މާލޭ އާސަހަރާ
ރިޕޯޓް
22 Mar 2025 | 21:22
އެ ޒުވާނާ ނިޔާވެއްޖެ، ތިޔަ ވީޑިއޯ ނުފަތުރާ

މިއަދު ސޯޝަލް މީޑިއާގައި އެންމެ ވަރަށް ބޮޑަށް ވައިރަލްވި އެއް ވީޑިއޯ އަކީ ދިވެއްސަކު މަގުމަތީ އުޅޭ ވީޑިއޯ އެކެވެ. ބައެއް ޕޭޖު ތަކުން އެ ވީޑިއޯ ހިއްސާކުރުމުން ވަރަށް ބޮޑަށް ވައިރަލްވި އެވެ. ވީޑިއޯގައި ޒުވާނާ ފެންނަނީ ވަރަށް ނިކަމެތި ހާލަތެއްގައި ވަނިކޮށެވެ.

ކާރޫބާރު ބޮޑު މަގުގައި އެ ޒުވާނާ ހުރިއިރު އޭރު އެ ހުރެވުނީ ކޮންތާކު ކަމެއް ވެސް ނޭންގެ އެވެ. ވަރަށް ގިނަ ބަޔަކު އެ ވީޑިއޯއަށް ކޮމެންޓް ކޮށްފައި ވެ އެވެ. ވަރަށް ގިނަ ބަޔަކު އެ ވީޑިއޯ ޝެއާ ކުރި އެވެ. އެ މީހަކަށް ފެނުނު ކޮމެންޓެއް ކޮށްފައި ހުއްޓެވެ.

ނަމަވެސް އެ ވީޑިއޯ ހިއްސާކޮށް އެ ވީޑިއޯއާ ގުޅޭގޮތުން އެކި ކޮމެންޓްތައް ކޮށްފައިވާ މީހުންނަށް ނޭންގި އޮތް ކަމަކީ މިހާރު އޭނާވީ ތަނެވެ. ވީޑިއޯގައި ފެންނަނީ އުމުރުން 41 އަހަރުގެ މީހެކެވެ. މާލެއަށް ނިސްބަތްވާ މީހެކެވެ.

އެ ވީޑިއޯ މިއަދު އާންމުވެ އެންމެ ބޮޑަށް ވައިރަލްވީ ވަގުތަކީ އެ ޒުވާނާ ނިޔާވި ވަގުތެވެ. ޒުވާނާގެ ޖަނާޒާ މިރޭ ވަނީ ބާއްވާފަ އެވެ. ޖަނާޒާ އޮތީ ތަރާވީހު ނަމާދަށް ފަހު އާސަހާރާ މިސްކިތުގަ އެވެ.

ވީޑިއޯ ވައިރަލްވުމުން އާއިލާ އިން ވަނީ އެކަން މީޑިއާތަކަށް ހިއްސާކޮށްފަ އެވެ. އަދި އެ ވީޑިއޯ ނުފެތުރުމަށް އާންމުންގެ ކިބައިން އާއިލާ އިން އެދެ އެވެ.

ނުރައްކާތެރި ކަމެއް, ބޮޑު ފާފައެއް

މީހުންގެ ޢައިބުތައް ހާމަކޮށް ފަލީހަތް ކުރުމަކީ އިސްލާމް ދީނުގައި ވަރަށް ބޮޑަށް މަނާކުރައްވާފައިވާ ކަމެކެވެ.

ބައެއް ޢިލްމުވެރީން ވިދާޅުވާ ގޮތުގައި އެއީ ވަރަށް ބޮޑު ފާފަ އެކެވެ. އަދި އެއީ ވަރަށް ނުރައްކާތެރި ކަމެކެވެ. އެކަމުގެ ސަބަބުން މުޖްތަމައުގައި ބައިބައިވުމާއި ނަފްރަތު އުފައްދާ ކަމެކެވެ.

ދުނިޔެ މަތީގައި މީހެއްގެ އައިބު ފޮރުވުމަކީ ވަރަށް ބޮޑު ދަރުމަ ހުރި ކަމެކެވެ. އިލްމުވެރީން ވިދާޅުވާ ގޮތުގައި ދުނިޔެ މަތީގައި މީހެއްގެ އައިބު ފޮރުވައިފި މީހަކަށް މާތްރަސްކަލާންގެ ގިޔާމަތް ދުވަހު އޭނާގެ އައިބު ފޮރުވައި ދެއްވާނެ އެވެ.

މުޖްތަމައުގައި އާންމުވެފައި އޮތް ބަލިމަޑުކަމެއް

މީހުން ފަލީހަތް ކުރުމާއި މީހުން ލަދުގަންނަ ކަހަލަ ވީޑިއޯތައް އާންމު ކުރުމަކީ ދިވެހި މުޖްތަމައުގައި މިއަދު ވަރަށް އާންމުވެފައިވާ ކަމެކެވެ.

ބައެއް މީހުން އެކަން ކުރަނީ އެ މީހުން ހިންގާ ސޯޝަލް މީޑިއާގެ ޕޭޖުތައް ހިންގާށެވެ. ގިނަ ލައިކްސް ހޯދާށެވެ. މީހުންގެ ސަމާލުކަން ހޯދާށެވެ. ނަމަވެސް މިއީ އާދައިގެ ކަމެއް ކަމަށް ދެކި ކުރަން ހެޔޮވާވަރު ކަމެއް ނޫނެވެ.

މާދަމާ ތިމާއާ ވެސް މިފަދަ ހާލަތެއް ކުރިމަތިވެދާނެ އެވެ. އާއިލާ މީހަކަށް ވެސް ކުރިމަތިވެދާނެ އެވެ. އެ ދުވަހަކުން މިކަމުގެ ނުރައްކާތެރި ކަމާއި ހިތިކަން އިހުސާސު ކުރެވޭނެ އެވެ.

މިއީ ނުބައި ވަބާ މުޖްތަމައުން ފުހެލާން މަސައްކަތް ފަށަން ރަނގަޅު ވަގުތެކެވެ. މި ނުބައި އާދަ ދޫކޮށްލާ ހެއްޔެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
15 Sep 2026
ރާއްޖޭގައި ތެޔޮ ހޯދުމުގެ ދިރާސާ ކުރުމަށް މަޝްވަރާކުރައްވާނެ ކަމަށް އަންވަރު ވިދާޅުވެއްޖެ
ރައީސް އޮފީހުގައި ދެ ލީޑަރުން ބޭއްވެވި ރަސްމީ ބައްދަލުވުމަށް ފަހު މީޑިއާތަކަށް ދެއްވި ގުޅިފައިވާ ބަޔާނުގައި ބޮޑުވަޒީރު އަންވަރު ވިދާޅުވީ ރާއްޖޭގެ ސަރަހައްދުން ތެލާއި އެ ނޫން ވެސް މައުދަންތައް ފެނިދާނެތޯ ބެލުމުގެ ފުރުސަތުތައް ހޯދައިދިނުމަށް ރައީސް ޑރ. މުޢިއްޒު އެދިވަޑައިގެންފައިވާ ކަމަށެވެ. ޕެޓްރޯނަސް އަކީ ދުނިޔޭގެ ތަފާތު ސަރަހައްދުތަކުގައި ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވާ ބައިނަލްއަޤުވާމީ ވަރުގަދަ ކުންފުންޏެއް ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
15 Sep 2026
ރާއްޖެ އާއި މެލޭޝިއާއިން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލަން މަޝްވަރާކޮށްފި
ރާއްޖެ އާއި މެލޭޝިއާއާ ދެމެދު އިޤްތިޞާދީ ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން "ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓް" (ޕީޓީއޭ) އެއް އެކުލަވާލުމަށް ދެ ޤައުމުން އެއްބަސްވެއްޖެއެވެ.
15 Sep 2026
ރާއްޖެއަށް 100 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް މެލޭޝިއާއިން އެއްބަސްވެއްޖެ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެދިފައިވާ 100 މިލިއަން ޑޮލަރުގެ ފައިނޭންޝަލް ފެސިލިޓީ ދިނުމަށް މެލޭޝިއާ ސަރުކާރުން އެއްބަސްވެފައިވާ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.
15 Sep 2026
ރާއްޖެއާއި މެލޭޝިއާއާ ދެމެދު އެއްބަސްވުންތަކެއްގައި ސޮއިކޮށްފި
ދީނީ އަދި ދިފާޢީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމުގެ ގޮތުން ދިވެހިރާއްޖެއާއި މެލޭޝިއާއާ ދެމެދު މުހިންމު ފަހުމުނާމާ (އެމްއޯޔޫ) ތަކެއްގައި މިއަދު ސޮއިކޮށްފިއެވެ.
15 Sep 2026
ސްޕޯޓްސް ކޮމިޝަނަރުގެ ޒިންމާތައް ވަގުތީ ގޮތުން ހާނިމްއާ ހަވާލުކޮށްފި
ކޮމިޝަނާ އޮފް ސްޕޯޓްސްގެ މަގާމުގައި ހުންނެވި މުޙައްމަދު ޠަލާލް އެހެން މަގާމަކަށް ބަދަލުކުރެއްވުމާ ގުޅިގެން، އެ އޮފީސް ހިންގުމުގެ އެންމެހައި ޒިންމާތައް ވަގުތީ ގޮތުން ޑެޕިއުޓީ ސްޕޯޓްސް ކޮމިޝަނަރު މުޙައްމަދު ހާނިމްއާ ހަވާލުކޮށްފިއެވެ.
15 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރަށް ރާއްޖެއިން ރަސްމީ ޢިއްޒަތުގައި މަރުޙަބާ ދަންނަވައިފި
މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމަށް ރާއްޖެއިން ރަސްމީ ޢިއްޒަތުގައި މިއަދު މަރުޙަބާ ދަންނަވައިފިއެވެ.
15 Sep 2026
ޕީއެންސީ މަތީ މަޖިލިސް ފަށައިފި
މި ހަރަކާތުގައި ކައުންސިލްތަކުގެ ޕީއެންސީ ރައީސުންނާއި، އަންހެނުންގެ ކޮމިޓީތަކުގެ ރައީސާއިންނާއި މަންދޫބުންގެ އިތުރުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި ޕީއެންސީގެ ޗެއަރޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ ވެސް ބައިވެރިވާނެއެވެ.
15 Sep 2026
އެމްއެންޔޫގެ "ސާގާފީ ސައި" ހަރަކާތް ފަށައިފި
ތަފާތު ޤައުމުތަކާއި ސަގާފަތްތަކުން އެމްއެންޔޫގައި ތަޢުލީމު ޙާޞިލުކުރާ ދަރިވަރުން އެއް ޕްލެޓްފޯމަކުން ގުޅުވައިލުމުގެ ބޭނުމުގައި ބޭއްވި މި ހަރަކާތް މިހާރު ވެފައި ވަނީ ޔުނިވާސިޓީގައި ގަވާއިދުން ކުރިއަށް ގެންދާ ޙަރަކާތަކަށެވެ. ދަރިވަރުންގެ މެދުގައި ގާތް ގުޅުމެއް ބިނާކޮށް ސަގާފީ ހޭލުންތެރިކަން އިތުރުކުރުމަކީ މި ހަރަކާތުގެ މައިގަނޑު މަޤުޞަދެވެ.