ޝަމްއާން: މިރޭ ވަނީ ހައްޔަރު ކޮށްފައި
ހަބަރު
22 Mar 2025 | 00:03
ކުރީގެ ކޮންޓްރޯލާ ޝަމްއާން ހައްޔަރު ކޮށްފި

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ ޝަމްއާން ވަހީދު ހައްޔަރު ކޮށްފި އެވެ. 
ފުލުހުން ވަނީ އެކަން ޔަގީންކޮށްދީފަ އެވެ. ފުލުހުން ބުނީ ޝަމްއާން ހައްޔަރު ކޮށްފައި ވަނީ ކޯޓް އަމުރެއްގެ ދަށުން ކަމަށެވެ. ޝަމްއާންއަށް ވެސް އޮތީ ބިދޭސީން އަތުން ނާޖައިޒު މަންފާ ހޯދުމުގެ ތުހުމަތެވެ.

ޝަމްއާން ހައްޔަރު ކޮށްފައި މިވަނީ ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ ޝަމްއާން ވަހީދު ދިރިއުޅޭ ގެއިން ގިނަ އަދަދެއްގެ ފައިސާ ފެނިފައިވާ ކަމަށާ ބިދޭސީންގެ އަތުން އިމިގްރޭޝަންގެ ބައެއް މުވައްޒިފުން މަސައްކަތް ފައިސާ ހޯދާފައިވާ ކަމަށް ފުލުހުން ބުނެފައިވަނިކޮށެވެ.

އިމިގްރޭޝަންގެ ބައެއްގެ މުވައްޒިފުން ބިދޭސީން އަތުން ނާޖައިޒު މަންފާ ހޯދަމުންދާ ކަމުގެ މައުލޫމާތު ލިބުމާއި ގުޅިގެން އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށާ އެކަމާ ގުޅޭ އޮޕަރޭޝަނެއް ރޭ ހިންގި ކަމަށް ފުލުހުން ބުންޏެވެ.

އެ އޮޕަރޭޝަންގެ މައުލޫމާތު ހިމަނާ ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ބިދޭސީ މަސައްކަތްތެރީން އުޅޭ ގެއެއް ބަލާ ފާސްކޮށް ގިނަ އަދަދެއްގެ ފައިސާއާއެކު ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަަށެވެ.

ބިދޭސީންގެ އަތުން 530،000 ރުފިޔާ އިމިގްރޭޝަންގެ އޮފިސަރުން ހޯދި ކަމަށާ އަދި އިމިގްރޭޝަންގެ ޑިޓެންޝަނަށް ގެންދިޔަ ބިދޭސީންގެ ތެރެއިން އެކަކު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ. ބިދޭސީން އުޅުނު މިގެ ބަލާ ފާސްކުރީ ބިދޭސީން ހޯދާ ޑިޓެއިން ކުރުމުގެ ޒިންމާ އޮތް ޓާސްކު ފޯސް އަދި ރިސްކު މެނޭޖްމަންޓް ސެކްޝަންގެ މުވައްޒިފުން ނޫން ކަމަށް ވެސް ބުންޏެވެ. ފުލުހުން ބުނީ ދޫކޮށްލި ބިދޭސީ މީހާއާ އިމިގްރޭޝަންގެ އޮފިސަރުން މަގުމަތީން ބައްދަލުކޮށް އެ މީހާ އަތުގައި ހުރި ފައިސާތައް ހިފައިން ރޭގެ ވަގުތެއްގައި ޝަމްއާން ދިރިއުޅޭ އިމާރާތަށް ވަދެފައިވާކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ފަސް މީހަކު ހިފަހައްޓާ އެ މީހުން ފާސްކޮށް ކޯޓް އަމުރެއްގެ ދަށުން އިލެކްޓްރޯނިކް އާލަތްތައް ވަނީ ހިފަހައްޓާފަ އެވެ. އަދި ޝައްމާން ދިރިއުޅޭ ގެ ބަލާ ފާސްކޮށް ގިނަ އަދަދެއްގެ ފައިސާއާ އިލެކްޓްރޯނިކް އާލަތްތައް ވަނީ ފުލުހުންގެ ބެލުމުގެ ދަަށަށް ގެނެސްފަ އެވެ. 

ފުލުހުން ބުނީ ތަހުގީގަށް ތިން މީހަކު ހަައްޔަރު ވެސް ކޮށްފައިވާ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Aug 2026
ޓެރަރިޒަމަށް ވާގިވެރިވާ ގައުމުތަކުގެ ލިސްޓުން ސީރިއާ އުނިކުރުމުން ސަރުކާރުން މަރުޙަބާ ލ
ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ، މިއީ ސީރިއާއަށް ލިބުނު ވަރަށް މުހިންމު ކުރިއެރުމެއް ކަމަށާއި، މި ކާމިޔާބީއަށްޓަކައި އެ ގައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ދިވެހި ސަރުކާރުން ހޫނު މަރުޙަބާއެއް ކިޔާ ކަމަށެވެ. އަދި ސީރިއާގެ ރައްޔިތުންނަށް އަމަންއަމާންކަމާއި، ހަމަޖެހުމާއި، ފާގަތިކަމަށް އެދި ދިވެހިރާއްޖެއިން ވަނީ ހެޔޮއެދުންތައް ފޮނުވާފައެވެ.
26 Aug 2026
"ސެކިއުރިޓީ ރައުންޑްޓޭބަލް 2026" ވައިސް ޗާންސެލަރ އިފްތިތާޙުކޮށްދެއްވައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ "ސެކިއުރިޓީ ރައުންޑްޓޭބަލް 2026" އެ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢާއިޝަތު ޝެހެނާޒް އާދަމް އިފްތިތާޙުކޮށްދެއްވައިފިއެވެ.
26 Aug 2026
މެލްބަން ޔުނިވަރސިޓީގެ ދަރިވަރުންތަކެއް އެމްއެންޔޫއަށް
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް މެލްބަންއާ ދެމެދު އޮތް އެކަޑަމިކް ޕާޓްނަރޝިޕްގެ ދަށުން ހިންގާ ޚާއްޞަ ޕްރޮފެޝަނަލް ޕްލޭސްމަންޓް ޕްރޮގްރާމެއްގައި ބައިވެރިވުމަށް މެލްބަން ޔުނިވަރސިޓީގެ 13 ދަރިވަރަކު ރާއްޖެ އަތުވެއްޖެއެވެ.
26 Aug 2026
އުރީދޫ މަސް ރޭސް އަންނަ ހުކުރު ދުވަހު ބާއްވަނީ
އުރީދޫ މަސް ރޭސް 2026 މި ހުކުރު ދުވަހު ކ. މާފުށީގައި ބާއްވާނެއެވެ. 16 ޓީމު ވާދަކުރާ މި މުބާރާތުގައި ޖުމްލަ 43000 ރުފިޔާގެ ފައިސާގެ އިނާމު ހުށައެޅިފައިވެއެވެ.
26 Aug 2026
އެލާމާ ނުލައި ކޮންމެ ދުވަހަކުވެސް އެއް ގަޑިއަކު ހޭލާނީ ކިހިނެއް؟
ހެނދުނު ހޭލުމަށްޓަކައި އެލާމް ގަޑީގެ ބާރު އަޑަށް ބަރޯސާވާ މީހުން އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ގިނައެވެ. ނަމަވެސް، ނިދުމާ ގުޅޭ ސިއްޙީ ރަނގަޅު އާދަތަކަށް ސަމާލުކަން ދީފިނަމަ، އެއްވެސް އެލާމަކާ ނުލައި ގުދުރަތީ ގޮތުން ހެނދުނު ތާޒާކަމާއެކު ހޭލެވިދާނެ ކަމަށް ސައިންސްވެރިންނާއި ނިދީގެ ތަޖުރިބާކާރުން ބުނެއެވެ.
25 Aug 2026
ހިމަބިހި ޖެހޭ މީހުންގެ އަދަދު އަދިވެސް ދަނީ އިތުރުވަމުން
މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސިއްހީ ވުޒާރާއާއި އެޗްޕީއޭ ގުޅިގެން ކުރިއަށްގެންދާ ހާއްސަ ވެކްސިން ދިނުމުގެ ކެމްޕޭނުގެ ދަށުން، މިހާތަނަށް 16،045 މީހުންނަށް ވަނީ ހިމަބިހީގެ ވެކްސިން ދީފައެވެ.
25 Aug 2026
ދެކުނު ޗައިނާ ކަނޑުގައި ޗައިނާއިން އިތުރު ރަށެއް ތަރައްޤީކުރަނީ
ރޮއިޓަރސްއިން ބުނާ ގޮތުގައި، މިއީ ޗައިނާއިން އެ ސަރަހައްދުގައި ބިނާކުރާ އެންމެ ބޮޑު އަސްކަރީ މަރުކަޒަށް ވެގެންދާނެކަމަށް މާހިރުން ލަފާކުރެއެވެ
25 Aug 2026
ވިނަރެސް ޓަވަރުތައް ހިމެނޭ މަގުގައި ނުރައްކާތެރި އެކްސިޑެންޓެއް
މި އެކްސިޑެންޓްގައި އެކަކަށް އަނިޔާވެ އެމަޖެންސީގައިި އެމްބިއުލާންސް ގެނެސް ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ