ދީން
21 Mar 2025 | 12:49
”އީމާންކަމާ އެކު، ދަރުމައާއި ސަވާބަށް އެދި، ލައިލަތުލްޤަދުރި ވިލޭރޭ، އަޅުކަންކުރި މީހުންނަށް، ފާފަފުއްސަވައިދެއްވާނެ“

އީމާންކަމާ އެކު، ދަރުމައާއި ސަވާބަށް އެދި، ލައިލަތުލްޤަދުރި ވިލޭރޭ، އަޅުކަންކުރި މީހުންގެ ފާފަތައް މާތް الله ފުއްސަވައިދެއްވާނެ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ. 

ލައިލަތުލް ޤަދްރި ވިލޭރޭގެ މާތްކަމުގެ މައްޗަށް އަލިއަޅުވާލައި މިއަދު އިއްވި ހުކުރު ޚުތުބާގައި ބުނީ، މިއަދުގެ ހުކުރު ޚުޠުބާގައި ޚަޠީބު ވިދާޅުވީ ރަމަޟާން މަހުގެ ފަހު ދިހައިގައި ކީރިތި ރަސޫލާ ޞައްލަالله ޢަލައިހި ވަސައްލަމަ ރޭ އަޅުކަމުގައި ގިނަ ވަގުތު ހޭދަކުރެއްވި ކަމަށެވެ. އަދި ލައިލަތުލް ޤަދުރި ހޯދުމަށް މަސައްކަތް ކުރުމަށް އެކަލޭގެފާނު އަމުރުކުރެއްވި ކަމަށް ވިދާޅުވިއެވެ

"ލައިލަތުލް ޤަދުރިއަކީ އެއް ހާސް މައްސަރަށް ވުރެ ހެޔޮކަން ބޮޑު ރެއެކެވެ. އެ ރޭ ކުރާ ހެޔޮ ޢަމަލުގެ ދަރުމަ އެއް ހާސް މައްސަރުގައި ކުރާ ހެޔޮ ޢަމަލަށް ވުރެ މަތިވެރި ކުރައްވާފައިވެއެވެ," ޚަޠީބު ވިދާޅުވިއެވެ.

އީމާންކަމާއެކު ދަރުމައަށް އެދި އެ ރޭ އަޅުކަން ކުރާ މީހުންގެ ފާފަތައް ފުއްސަވައިދެއްވާނެ ކަމަށް ޚަޠީބު ވިދާޅުވިއެވެ.

މާތްނަބިއްޔާ ޞައްލަالله ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވައިފައި ވެއެވެ. (مَنْ قَامَ لَيْلَةَ الْقَدْرِ إِيْـمَانًا وَاحْتِسَابًا، غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ).

މާނައީ: "ފުރިހަމަ އީމާންކަމާ އެކު، ސަވާބަށް އެދޭ ޙާލު، ލައިލަތުލްޤަދުރި ވިލޭރޭ އަޅުކަމުގައި ދެމިހުރެއްޖެ މީހާ ދަންނާށެވެ! ފަހެ، ހަމަކަށަވަރުން، އޭނާގެ އިސްވެ ދިޔަ ފާފަތައް ފުއްސެވޭހުއްޓެވެ."

މިއާއެކު އެ ރޭ ކުރުމަށް ކީރިތި ރަސޫލާ އުގަންނަވައިދެއްވި ދުޢާ ޚުތުބާގައި ކިޔައިދީފައިވެއެވެ.

އެ ރޭ ކުރައްވާނީ ކޮން ދުޢާއެއްތޯ މާތް ނަބިއްޔާ ޞޢވ އަރިހުގައި أُمُّ الْمُؤْمِنِيْنَ عَائِشَةَ رَضِيَ اللَّهُ عَنْهَا ސުވާލު ދެންނެވިއެވެ. އެ ހިނދު އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "ކަމަނާ މިހެން ވިދާޅުވާށެވެ! (اَللّٰهُمَّ إِنَّكَ عَفُوٌّ تُـحِبُّ الْعَفْوَ فَاعْفُ عَنِّي) މާނައީ: "އަޅުގެވެރިރަސްކަލާކޯއެވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ގިނަގިނައިން ޢަފޫކުރައްވާ، ފާފަފުއްސަވާ، އަދި ޢަފޫކުރެއްވުމަށް ލޯބިވެވޮޑިގަންނަވާ ރަސްކަލާނގެއީމުއެވެ. ފަހެ، މި އަޅާއަށް ޢަފޫކުރައްވައި މި އަޅާގެ ފާފަ ފުއްސަވާނދޭވެ!"

ޚުތުބާގައި ވަނީ މި މާތް ދުޢާ، މި މަހުގެ ބާކީ އޮތް ދުވަސްތަކާއި ރޭތަކުގައި ތަކުރާރުކޮށް މި ބަރަކާތްތެރި ދުވަސްތަކާއި ރޭތަކުގައި ހީވާގިވެ ހެޔޮ ޢަމަލުކުރުމުގައި ދެމިތިބުމަށް ނަޞޭހަތްތެރިވެފައެވެ. 

މީގެ އިތުރުން، ރަމަޟާން މަހުގެ ފަހު ދިހައިގައި އިޢުތިކާފަށް އިނުމަކީ ގަދަވެގެންވާ ސުންނަތެއް ކަމަށާއި، އިޢުތިކާފަށް އިންނަ މީހާ ބޭކާރު ކަންތަކުން ދުރުހެލިވެ، އަޅުކަމާއި ޤުރުއާން ކިޔެވުމާއި ޛިކުރުގައި ވަގުތު ހޭދަކުރަންވާނެ ކަމަށް ޚުތުބާގައި ބުންޏެވެ. 

ޚުޠުބާ ނިންމާލަމުން ވަނީ ފިޠުރު ޒަކާތް ނެރުމަށް އަވަސްވުމަށް ގޮވާލާފައެވެ. އެހެނީ، ފިޠުރު ޒަކާތަކީ ރޯދަ މަހު ހިފި ރޯދަތަކުގައި ހުރި އުނިކަން ފޫބައްދައިދޭ ކަމެއް ކަމަށާއި، ޢީދު ނަމާދުގެ ކުރިން މި ޒަކާތް ނެރެންޖެހޭ ކަމަށް ހުތުބާގައި ބުންޏެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
28 Jul 2026
ޖަޕާނަށް ރިކްޓަރ މިންގަނޑުން 7.1 ގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
ޖަޕާނުގެ ހުޅަނގު ދެކުނު ސަރަހައްދަށް ރިކްޓަރ މިންގަނޑުން 7.1 ގެ ބާރުގަދަ ބިންހެލެއް އަތުވެއްޖެއެވެ. މި ބިންހެލުމާ ގުޅިގެން ނެރުނު ސުނާމީގެ އިންޒާރު، އެ ޤައުމުގެ މީޓިއޮރޮލޮޖިކަލް އެޖެންސީން މިހާރު ވަނީ ކަނޑާލައިފައެވެ.
28 Jul 2026
ސްޕޯޓްސް ކޯޕަރޭޝަން އުވާލިއިރު، ގެއްލުން 43 މިލިއަން ރުފިޔާއަށްވުރެ މަތީގައި
ޕޯޓްސް ކޯޕަރޭޝަން އުވާލާފައިވަނީ އެކުންފުންޏަށް ލިބެމުންދިޔަ ގެއްލުންތަކާއެކު، ކުންފުނިން ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީ ހޯދޭނެ މަގެއް ނެތުމުގެ ސަބަބުންނެވެ.
28 Jul 2026
އެސްބީއައިގެ ލޯނެއް ނުދައްކައިގެން ނ. މާވެލާވަރު ވިއްކާލަނީ
ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން އަތަމާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ލޯނަކަށް ރަހުނުކޮށްފައިވާ ނ. މާވެލާވަރު، 111.6 މިލިއަން އެމެރިކާ ޑޮލަރަށް ނީލަމުގައި ވިއްކާލުމަށް އިޢުލާންކޮށްފިއެވެ.
28 Jul 2026
ފެނަކައިގެ އޮޑިޓް: ކޮރަޕްޝަނާއި މަނީލޯންޑަރިންގެ ތަހުގީގު ހިންގަން އެދެން ފާސްކޮށްފި
ނިމިދިޔަ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަނުން އައްޑޫ ސިޓީގައި ހިންގި މަޝްރޫއުތަކުގައި ކޮރަޕްޝަނާއި މަނީ ލޯންޑަރިންއަށް މަގުފަހިވާ ގޮތަށް ކަންކަން ހިނގާފައިވާތީ، އެ މައްސަލަތައް ފުލުހުން މެދުވެރިކޮށް ތަހުގީގު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
28 Jul 2026
އެކްސިޑެންޓް ވުމުން ފިލި ދޯނި 18 ދުވަސް ވީއިރުވެސް ނުފެނޭ
މި މަހުގެ ނުވަ ވަނަ ދުވަހުގެ ރޭ މާލެ ކައިރީ ކަނޑުމަތީ ހިނގި އެކްސިޑެންޓަށް ފަހު، މަޑުނުކޮށް ދިޔަ އުޅަނދު އަދިވެސް ނުފެންނަ ކަމަށާއި އެ އުޅަނދު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
28 Jul 2026
ޖޭއެންޑްޖޭއިން ކެންސަރުޖެހޭ މައްސަލަ ހައްލުކުރުމަށް 5.5 ބިލިއަން ޑޮލަރު
އެމެރިކާގެ މަޝްހޫރު ކުންފުނި، ޖޯންސަން އެންޑް ޖޯންސަން (ޖޭ.އެންޑް.ޖޭ) އިން އުފައްދާ ބޭބީ ޕައުޑަރު ބޭނުންކޮށްގެން ކެންސަރު ޖެހިފައިވާ ކަމަށް ބުނެ އުފުލާފައިވާ އެތައް ހާސް ދައުވާތަކެއް ހައްލުކުރުމަށް 5.5 ބިލިއަން އެމެރިކާ ޑޮލަރު ދިނުމަށް އެ ކުންފުނިން ހުށަހަޅައިފިއެވެ.
28 Jul 2026
ރިނިއުބަލް އެނާޖީ އެޖެންސީގެ ދާއިމީ މަންދޫބަކަށް ޠާރިޤު އައްޔަންކުރަން މަޖިލީހަށް
އިންޓަނޭޝަނަލް ރިނިއުބަލް އެނާޖީ އެޖެންސީގެ ދާއިމީ މަންދޫބަކަށް، ކުރީގެ ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް އައްޔަންކުރަން ރުހުން ހޯދުމަށް މަޖިލީހަށް ފޮނުއްވައިފިއެވެ.
28 Jul 2026
އިންޑިއާގެ އެންމެ ރަނގަޅު އެއާޕޯޓުން އެއްވެސް ފްލައިޓެއް އޮޕަރޭޓް ނުކުރޭ
ޖުލައި އަދި އޮގަސްޓް މަހު އެއްވެސް ފްލައިޓެއް މި އެއާޕޯޓަށް ދަތުރުނުކުރާއިރު، މި ނަތީޖާއާއެކު އިންޑިއާގެ އޭވިއޭޝަން ސިނާއަތުގެ ގިނަ ބައެއްގެ މެދުގައި ވަނީ ސުވާލުތަކެއް އުފެދިފައެވެ. ކުރިން މި އެއާޕޯޓުން ދިއްލީ އަދި ވަރަނާސީއަށް ދަތުރުތައް ކުރި ނަމަވެސް، މިހާރު އެ ދަތުރުތައް ވަނީ މެދުކަނޑާލާފައެވެ.