ފިލިޕީންސް ކުޅުންތެރިން ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ..
ކުޅިވަރު
25 Mar 2025 | 22:31
ތަފާތުބޮޑު ނަތީޖާއަކުން ރާއްޖެ ބަލިކޮށް ފިލިޕީންސް އިން ފެށުން ރަނގަޅުކޮށްފި

އޭޝިއަން ކަޕް ކޮލިފައިންގެ ތިންވަނަ ބުރުގެ ގުރޫޕް އޭގައި މިއަދު ހަވީރު ފިލިޕީންސް އާއި ދިވެހިރާއްޖެ ވާދަކުރި މެޗު ފަސޭހަކަމާއެކު 4-1 ގެ  ތަފާތުބޮޑު ނަތީޖާއަކުން މޮޅުވެ ފިލިޕީންސް އިން ކޮލިފައިންގެ ފެށުން ރަނގަޅުކޮށްފި އެވެ.

މުޅި މެޗުގައި ވެސް މޮޅަށް ކުޅެ ފިލިޕީންސް މެޗު ޑޮމިނޭޓްކުރިއިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ފިލިޕީންސް ކުރީގައި އޮވެގެންނެވެ. އަދި މެޗުގެ ދެވަނަ ހާފުގައި އެޓީމުން އިތުރު ދެލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި ރާއްޖެއިން ވެސް ވަނީ އެއްލަނޑު ކާމިޔާބުކޮށްފަ އެވެ.

އެގޮތުން މިމެޗުގައި ފިލިޕީންސްގެ ޖެފަސަން ޓަބީނާސް، ބިޔާން މާޓިން ކްރިސްޓެންސެން، ރޭންޑީ ޝްނެއިޑާ އަދި ސަންޑްރޯ ރެޔޭސް މިއިން ކޮންމެ ކުޅުންތެރިއަކު އެއްލަނޑު ކާމިޔާބުކުރިއިރު، ރާއްޖޭގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ އަލީ ފަސީރު (ސެންޓޭ) އެވެ.

ކޮލިފައިންގެ ގުރޫޕް އޭގައި ރާއްޖެ އާއި ފިލިޕީންސާގެ އިތުރުން މިގުރޫޕްގައި ދެން ހިމެނެނީ ތަޖިކިސްތާނާއި ޓީމޯ ލެސްޓޭ އެވެ. އަދި ތަޖިކިސްތާޏް ވަނީ މިއަދު 1-0 ގެ ނަތީޖާއަކުން ޓީމޯ ލެސްޓޭ ބަލިކޮށްފައެވެ.

ކޮލިފައިންގައި ރާއްޖެ ކުޅޭ ދެވަނަ މެޗުގައި އަންނަ ޖޫން މަހު ޓިމޯ ލެސްޓޭއާ ދެކޮޅަށް ކުޅޭއިރު، އޮކްޓޫބަރު މަހު ތަޖިކިސްތާނާ ދެކޮޅަށް ވެސް ކުޅޭނީ ރަށުން ބޭރުގަ އެވެ. އެއަށް ފަހު ރާއްޖޭގައި ތަޖިކިސްތާނާ ދެކޮޅަށް ކުޅުމަށް ފަހު ނޮވެމްބަރު މަހު ފިލިޕީންސާ ދެކޮޅަށް ވެސް ގަލޮޅު ދަނޑުގައި ކުޅޭނެ އެވެ. އަދި ކޮލިފައިންގެ ފަހު މެޗުގައި ޓިމޯ ލެސްޓޭއާ ދެކޮޅަށް ރާއްޖޭގައި ކުޅޭނީ އަންނަ އަހަރު މާޗު މަހު އެވެ.

ކޮމެންޓް
އަލީ
ޑިމޮކްރަސީގެ ދަށުން އެކްޓިވިސްޓުން މިނިސްޓަރުކަން ކުރަންފެށިހިސާބުން ދިވެހި ފުޓުބޯޅަ މަޑުމަޑުން ފަހަތައްދަމުންގޮސް މިއަދު މިއޮތީ އެއްމެ ފުލުގަ. ދެރަކަމެއް.
26 Mar 2025
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.