ތެލެސީމިއާ ސެންޓަރުގެ ޑިރެކްޓަރ އަހްސަން ހުސައިން އާއި، ބްލަޑް ބޭންކުގެ ޕަބްލިކް ހެލްތު ކޯޑިނޭޓަރ ފައިޞަލް އިބްރާހީމް-.
ހަބަރު
25 Mar 2025 | 10:02
އިހުމާލުވި މައްސަލާގައި ތެލެސީމިއާ ސެންޓަރގެ ބައެއް އިސް ފަރާތްތައް މަގާމުން ވަކިކޮށްފި

ޚިދުމަތް ދިނުމުގައި އިހުމާލުވި މައްސަލާގައި ތެލެސީމިއާ ސެންޓަރުގެ ބައެއް އިސްވެރިން މަގާމުން ވަކިކޮށްފިއެވެ. 

އެގޮތުން މަގާމުން ވަކި ކޮށްފައިވަނީ، ތެލެސީމިއާ ސެންޓަރުގެ ޑިރެކްޓަރ އަހްސަން ހުސައިން އާއި، ބްލަޑް ބޭންކުގެ ޕަބްލިކް ހެލްތު ކޯޑިނޭޓަރ ފައިޞަލް އިބްރާހީމެވެ. އެމީހުން މަގާމުން ވަކިކުރީ އިއްޔެގެ ވަގުތެއްގައެވެ. 

ތެލެސީމިއާ ކުދިންނަށް ލޭ ލިބުމުގައި ދިމާވާ މައްސަލަތަކާއި ފިލްޓަރުތަކުގައި މައްސަލަތަކެއް ހުރި ކަމަށް ބުނެ އެ ކުދިންގެ އާއިލާތަކުން އިހަށްރޭ  މުޒާހަރާކޮށްފައިވެއެވެ. އެ މުޒާހަރާގައި ޢާއިލާތަކުން ވަނީ މި މައްސަލަތަކަށް އަވަސް ހައްލެއް ހޯދައިދިނުމަށް ގޮވާލާފައެވެ. އަދި ބްލަޑް ބޭންކުގެ ވެރިންގެ އިސްތިއުފާއަށްވެސް ވަނީ ގޮވާލާފައެވެ. 

އެއާއެކު ރައީސް މުޢިއްޒު ވަނީ ޖެހިގެން އައިދުވަހުގެ ހެނދުނުގެ ވަގުތެއްގައި އެ ސެންޓަރަށް ވަޑައިގެން، ތަނުގެ ހާލަތު ގާތުން ބައްލަވާފައެވެ. އެފަހުން ދެއްވި ބަސްދީގަތުމެއްގައި އެމަނިކުފާނު ވަނީ، ސެންޓަރާއި ގުޅިގެން ކަންބޮޑުވުންތައް ފާޅުކޮށް އާއިލާތަކުން ސެންޓަރޔގެ ވެރިންނަށް ސިޓީ ފޮނުއްވާފައި ވީ ނަމަވެސް، އެމަނުކުފާނާއި ހަމައަށް އެކަމުގެ ޚަބަރު ނާންނަކަން ފާހަގަކުރައްވާފައެވެ. 

އަދި ތެލެސީމިއާ ސެންޓަރުގެ މައްސަލަތަކާއި ގުޅޭގޮތުން ވަރަށް ތަފްސީލީ މަޝްވަރާ ބައްދަލުވުމެއް މިއަދު ބާއްވާފައިވާ ކަމަށާ އެ ބައްދަލުވުނުގައި މުހިންމު ގިނަކަންތައްތަކެއް ކުރިއަށް ގެންދާނެ ގޮތުގެ އިރުޝާދު އެމަނިކުފާނު ދެއްވާފައިވާނެ ކަމަށް ވެސް ވިދާޅުވުއެވެ. 

”އެތަން ހިންގަން ހިންގަން ޑިރެކްޓަރ ޖެނެރަލްއެއް ނުލައި 2017 ވަނަ އަހަރުން ފެށިގެން އަންނަ ކަމަށްވަނީ. އެކަން ވަގުތުން ހައްލު ކުރެވޭނެ ގޮތެއް އަޅުގަނޑުވާނީ ދަންނަވާފައި. ހަމައެއާއެކު ނަރުހުން މަދުވާހަކަ އާއި، ނަރުހުން ހޯދޭނެ ގޮތާއު، ސީނިއާ ފިޒިޝަނެއް ހަމަޖެއްސުމަށް، ތަނަށް ބޭނުންވާ އެކިކަހަލަ އާލާތްތައް ހޯދޭނެ ގޮތް. ލެބޯޓްރީއަށް ބޭނުންވާ ވަސީލަތްތައް، އެކި މުވައްޒަފުން، ލެބޯރަޓަރީ ޓެކްނޮލޮޖިސްޓުންނާއި، މިހެންގޮސް ބޭނުންވާ މުވަްްޒަފުން ހޯދުމަށާ، އަދި މަސައްކަތް ކުރާނެ ގަޑިވެސް، ހޮސްޕިޓަލެއްގަ މަސައްކަތް ކުރާ ގޮތަށް ގަޑިތައް އިތުރުކުރުމަށް ބޭނުންވާ ހިޔުމަންރިސޯސް އިތުރުކުރުމަށް. މިހުރިހާ ކަމެއް މިއަދު މަޝްވަރާކޮށް ކުރިއަށް ގެންދާނެ ގޮތް އަޅުގަނޑުވާނީ ދަންނަވާފައި،“ ރައީސް މުޢިއްޒު ވިދާޅުވިއެވެ. 

މިއާއެކު ރައީސް ވިދާޅުވީ، މި މަޝްވަރާ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރވެސް ބައިވެރިވެވަޑައިގެންނެވި ކަމަށާ، ސެންޓަރުގެ ކަންކަމަށް ބޭނުންވާ ފައިސާ ހަމަޖެއްސުމުގައި އެއްވެސް ދަތިކަމެއް ނޫނީ ހުރަހެއް ނެތް ކަން ޔަގީން ކުރުމަށް މިނިސްޓަރަށް ދެންނެވިކަމަށެވެ. އަދި ސެންޓަރުގެ ކަންކަން ކުރިއަށް ގެންދަވާނެ މުހުލަތުތަކެއްވެސް ދެއްވާފައިވާނެ ކަމަށް ވިދާޅުވުއެވެ.

”ކުރިއަށް އޮތް ދުވަސްތަކުގައި ތެލެސީމިއާ ކަންތަކުގައި މި ދިމާވާ ހުރިހާ ކަމެއްގައި ރަނގަޅު ހައްލުތަކެއް ގެނެސްދޭނަން. ފައިސާގެ ގޮތުން ދަތިތަކެއް ވެގެން ކަމެއް ހައްލުނުވެ ނޯންނާނެކަން އަޅުގަނޑު ސީދާ ޔަގީންކުރާނަން. އެކަން އަޅުގަނޑުވާނީ ޔަގީންކޮށްފައި. ތެލެސީމިއާ ކުދިންނަށް ދިމާވާ ކަންކަން ހައްލުކުރުމުގައި ސީދާ އަޅުގަނޑުގެ ބެލުމުގެ ދަށުންމިކަންކަން ކުރިއަށް ގެންދާނަން.” ރައީސް މުޢިއްޒު ވިދާޅުވިއެވެ.  

ކޮމެންޓް
އަނިލް
ތި ފައިސަލަށް އާސަންދަ ޑިރެކްޓަރުންގެ ބޯޑުން މަގާމެއް.
25 Mar 2025
ގުޅޭ ލިޔުންތައް
08 Aug 2026
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް ފަށައިފި
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް މިއަދު ފެށުމާއެކު އެ އަތޮޅުގެ ދެ ރަށަކުން މިހާރު ޕާސްޕޯޓްގެ ހިދުމަތް ލިބޭނެއެވެ. މީގެ ކުރިން ވެރިކަންކުރާރަށް ތިނަދޫގައި ވަނީ ޕާސްޕޯޓްގެ ހިދުމަތް ދޭން ފަށާފައެވެ.
08 Aug 2026
އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު ސާފްކުރުމުގެ މަސައްކަތް ފަށައިފި
"މަދިރިން ރައްކާ" ކެމްޕޭނުގެ ތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު މިއަދު ވަނީ ސާފްކުރުމުގެ މަސައްކަތް ފަށާފައި
08 Aug 2026
ބީއެމްއެލް ވީރަން ކޯޕަރޭޓްސް ކާމިޔާބުކަމާއެކު ނިންމާލައިފި
މި ރޭހަކީ ރާއްޖޭގައި ހިންގާ ކުންފުނިތަކާއި އިދާރާތަކާއި ޖަމްޢިއްޔާތަކަށް ހުޅުވައިލައިގެން ބޭއްވި ހަރަކާތެކެވެ
08 Aug 2026
ނޯވޭގެ ފުޓްބޯޅަ ފެޑަރޭޝަނުން ފީފާގެ ރައީސް އިންފަންޓީނޯގެ އިސްތިއުފާއަށް ގޮވާލައިފި
ދަ ގާޑިއަން އާ ވާހަކަދައްކަވަމުން ކްލެވެނެސް ވިދާޅުވީ، އިންފެންޓީނޯއާ މެދު އެ ފެޑެރޭޝަނުގެ އިތުބާރު މިހާރު މުޅިން ގެއްލިފައިވާ ކަމަށެވެ
08 Aug 2026
ފަހިދިރިއުޅުން ޓަވަރުތަކުގައި ކެމެރާ ހަރުކުރުމުގެ މަސައްކަތް ނިމެނީ
އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް އެންމެ ދަތިވާ އެއްކަމަކީ ޕާކްކުރުމުގެ މައްސަލައާއި، އެތަންތަނުގައި ދިރިއުޅޭ ކުޑަކުދިން ހިތްފަސޭހަކޮށްލާ، ކުޅެލާ ހަދާނެ ޕާކެއް ނެތުން
08 Aug 2026
ލޯނު އެއްބަސްވުމެއްގެ ދަށުން ބާސެލޯނާގެ އަރައޫހޯ ލިވަޕޫލަށް
މިފަހަރު ލިވަޕޫލާ ގުޅެނީ މި ސީޒަން ނިމެންދެން ލޯނު އުސޫލުންނެވެ.
08 Aug 2026
އަހަރުގެ މިހާތަނަށް 1.28 ފަތުރުވެރިން ރާއްޖެ އަތުވެއްޖެ
ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ހޯމަދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ 1,281,360 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ދަށް އަދަދެއް ނަމަވެސް އޭގެ ކުރީއަހަރާ އަޅާބަލާއިރު އިތުރުވުމެކެވެ
08 Aug 2026
ބޯޑަރުގެ މައްސަލަތަކާ ބެހޭގޮތުން އިންޑިޔާ އާއި ޗައިނާއިން އިތުރު މަޝްވަރާތަކެއް
މި ބައްދަލުވުމުގައި ދެ ގައުމުން ވަނީ ސަރަހައްދީ ރޮނުގުގެ ހާލަތާ ބެހޭގޮތުން މަޝްވަރާކޮށް، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި ބޯޑަރު ސަރަހައްދީ ހަމަޖެހުމާއި އަމާންކަން ދެމެހެއްޓުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން ފާހަގަކޮށްފައެވެ.