ބްރޯޑްްްކޮމް... ފޮޓޯ: އިންޓަރނެޓް
ހަބަރު
25 Mar 2025 | 18:50
ހާއްސަ ރައްކާތެރިކަން ބޭނުންވާ ކުދިންނަށް ހަޖޫޖަހާނަމަ، ލައިސަންސް ބާތިލްކުރަންޖެހިދާނެ: ބްރޯޑްކޮމް

ޤާނޫނު އަސާސީން ލިބިދޭ ހާއްސަ ރައްކާތެރިކަން ބޭނުންވާ ކުދިންނަށް ހަޖޫޖަހައި، ޓީވީތަކުން ކޮންޓަންޓް ގެނެސްދޭނަމަ، ލައިސަންސް ބާތިލްކުރަންޖެހިދާނެކަމުގެ އިންޒާރު، ބްރޯޑްކާސްޓިން ކޮމިޝަނުން ދީފިއެވެ.

ރާއްޖެ ޓީވީން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ރައްޔިތުން މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު އަބްދުالله (މޮސްޓާ) އާއި ކުރީގެ ކާނަލް އަހުމަދު ފަޔާޒް އަލީ ރިޒާ (ޕާޕާ ފަޔާޒް)، ވަނީ ސިޔާސީ ކަންކަމާއި ޑައުންސިންޑްރޯމް އަދި އޯޓިޒަމް ކުދިންގެ ޙާލަތާއި ގުޅުވައިގެން މިސާލު ޖައްސަވާފައެވެ.

މިކަމާ ގުޅިގެން ޓީވީތަކުގެ ބަލަދުވެރިފަރާތް ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޤާނޫނު އަސާސީގެ 35 ވަނަ މާއްދާއިން ހާއްސަ ރައްކާތެރިކަން ލިބިދޭ ފަރާތްތަކާއި ގުޅޭގޮތުން ކޮންޓެންޓް ގެނެސްދޭނަމަ، ހަމަޖެހިފައިވާ އުސޫލުން ޤަނޫނުން ޖާގަދޭ އެންމެ ހަރުކަށި ފިޔަވަޅު އަޅާނޭކަމަށެވެ. ބްރޯޑްކާސްޓިންގައި އެންމެ ހަރުކަށި އަދަބެއްގެ ގޮތުގައި އޮންނަނީ ޖޫރިމަނާކޮށް އެތަނެއްގެ ލައިސަންސް ބާތިލްކުރުމެވެ.  

ބްރޯޑްކޮމްއިން ބުނީ، ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ކުޑަކުދިންނާއި ޅަފުރައިގެ ކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ހާއްސަ އެހީއަށް ބޭނުންވާ ހާއްސަ ރައްކާތެރިކަން އަދި ބްރޯޑްކާސްޓް ކުރުމުގެ ޤަނޫނުގައި ބަޔާންކޮށްފައިވާ ކޯޑް އޮފް ޕްރެކްޓިސްއާ ގައިޑްލައިންތަކާ ތައާރަޒްވާ ކޮންޓެންޓް ގެނެސްދިންކަމުގެ މައުލޫމާތު އެ ކޮމިޝަަނުގެ ސަމާލުކަމަށް އަައިސްފައިވާކަމަށެވެ. މިފަދަ ކޮންޓެންޓް ތަހުގީގުކޮށް އެކަންކަން ރަނގަޅުކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމުގެ ފުރިހަމަ އިހްތިސާސް ކޮމިޝަނަށް ލިބިގެންވާކަން ފާހަގަކުރަމުން އެ ކޮމިޝަނުން ބުނީ، ހުށަހެޅޭ މިފަދަ ކޮންޓެންޓް ބަލައި ޤާނޫން ޖާގަދޭ އެންމެ ހަރުކަށި ފިޔަވަޅު އަޅާނޭކަމަށެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ ޤާނޫނުތަކަށް އިހްތިރާމްކޮށް އެއްވެސް ފަރާތެއްގެ އަބުރާއި ކަރާމާތް ނުގެއްލޭގޮތަށް ކޮންޓެންޓް އުފެއްދުމަށް ޓީވީތަކަށް އިލްތިމާސްކޮށްފައެވެ. 

ރާއްޖެޓީވީގެ ޕްރޮގްރާމްގައި މޮސްޓާ އަަދި ޕާޕާ ދެއްކި ވާހަކަަތަކަށް މީސްްްމީޑިއާގެ އެކި ވަސީލަތްތަކުގައި އެ ފަރާތްތަކަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެފައިވާކަން ފާހަގަކޮށްލެވެއެވެ. އެ ޓީވީން ގެނެސްދިން ކާލާ ބައިސާ ޕްރޮގްރާމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ނޫސްވެރިޔަކަށް ފޯނުން ގުޅުއްވާފައި އިންޒާރުދިން ވާހަކަ ދައްކަވައި ސަރުކާރަށް ފާޑުވިދާޅުވަމުން ޕާޕާ އެންމެ ފުރަތަމަ ވިދާޅުވީ، ރައީސް މުޢިއްޒު އެފަދައިން ކަން ކުރެއްވީ ގޮތް ހުސްވެގެން ކަމަށެވެ. އަދި ގޮތް ހުސްވުމުން މީހުން އަތުންފައިން ގޯސް ހަދާނެކަމަށް ވިދާޅުވެ، އެކަން ދެން ގުޅުވާލީ އޯޓިޒަމާއެވެ. 

"ގޮތް ހުސްވެ، ހަތަރު އުދަރެސް ފެނުޖެހުނީމާ އަތުންފައިން ގޯސް ހަދާނެ. އަސްލު މީނައަކީ (ރައީސް މުޢިއްޒަކީ) އޮޓިސްޓިކް ގޮތެއް ހުންނަ މީހެއްހެން ހީވަނީ އޮޕަރޭޓް ކުރާ ގޮތުން." ޕާޕާ ފަޔާޒު ވިދާޅުވިއެވެ.

އޭނާ މިހެން ވިދާޅުވުމުން މޮސްޓާ ވަނީ އެއަށް ބާރުދެއްވައި ޖޯކު ޖައްސަަވަމުން ރައީސްގެ "އޮޓިސްޓިކް އެކަންޏެއް ނޫން ޑައުންސިންޑްރޮމްވެސް ހުންނަހެން ހީވާ." ކަމަށް ވިދާޅުވެފައެވެ.


ކޮމެންޓް
ނަމަސްތޭ
ޖެހިދާނެ ކަމަކުނުދޭ ބާތިލްކުރަންވީ އެ ރަމީޒަށް ދެން އަންނަ ސަރުކާރަކުން މަގާމެއް ދޭން ބުންޏަސް އެންމެންގެ ކަރާމާތައް އޭނާ އަރައިގަތުމަށް ޖާގަ ދީގެން ބަލަންތިބޭކަށް ނުވާނެ
26 Mar 2025
ގުޅޭ ލިޔުންތައް
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.