Advertisement

މާލޭގެ 4 ސަރަހައްދެއްގައި ފިޠުރު ޢީދު ނަމާދު ބޮޑުޖަމާޢަތުގައި ކުރާނެ

މާފަންނު ސްޓޭޑިއަމްގައި ފިތުރު ޢީދު ނަމާދު ކުރަނީ: ފޮޓޯ/ މިނިސްޓްރީ

މާލޭގެ 4 ސަރަހައްދެއްގައި ފިޠުރު ޢީދު ނަމާދު ބޮޑުޖަމާޢަތުގައި ކުރުމަށް ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓްރީން މާލެ ސަރަހައްދުގެ މާލެއާއި ހުޅުމާލެ އަދި ވިލިމާލޭގައިވެސް މިއަހަރުގެ ފިޠުރު ޢީދު ނަމާދު ބޮޑުޖަމާޢަތުގައި ކުރާނެ ކަމަށެވެ. އެގޮތުން، މާފަންނު ސްޓޭޑިއަމާއި، ވިލިމާލޭ ބޯޅަދަނޑާއި، ހުޅުމާލޭގެ ސިންތަޓިކް ޓްރެކްގެ އިތުރުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ކްރިކެޓް ސްޓޭޑިއަމްގައި ބޮޑުޖަމާޢަތުގައި ނަމާދު ކުރާނެ ކަމަށް ބުނެފައިވެއެވެ. 

މީގެ އިތުރުން ޖުމްލަ 27 ތަނެއްގައި ޢީދު ނަމާދު ކުރާނެ ކަމަށްވެސް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނެފައިވެއެވެ. 

Advertisement

މާލެ ސަރަހައްދުގައި ފިޠުރު ޢީދު ނަމާދު ކުރާނެ ތަންތަން 

* މާފަންނު ސްޓޭޑިއަމް

* މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލްއަޢްޡަމް (އިސްލާމީ މަރުކަޒު)

* މަސްޖިދުލްމަލިކި ސަލްމާން (ކިންގް ސަލްމާން މިސްކިތް) 

* މަސްޖިދުލްފުރުޤާން

* މަސްޖިދުއްނޫރު

* މަސްޖިދުއް ޝަޙީދު ޢަލީ

* މަސްޖިދުއްސުލްޠާން ޙަސަން ޢިއްޒުއްދީން (ޠައިބާ މިސްކިތް)

* މަސްޖިދުއްސުލްޠާނު މުޙައްމަދު ފަރީދުލްއައްވަލު (ދުބުރި މިސްކިތް)

* މަސްޖިދު ޝަހީދު ޢަބްދުއްރަޙްމާން (ފަނޑިޔާރު މިސްކިތް)

* މަސްޖިދުއްސުލްޠާން މުޙައްމަދު ޝަމްސުއްދީން (ބަންޑާރަ މިސްކިތް)

* މަސްޖިދު ޞަލާޙުއްދީން

* މަސްޖިދު ޖަލާލުއްދީން

* މަސްޖިދު އިބްރާހީމް

* މަސްޖިދު އިސްކަންދަރު

* ވަގުތީ މިސްކިތް ( ބޮޑުގެ )

* މަސްޖިދުއްސުލްޠާނު މުޙައްމަދު ޢިމާދުއްދީން (ރަންމިސްކިތް)

* މަސްޖިދުއްޝައިޚް މުޙައްމަދު ޖަމީލް ދީދީ (ފައިފުހޭ މިސްކިތް)

* މާފަންނު އާމިސްކިތް

* ވިލިމާލެ ބޮޑުޖަމާޢަތް ( ވިލިގިލި ބޯޅަދަނޑު)

* މަސްޖިދުއްސަލާމް 

* ހުޅުމާލެ ސިންތަޓިކް ޓްރެކް

* މަސްޖިދުއްޝައިޚް ޤާސިމް ބިން މުޙައްމަދު އާލް ޘާނީ (ހުޅުމާލެ ފޭސް 1)

* މަސްޖިދު ރަޝީދު (ހުޅުމާލެ ފޭސް 1)

* މަސްޖިދު ޢަޒީޒާ މޫސާ (ހުޅުމާލެ ފޭސް 1)

* ހުޅުމާލެ ބޮޑުޖަމާޢަތް (ކުރިކެޓް ސްޓޭޑިއަމް) (ހުޅުމާލެ ފޭސް 2)

* މަސްޖިދު ޙަސަން އާދަމް (ހުޅުމާލެ ފޭސް 2)

* މަސްޖިދު އަބީބަކުރިނިއްޞިއްދީޤް (ފޭސް 2 ހުޅުމާލެ)

މާލޭގެ އިތުރުން ރަށްރަށުގައިވެސް ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ކުރެއެވެ. 

ކަލަންޑަރ ގައިވާގޮތުން މި އަހަރުގެ ފިޠުރު ޢީދު ވަނީ މާރިޗު މަހުގެ 31 ވަނަ ދުވަހަށެވެ. 

Advertisement

ކޮމެންޓް

Advertisement

Advertisement