ރޮނާލްޑޯ ޑެންމާކް ކޮޅަށް ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ
ކުޅިވަރު
24 Mar 2025 | 06:13
ޔުއެފާ ނެޝަނަލް ލީގް: ޑެންމާކް ކަޓުވާލުމަށްފަހު ޕޯޗުގަލް ސެމީފައިނަލުން ޖާގަ ހޯދައިފި

ޔުއެފާ ނެޝަނަލް ލީގު ކުއާޓާ ފައިނަލްގެ ދެވަނަ ލެގުގައި ރޭ އަމިއްލަ ދަނޑުގައި 5-2 ނަތީޖާއަކުން ޑެންމާކް ބަލިކޮށް 5-3 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ޕޯޗުގަލް އިން މުބާރާތުގެ ސެމީފައިނަލުން ޖާގަ ހޯދައިފިއެވެ.

މި ދެޓީމުގެ މެދުގައި މިމަހުގެ 21 ވަނަ ދުވަހުގެ ރޭ ޑެންމާކް ކޮޕަންހޭގަންގައި ކުޅުނު ކުއާޓާ ފައިނަލު ފުރަތަމަ ލެގުގެ މެޗު އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި މޮޅަށް ކުޅެ 1-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޑެންމާކް އިންނެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯރީ ޕޯޗުގަލް އިންނެވެ. މިލަނޑަކީ ފުރަތަމަ ހާފުގެ 38 ވަނަ މިނެޓުގައި ޑެންމާކްގެ ޖޯޗިމް އެންޑަސަން އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. 

މީގެ އިތުރުން ފުރަތަމަ ހާފުގެ ކުރީކޮޅު ޕޯޗުގަލްއަށް ޕެނަލްޓީއެއް ވެސް ލިބުނެވެ. ނަމަވެސް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ކުރިއަށް ފޮނުވާލި ޕެނަލްޓީ ޑެންމާކްގެ ކީޕަރު ޝްމައިކަލް ވަނީ ދިފާއުކޮށްފައެވެ. މިއާއެކު ފުރަތަމަ ހާފުގެ ކުޅުން ނިނިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ޕޯޗުގަލް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ވަރުގަދަކޮށް ފެށީ ޑެންމާކް އިންނެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފު ފެށިގެން ހަ ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު ރަސްމުސް ކްރިސްޓެންސަން އެވެ.

ޕޯޗުގަލް އިން ދެވަނަ ފަހަރަށް މެޗުގެ ލީޑުހޯދީ ފަހުހާފުގެ 72 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެެވެ. ނަމަވެސް އޭގެ ހަތަރު މިނެޓު ފަހުން ޕޯޗުގަލްގެ ފަހަތުން ހެދުނު ގޯހެއްގެ ފައިދާނަގައި ކްރިސްޓިން އެރިކްސަން ވަނީ ޑެންމާކަށް ދެވަނަ ފަހަރަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދީފައެވެ.

މިއާއެކު 3-2 ގެ އެގްރިގޭޓް ނަތީޖާއަކުން ޑެންމާކް ކުރީގައި އޮވެގެން މެޗު ނިމެންދަނިކޮށް ފަހުހާފުގެ 86 ވަނަ މިނެޓިގައި ޕޯޗުގަލްއަށް އެގްރިގޭޓް ނަތީޖާ އެއްވަރުކޮށްދިނީ ދެވަނަ ހާފުގައި ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ފްރަންސިސްކޯ ޓްރިންކާއޯ އެވެ.

މިއާއެކު މެޗުގެ 90 މިނެޓްގެ ކުޅުން ނިމިގެންދިޔައީ 3-2 ނަތީޖާއަކުން ޕޯޗުގަލް ކުރީގައި އޮވެގެންމެވެ. އަދި މިއާއެކު 3-3 ގެ އެގްރިގޭޓް ނަތީޖާއަކުން ދެޓީމު އެއްވަރުވެފައިވާތީ މެޗުގެ ނަތީޖާ ނެރުމައްޓަކައި އިތުރުވަގުތު 15 މިނެޓުގެ ދެހާފު ވަނީ ކުޅެފައެވެ. އަދި އިތުރު ވަގުތުގެ ތެރޭގައި ޕޯޗުގަލް އިން ވަނީ އިތުރު ދެލަނޑު ކާމިޔާބުކޮށްފައެވެ. 

އެގޮތުން އެޓީމުގެ ހަތަރުވަނަ ލަނޑު އިތުރު ވަގުތުގެ 91 ވަނަ މިނެޓުގައި ފްރަންސިސްކޯ ޓްރިންކާއޯ ކާމިޔާބުކުރިއިރު، ފަސްވަނަ ލަނޑު 115 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ގޮންކާލޯ ރާމޯސް އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 5-3 ގެ އެގްރިގޭޓް ނަތީޖާއަކުން ޕޯޗުގަލް ކުރީގައި އޮވެގެންނެވެ.


ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.