ވީއައިއޭ ޑިޕާޗާ ޓާމިނަލް.. ފޮޓޯ: ވޮއިސް
ހަބަރު
25 Mar 2025 | 22:11
ވީއައިއޭ ޑިޕާޗާ ޓާމިނަލުން ސިނގިރޭޓްތަކެއް ބޭރުކުރަން އުޅުނު މައްސަލައެއް ބަލަނީ!

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ޑިޕާޗާ ޓާމިނަލުން ސިނގިރޭޓް ކާޓޫނުތަކެއް ބޭރުކުރަން އުޅުނު މައްސަލައެއް ކަސްޓަމްސްއިން ބަލަން ފަށައިފިއެވެ.

ސޯޝަލް މީޑިއާގައި މިއަދު ވަނީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ސިނގިރޭޓްތަކެއް ބޭރުކުރަން އުޅުނު މައްސަލައެއް ފެންމަތިވެ އެވާހަކަ ވަރަށްބޮޑަށް ދައުރުވެފައެވެ. މި ވާހަކަތައް ދައުރުވަމުން ދަނިކޮށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ވަނީ އެކަމާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ޕޯސްޓެއް ކޮށްފައެވެ. 

ކަސްޓަމްސްއިން ކުރި ޕޯސްޓްގައި ބުނެފައިވަނީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޑިޕާޗަރ ޓަރމިނަލުން ނެރެގެން ގެންދަން އުޅުނު ޑަސްބިން ބޭގްތަކެއް ކަސްޓަމްސް އިން ޗެކް ކުރި އިރު، ސިނގިރެޓް ކާޓަން ތަކެއް ފެނިފައިވާކަމަށެވެ. މި މައްސަލަ ކަސްޓަމްސްއިން މިހާރު ބަލަމުން އަންނަކަމަށް އެ އިދާރާއިން ބުންޏެވެ.

ދުންފަތް ކޮންޓްރޯލްކުރުމުގެ ޤާނޫނުގެ ދަށުން ދުންފަތުގެ ބާވަތެއް އުފައްދަން ބޭނުންކުރާ އާލާތެއް އެތެރެކޮށްފިނަމަ އެއެއްޗެއް ހިފަހައްޓައި ނައްތާލުމަށް ސިއްހީ ވުޒާރާއިން ވަނީ މީގެކުރިން ކަސްޓަމްސްއަށް އަންގާފައެވެ. ސިއްހީ ވުޒާރާއިން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާއަށް މީގެކުރިން ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައިވަނީ، ދުންފަތުގެ ބާވަތެއް އުފެއްދުމަކީ މަނާކަމެއްކަމުގައިވާތީވެ، ދުންފަތުގެ އެއްވެސް ބާވަތެއް އުފެއްދުމަށް ބޭނުންކުރާ އެއްޗެއް ނުވަތަ އެއްވެސް އާލާތެއް އެއްވެސް ފަރާތަކުން އެތެރެކޮށްފިނަމަ، އެތަކެތި ހިފަހައްޓައި ނައްތާލުމަށް ދަންނަވާކަމަށެވެ.

ވީއައިއޭގެ ޑިޕާޗާ ޓާމިނަލުން ސިނގިރޭޓްތަކެއް އަތުލައިގަނެފައިވާއިރު، މިމަހުގެ 18 ވަނަ ދުވަހު މެލޭޝިޔާއިން ރާއްޖެ އައި ބައެއްގެ އަތުން 2000 އަށްވުރެ ގިނަ ވޭޕް އާއި ވޭޕްކުރަން ބޭނުންކުރާ ސާމާނު ވަނީއަތުލައިގަނެފައެވެ. މީގެ އިތުރުން މި ރޯދަމަހުގެ ތެރޭގައި ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 400 އެއްހާ ވޭޕް ކަސްޓަމްއިން ވަނީ އަތުލައިގެންފައެވެ.

ރާއްޖޭގައި ވޭޕް އެތެރެކުރުމާއި، ވިއްކުމާއި، ގެންގުޅުން ވަނީ މަނާކޮށްފައެވެ. އަދި މިފަދަ ތަކެތި އެތެރެކުރަން އުޅުމަކީ ޤާނޫނީ ގޮތުން ކުށެކެވެ.

ކޮމެންޓް
ހީވެސްނުވޭ
ބެލޭނެވަސީލަތައްނެތީތަ؟؟އެކްސްރޭ ކުރެވެންނެތީތަ؟؟ އެކަންއެންމެސީއަލުން ފަހިނުކޮއްދެނީތަ؟؟އަބަދުވެސްސިގެރޭޓުގެވާހަކަކޮބައި މިނިސްޓަރު؟؟؟
25 Mar 2025
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.