ދިވެހި ސިފައިންގެ ކްލަބު (ޑީއެސްސީ) ގެ ކުޅުންތެރިން މުބާރާތުގެ ޓްރޮފީއާއެކު... ފޮޓޯ: ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް
ކުޅިވަރު
22 Mar 2025 | 14:01
އިންޓަރ އޮފީސް ކްރިކެޓް މުބާރާތުގެ ޗެންޕިއަންކަން ޑީއެސްސީ އިން ހޯދައިފި

ރަމަޟާން ކްރިކެޓް ކާނިވަލްގައި ހިމެނޭ އޮފީސް މުބާރާތުގެ ފައިނަލުގައި ހުކުރު ދުވަހުގެ ހަވީރު ކަސްޓަމްސް ރެކްރިއޭޝަން ކުލަބު (ސީއާރުސީ)، ދިވެހި ސިފައިންގެ ކްލަބު (ޑީއެސްސީ) ވާދަކުރި މެޗު ހަތް ވިކެޓުން ކާމިޔާބުކޮށް ޑީއެސްސީ އިން މުބާރާތުގެ ޗެންޕިއަންކަން ހޯދައިފި އެެވެ.

މުބާރާތުގެ ފައިނަލުން ސީއާރުސީ ޖާގަހޯދީ ސެމީފައިނަލުގެ ފުރަތަމަ މެޗުގައި ހަތަރު ވިކެޓުން ޓީމު ޚާރިޖީ ބަލިކުރުމަށްފަހު އެވެ. އަދި ޑީއެސްސީ ފައިނަލުން ޖާގަހޯދީ ސެމީފައިނަލްގެ ދެވަނަ މެޗުގައި ފަސް ވިކެޓުން މީރާ ބަލިކުރުމަށްފަހު އެވެ.

1 މާރިޗު 2025 އިން 21 މާރިޗު 2025 ގެ ނިޔަލަށް ކުރިއަށް ގެންދިޔަ މިމުބާރާތުގައި މިއަހަރު ޖުމްލަ 10 ޓީމަކުން ވާދަކޮށްފައިވާއިރު މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ ބައިވެރިވި 10 ޓީމު ދެ ގުރޫޕްކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދި ދެޓީމު ވަނީ ސެމީ ފައިނަލަށް ހޮވިފައެވެ.

އިއްޔެ ހަވީރު ކުޅިވަރު އެކުވެނީގައި ކުޅުނު ފައިނަލުގައި، ޓޮސް ދިމާވުމުން ސީއާރުސީ އިން ގަސްދުކުރީ ކުޅެން އަރާށެވެ. އެ ގޮތުން، އެ ޓީމުން، ކުޅެންއަރައި އަށް އޯވަރު ހަމަވިއިރު ހަތް ކުޅުންތެރިން ނުބައިވެގެން ހެދުނީ 107 ލަނޑެވެ. ޖަވާބުގައި ކުޅެން ނުކުމެ، ޑީއެސްސީ އިން ވަނީ ހަތް ވަނަ އޯވަރުގައި 109 ލަނޑު ހަމަކޮށް މެޗު ކާމިޔާބުކޮށްފައެވެ.

މިމެޗުގައި ޑީއާރުސީ ޓީމުން އެންމެ ރަނގަޅަށް ކުޅުނުނީ 16 ބޯޅައިން 29 ލަނޑު ހެދި ފައިސަލް އަބްދުލް ސައްތާރު އެވެ. އަދި ޑީއެސްސީ ޓީމުން އެންމެ އެންމެ ރަނގަޅަށް ކުޅުނީ 20 ބޯޅައިން 34 ލަނޑު ހެދި އަބްދުﷲ ޝާހިދު އާއި 12 ބޯޅައިން 27 ލަނޑު ހެދި އިސްމާއިލް ނާޝިދު އެެވެ.


 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.