޓްކުރި މި ސީރީޒް ލިޔެދީފައިވަނީ ހޫދު އިބްރާހިމްއެވެ. މި ފަހަރުގެ ސީޒަންގައި ވެސް ފެނިގެންދާނީ މުޅިން އާ މޫނު ތަކަކެވެ. އެގޮތުން އަހްމަދު ނާފިއު މުހައްމަދު، އައިޝަތު ސުމާ، އިސްމާއިލް މިސާހު، މަރިޔަމް ޝިޒްނާ، މުހައްމަދު އީސާފުޅު އަދި ހަދީޖާ ހުސައިން މީގައި ހަރަކާތްތެރިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.
08 Sep 2026
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް މިއަހަރުގެ ލީގް ފަށައިފި
މިފަހަރުގެ މުބާރާތަށް ފައިސާގެ އިނާމުގެ ގޮތުގައި 50000 ރުފިޔާ ވަނީ ކަނޑައެޅިފައެވެ
08 Sep 2026
ފޯރިގަދަ މެޗުތަކަކަށްފަހު ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެ
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފޯރިގަދަ ކުޅުމަކަށްފަހު ސެމީ ފައިނަލްގެ މެޗުތަކަށް ޓީމުތައް ހޮވިއްޖެއެވެ.
08 Sep 2026
ހޫޘީންގެ ހަމަލާއަކީ ސައުދީގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުން: ދިވެހި ސަރުކާރު
ހާރިޖިއްޔާގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ ފިނޑި ހަމަލާތަކަކީ ސައޫދީ އަރަބިއްޔާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ އިތުރުން، މުޅި ސަރަހައްދުގެ ސުލްހަވެރިކަމާއި، ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައި ދެކޭކަމަށް ވަނީ ބުނެފައެވެ.
08 Sep 2026
ސީދާ ތިން ސެޓުން ވައިކިންގްސް ބަލިކޮށް ވޮރިއާޒް ފައިނަލަށް
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ފުރަތަމަ ސެމީ ފައިނަލް މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށް، މަހިބަދޫ ކައުންސިލް (ވޮރިއާޒް) ޓީމު މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
08 Sep 2026
މިދިޔަ ހަފްތާގައި މާލެ ސަރަހައްދުން ހިމަބިހީގެ 12 ކޭސް
މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުންނާއި ކަމާބެހޭ އިދާރާތަކުން ކުރަމުންދާ މަސައްކަތުގެ ދަށުން، މިހާތަނަށް 16،320 ފަރާތަކުން ވަނީ ހިމަބިހީގެ ވެކްސިން ފުރިހަމަކޮށްފައެވެ
08 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވަނީ
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދަތުރުފުޅަކީ، ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރުގެ މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅާ ގުޅިގެން ކުރައްވާ ދަތުރުފުޅެކެވެ
08 Sep 2026
ފިޒިއޮތެރަޕީގެ ދާއިރާ ކުރިއެރުވުމަށް އެމްއެންޔޫ އާއި އެމްޕީއޭ ދެމެދު އެމްއޯޔޫއެއް
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި މޯލްޑިވްސް ފިޒިއޮތެރަޕީ އެސޯސިއޭޝަން (އެމްޕީއޭ) އާ ދެމެދު ފަހުމުނާމާ (އެމްއޯޔޫ) އެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ދުނިޔޭގެ ފިޒިއޮތެރަޕީ ދުވަހާ ގުޅުވައިގެން، މިއަދުއެވެ.