އުތީމުގައި އޭޓިއެމްގެ ހިދުމަތް ފައްޓަވައިދެއްވުމުގެ ތެރެއިން... ފޮޓޯ: މިނިސްޓަރު ސައީދު އެކްސް ޕޯސްޓް
ހަބަރު
24 Mar 2025 | 23:18
ރައީސްގެ ސިޔާސަތަކީ ކުޑަރަށެއް ބޮޑުރަށެއް ނުބަލައި ވަސީލަތްތައް ޤާއިމްކޮށްދިނުން: މިނިސްޓަރު ސައީދު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސިޔާސަތަކީ ކުޑަރަށެއް ބޮޑުރަށެއް ނުބަލައި ވަސީލަތްތައް ޤާއިމްކޮށްދިނުން ކަމަށް އިގްތިސާދީ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އުތުރުގެ ބައެއް ރަށްތަކުގައި އޭޓީއެމްގެ ހިދުމަތް ފެށުމަށްޓަކައި ހއ އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި މިއަދު ހއ.އުތީމުގައި ބީއެމްއެލްގެ އޭޓިއެމްގެ ހިދުމަތް ފައްޓަވައިދެއްވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ޤައުމުގެ ކަންކަން އޮތީ ފާލުން ނެއްޓި ދަރަނީގެ ދަންތުރައެއްގައި ޖެހިފައި ކަމަށެވެ. ޤައުމުގެ ކަންކަން ހަމަމަގަށް އެޅުވުމަށް ރައީސް ކުރައްވަމުންގެންދަވާ މަސައްކަތްތައް ފާހަގަކުރައްވަމުން ސައީދު ވިދާޅުވީ، ޤައުމު ބަނގުރޫޓު ވިޔަނުދިނުމަށް ރައީސް ޑރ.މުއިއްޒުގެ އިރުޝާދުގެ ދަށުން މިދިޔަ ދުވަސްތަކުގައި ގިނަ މަސައްކަތްތަކެއް ކުރެވިގެން ގޮސްފައިވާކަމަށެވެ.

އެގޮތުން ރައްޔިތުންގެ މުހުތާދުތަށް ފުއްދައިދިނުމަށް ސަރުކާރުގެ ސިޔާސަތު އޮތްގޮތް ވިދާޅުވެދެއްވަމުން މިނިސްޓަރު ސައީދު ވިދާޅުވީ ސަރުކާރުން ގެންދަނީ ކުޑަރަށެއް ބޮޑުރަށެއް ތަފާތުކުރުމެއްނެތި ރަށްރަށުގައި ރައްޔިތުންގެ ފުދުންތެރިކަމަށް ބޭނުންވާ ވަސީލަތްތައް ޤާއިމްކޮށްދެމުންކަމަށެވެ.

މިގޮތުން އޭޓިއެމް ހިދުމަތަކީވެސް މި ބީދައިން ކުރެވޭ ކަމެއްކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، އޭޓީއެމް ބެހެއްޓޭނެކަން ގިނަ ބަޔަކު ޤަބޫލުނުކުރާ ކަމަށެވެ. ނަމަވެސް އޭޓީއެމް ބެހެއްޓުމަށް ރައީސް ވެވަޑައިގެންނެވި ވައުދު މިއަދު ފުއްދަވާފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

ހއ އުތީމުގައި ބެހެއްޓުނު އޭޓީއެމްގެ ހިދުމަތަށް އިޝާރަތްކުރައްވައި މިނިސްޓަރު ސައީދު ވިދާޅުވީ، ކުޑަރަށެއް ބޮޑުރަށެއް ބާކީނުވެ، ރައްޔިތުންނާއި ގާތުން ބޭންކުގެ ޚިދުމަތް ލިބުމަކީ ރައްޔިތުންނަށް ލިބިގެންދިޔަ ބޮޑު ލުއިފަސޭހަކަމެއް ކަމަށެވެ.

އަދުގެ ސަރުކާރުގެ ވައުދަކީ މިއަހަރު ނިމޭއިރު މުޅި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ޤާއިމްކުރުމެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.