މީހަކު ފިޔާތަކެއް ސާފްކުރުމުގައި... ފޮޓޯ: ފޯބްސް އިންޑިއާ
ދުނިޔެ
24 Mar 2025 | 18:59
އިންޑިއާއިން ފިޔާ އެކްސްޕޯޓްކުރުމަށް ނަގާ ޑިއުޓީ ކަނޑާލަނީ!

އިންޑިއާއިން ފިޔާ އެކްސްޕޯޓްކުރުމަށް ނަގަމުން އައި 20 އިންސައްތަ އެކްސްޕޯޓް ކަނޑާލަން ނިންމައިފިއެވެ.

އިންޑިއާ ސަރުކާރުން ނިންމާފައިވަނީ އެޕްރީލް މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެކްސްޕޯޓް ޑިއުޓީ ކަނޑާލުމަށެވެ. ފިޔާ އެކްސްޕޯޓް ޑިއުޓީ ކަނޑާލަން ނިންމީ ފިޔާ ބޭރުކުރުން މަނާކޮށްފައިވާ ދުވަސްވަރަކަށް ފަހުއެވެ.

އިންޑިއާގެ ޑޮމެސްޓިކް މާކެޓަށް ބޭނުންވާ މިންވަރަށް ފިޔާ ލިބޭކަން ކަށަވަރުކުރުމަށް ދޭތެރެ ދޭތެރެއިން އެގައުމުން ފިޔާ ބޭރުކުރާ މިންވަރު ކޮންޓްރޯލްކޮށް، ބައެއް ފަހަރު މަނާކުރެއެވެ. މިދިޔަ ފަސް މަސް ދުވަހު އިންޑިއާއިން ފިޔާ އެކްސްޕޯޓްކުރުން ވަރަށް ބޮޑަށް ކޮންޓްރޯލްކުރިއެވެ. އެގޮތުން އެކްސްޕޯޓްކުރުމުގައި ފިޔާ ވިއްކަން ޖެހޭ އެންމެ ދަށް އަގުވެސް ސަރުކާރުން ކަނޑައެޅިއެވެ.

މިމަހުގެ ނިޔަލަށް ނަގަމުން އަންނަ 20 އިންސައްތައިގެ އެކްސްޕޯޓް ޑިއުޓީ ނަގަން ފެށީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހުން ފެށިގެންނެވެ.އިންޑިއާ ސަރުކާރުން ބުނީ ފިޔާ އެކްސްޕޯޓްކުރުމުގައި ހިފެހެއްޓުންތަކެއް ގެންގުޅެނީ ދަނޑުވެރިންނަށް އެކަށީގެންވާ އާމްދަނީއެއް ލިބޭކަން ކަށަވަރުކޮށް، ބާޒާރުގައި ފިޔާ އަގު ބޮޑުވިޔަ ނުދިނުމަށެވެ.

ދުނިޔޭގެ ބާޒާރަށް އެންމެ ގިނައިން ފިޔާ ބޭރުކުރާ އެއް ގައުމަކީ އިންޑިއާއެވެ.

ކޮމެންޓް
2025
ޢާންމުރައްޔިތެއްގެ ޖީބަށް ތިކަމުން ލުޔެއްވާނެބާ؟
24 Mar 2025
ގުޅޭ ލިޔުންތައް
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.
10 Sep 2026
ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް މޮޅެއް
އާސެނަލް އިން މި މެޗުގައި ޖުމްލަ 26 ހަމަލާ އަމާޒުކުރިއިރު، ޗެމްޕިއަންސް ލީގުގެ މެޗެއްގައި އާސެނަލުން މިހާތަނަށް އެންމެ ގިނަ ހަމަލާ އުފެއްދި ފަހަރެވެ
10 Sep 2026
ފަހަތުން އަރައި ފިއްލަދޫ އަތުން ކުޅުދުއްފުށި މޮޅުވެއްޖެ
މި މުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ފިނޭ އާއި ކެލާ އެވެ. މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ހަނިމާދޫ އާއި ވަށަފަރެވެ
10 Sep 2026
ވައިގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
މެޓުން ހުދު ސމަާލު ނެރުނީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.
10 Sep 2026
އެޕަލް ކުންފުނީގެ ފުރަތަމަ ފަށްޖެހޭ ފޯނު ”އައިފޯން ޑުއޯ“ ނެރެފި
ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، އެޕަލް އިން އެ ކުންފުނީގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ފަށްޖެހޭ ސްމާޓްފޯނު ބުދަ ދުވަހު ރަސްމީކޮށް ދައްކާލައިފިއެވެ. "އައިފޯން ޑުއޯ"ގެ ނަމުގައި ތަޢާރަފުކުރި މި އައު އުފެއްދުމަކީ، އެޕަލްގެ އެންމެ ވިޔަފާރި ރަނގަޅު އުފެއްދުންތަކުގެ ލައިނަށް އިތުރު ދިރުމެއް ގެނެސްދިނުމުގެ ގޮތުން ނެރުނު ފޯނެކެވެ.
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ