އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު -- ފޮޓޯ: ޕީއެންސީ
ހަބަރު
25 Mar 2025 | 15:58
ސިޔާސީ ޚިޔާލުފާޅުކުރުމުގައި އިންސާނީ ކަރާމަތަށް އިޙުތިރާމް ކުރަންޖެހޭނެ: މިނިސްޓަރު ޝަހީމް

ސިޔާސީ ޚިޔާލުފާޅުކުރުމުގައި އިންސާނީ ކަރާމަތަށް އިޙުތިރާމް ކުރަންޖެހޭނެ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޝަހީމް މިހެން ވިދާޅުވީ ރާއްޖެ ޓީވީ ޕްރޮގްރާމެއްގައި އޯޓިސްޓިކް ކުދިންނަށް ފުރައްސާރަކޮށް، އެ ކުދިންގެ ކަރާމަތަށް އުނިކަން ލިބޭ ފަދަ ގޮތަކަށް ވާހަކަ ދެއްކުމާއި ގުޅިގެންނެވެ.

ޝަހީމް ވިދާޅުވީ އޯޓިސްޓިކް ކުދިންނާއި ޑައުންސިންޑްރޮމް ހުންނަ ފަރާތްތަކަށް ކުޑައިމީސްކޮށް ކަރާމާތަށް އުނިކަން އަންނަ ގޮތަށް ވާހަކަ ދެއްކުމަކީ ދެރަވަރު ކަމެއް ކަމަށެވެ.

ސިޔާސީ ޚިޔާލުފާޅުކުރުމުގައި އިންސާނީ ކަރާމަތަށް އިޙުތިރާމް ކުރަންޖެހޭނެ

ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު | އިސްލާމިކް މިނިސްޓަރު

ރާއްޖެ ޓީވީން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން، މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު އަބްދުالله (މޮސްޓާ) އާއި ކުރީގެ ކާނަލް އަހުމަދު ފަޔާޒް އަލީ ރިޒާ (ޕާޕާ ފަޔާޒް)، ސިޔާސީ ކަންކަމާއި ޑައުންސިންޑްރޯން އަދި އޯޓިޒަމް ކުދިންގެ ޙާލަތާއި ގުޅުވައި އެކުދިންނަށް މަލާމާތްކޮށް ހަޖޫޖަހާފަ އެވެ.

އެ ޓީވީން ގެނެސްދިން ކާލާ ބައިސާ ޕްރޮގްރާމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ނޫސްވެރިޔަކަށް ފޯނުން ގުޅުއްވާފައި އިންޒާރުދިން ވާހަކަ ދައްކަވައި ސަރުކާރަށް ފާޑުވިދާޅުވަމުން ޕާޕާ އެންމެ ފުރަތަމަ ވިދާޅުވީ، ރައީސް މުޢިއްޒު އެފަދައިން ކަން ކުރެއްވީ ގޮތް ހުސްވެގެން ކަމަށެވެ. އަދި ގޮތް ހުސްވުމުން މީހުން އަތުންފައިން ގޯސް ހަދާނެކަމަށް ވިދާޅުވެ، އެކަން ދެން ގުޅުވާލީ އޯޓިޒަމާއެވެ. 

"ގޮތް ހުސްވެ، ހަތަރު އުދަރެސް ފެނުޖެހުނީމާ އަތުންފައިން ގޯސް ހަދާނެ. އަސްލު މީނައަކީ (ރައީސް މުޢިއްޒަކީ) އޮޓިސްޓިކް ގޮތެއް ހުންނަ މީހެއްހެން ހީވަނީ އޮޕަރޭޓް ކުރާ ގޮތުން." ޕާޕާ ފަޔާޒު ވިދާޅުވިއެވެ.

އޭނާ މިހެން ވިދާޅުވުމުން މޮސްޓާ ވަނީ އެއަށް ބާރުދެއްވައި ޖޯކު ޖައްސަަވަމުން ރައީސްގެ "އޮޓިސްޓިކް އެކަންޏެއް ނޫން ޑައުންސިންޑްރޮމްވެސް ހުންނަހެން ހީވާ." ކަމަށް ވިދާޅުވެފައެވެ. 

އެއާއެކީ ޓީވީ ޕްރެޒެންޓަރު އަދި މި ދެބޭފުޅުން ވަނީ އެފަދަ ބަލިތައް ތަހައްމަލު ކުރަމުންދާ ކުދިންގެ ހާލަތަށް މަލާމާތްކޮށް ހީ ހަދާފައެވެ. 

އެއަށްފަހު އަނެއްކާވެސް ޕާޕާ ވަނީ، ރައީސް މުޢިއްޒު، ”އެއްކޮށް ހަމަ ނޫން“ ކަމަށާ "ކޮންމެވެސް ވަރަކަށް މައްސަލަ އުޅޭ“ ކަމަށާ، އެމަނިކުފާނަކީވެސް އެފަދަ ”ބަލިކުއްޖެއް“ ކަމަށް ވިދާޅުވެފައެވެ. 

"މިދަންނަވަނީ ކޮންމެއަކަސް މީނާއަކީ ބަލި ކުއްޖެކޭ، އެނގެންވާނެ ނޫސްވެރިއަކަށް ގުޅާއިރު މީނާ ދައްކާ ވާހަކަ ރެކޯޑު ވާނެކަން. ނޭނގެނީ އޭނާ ސިކުނޑީ މައްސަލައެއް އުޅެނީއެއްނު." ޕާޕާ ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
15 Sep 2026
ރާއްޖޭގައި ތެޔޮ ހޯދުމުގެ ދިރާސާ ކުރުމަށް މަޝްވަރާކުރައްވާނެ ކަމަށް އަންވަރު ވިދާޅުވެއްޖެ
ރައީސް އޮފީހުގައި ދެ ލީޑަރުން ބޭއްވެވި ރަސްމީ ބައްދަލުވުމަށް ފަހު މީޑިއާތަކަށް ދެއްވި ގުޅިފައިވާ ބަޔާނުގައި ބޮޑުވަޒީރު އަންވަރު ވިދާޅުވީ ރާއްޖޭގެ ސަރަހައްދުން ތެލާއި އެ ނޫން ވެސް މައުދަންތައް ފެނިދާނެތޯ ބެލުމުގެ ފުރުސަތުތައް ހޯދައިދިނުމަށް ރައީސް ޑރ. މުޢިއްޒު އެދިވަޑައިގެންފައިވާ ކަމަށެވެ. ޕެޓްރޯނަސް އަކީ ދުނިޔޭގެ ތަފާތު ސަރަހައްދުތަކުގައި ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވާ ބައިނަލްއަޤުވާމީ ވަރުގަދަ ކުންފުންޏެއް ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
15 Sep 2026
ރާއްޖެ އާއި މެލޭޝިއާއިން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލަން މަޝްވަރާކޮށްފި
ރާއްޖެ އާއި މެލޭޝިއާއާ ދެމެދު އިޤްތިޞާދީ ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން "ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓް" (ޕީޓީއޭ) އެއް އެކުލަވާލުމަށް ދެ ޤައުމުން އެއްބަސްވެއްޖެއެވެ.
15 Sep 2026
ރާއްޖެއަށް 100 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް މެލޭޝިއާއިން އެއްބަސްވެއްޖެ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެދިފައިވާ 100 މިލިއަން ޑޮލަރުގެ ފައިނޭންޝަލް ފެސިލިޓީ ދިނުމަށް މެލޭޝިއާ ސަރުކާރުން އެއްބަސްވެފައިވާ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.
15 Sep 2026
ރާއްޖެއާއި މެލޭޝިއާއާ ދެމެދު އެއްބަސްވުންތަކެއްގައި ސޮއިކޮށްފި
ދީނީ އަދި ދިފާޢީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމުގެ ގޮތުން ދިވެހިރާއްޖެއާއި މެލޭޝިއާއާ ދެމެދު މުހިންމު ފަހުމުނާމާ (އެމްއޯޔޫ) ތަކެއްގައި މިއަދު ސޮއިކޮށްފިއެވެ.
15 Sep 2026
ސްޕޯޓްސް ކޮމިޝަނަރުގެ ޒިންމާތައް ވަގުތީ ގޮތުން ހާނިމްއާ ހަވާލުކޮށްފި
ކޮމިޝަނާ އޮފް ސްޕޯޓްސްގެ މަގާމުގައި ހުންނެވި މުޙައްމަދު ޠަލާލް އެހެން މަގާމަކަށް ބަދަލުކުރެއްވުމާ ގުޅިގެން، އެ އޮފީސް ހިންގުމުގެ އެންމެހައި ޒިންމާތައް ވަގުތީ ގޮތުން ޑެޕިއުޓީ ސްޕޯޓްސް ކޮމިޝަނަރު މުޙައްމަދު ހާނިމްއާ ހަވާލުކޮށްފިއެވެ.
15 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރަށް ރާއްޖެއިން ރަސްމީ ޢިއްޒަތުގައި މަރުޙަބާ ދަންނަވައިފި
މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމަށް ރާއްޖެއިން ރަސްމީ ޢިއްޒަތުގައި މިއަދު މަރުޙަބާ ދަންނަވައިފިއެވެ.
15 Sep 2026
ޕީއެންސީ މަތީ މަޖިލިސް ފަށައިފި
މި ހަރަކާތުގައި ކައުންސިލްތަކުގެ ޕީއެންސީ ރައީސުންނާއި، އަންހެނުންގެ ކޮމިޓީތަކުގެ ރައީސާއިންނާއި މަންދޫބުންގެ އިތުރުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި ޕީއެންސީގެ ޗެއަރޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ ވެސް ބައިވެރިވާނެއެވެ.
15 Sep 2026
އެމްއެންޔޫގެ "ސާގާފީ ސައި" ހަރަކާތް ފަށައިފި
ތަފާތު ޤައުމުތަކާއި ސަގާފަތްތަކުން އެމްއެންޔޫގައި ތަޢުލީމު ޙާޞިލުކުރާ ދަރިވަރުން އެއް ޕްލެޓްފޯމަކުން ގުޅުވައިލުމުގެ ބޭނުމުގައި ބޭއްވި މި ހަރަކާތް މިހާރު ވެފައި ވަނީ ޔުނިވާސިޓީގައި ގަވާއިދުން ކުރިއަށް ގެންދާ ޙަރަކާތަކަށެވެ. ދަރިވަރުންގެ މެދުގައި ގާތް ގުޅުމެއް ބިނާކޮށް ސަގާފީ ހޭލުންތެރިކަން އިތުރުކުރުމަކީ މި ހަރަކާތުގެ މައިގަނޑު މަޤުޞަދެވެ.