ރައީސް ޑރ.މުއިއްޒު ބަންގްލަދޭޝްގެ މިނިވަންދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

26 Mar 2025 | 13:57
ބަންގްލަދޭޝްގެ ރައީސް މުޙައްމަދު ޝަހާބުއްދީ އަދި، ވަގުތީ ސަރުކާރުގެ ޗީފް އެޑްވައިޒަރ ޑރ. މުޙައްމަދު ޔޫނުސް... ފޮޓޯ: ދަ ހިންދޫ

ބަންގްލަދޭޝްގެ މިނިވަންދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުއިއްޒު، އެ ޤައުމުގެ ރައީސް މުޙައްމަދު ޝަހާބުއްދީނަށާއި، ވަގުތީ ސަރުކާރުގެ ޗީފް އެޑްވައިޒަރ ޑރ. މުޙައްމަދު ޔޫނުސް އަށާއި، އެ ޤައުމުގެ ސަރުކާރާއި ރައްޔިތުންނަށް، ތަހްނިޔާ ވިދާޅުވެއްޖެއެވެ.

ދެބޭފުޅުންނަށް ވަކިވަކިން ފޮނުއްވި ސިޓީފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ރާއްޖެއާއި ބަންގްލަދޭޝާ ދެމެދު އޮންނަ ގާތް އަދި މުޙްތަރަމް ގުޅުން ހަރުދަނާކޮށްދެނީ، ސަރަޙައްދީ ސުލްޙަ މަސަލަސްކަން ދެމެހެއްޓުމާއި ފަރުދީ ފެންވަރުގައި ގުޅުންބަދަހިކުރުމާމެދު ދެ ޤައުމުން ހިއްސާކުރާ ޤަބޫލުކުރުންތައްކަމަށް ވިދާޅުވެފައެވެ. އެމަނިކުފާނު ވަނީ، ތަފާތު ދާއިރާތަކުން އެއް ޤައުމުން އަނެއް ޤައުމަށް އެއްބާރުލުންދީ އެކުގައި މަސައްކަތްކުރުމުގައި ދެމިތިބެ، ދެ ޤައުމަށްވެސް މަންފާ އިތުރުވާނޭ ފަދަ ގޮތެއްގައި މިގުޅުން ކުރިއަރަމުންދާނޭކަމުގެ ޔަޤީންކަން އެބައޮތްކަން ހާމަކުރައްވާފައެވެ.

ބަންގްލަދޭޝަށް މިނިވަންކަން ލިބިފައިވަނީ 1971 ވަނަ އަހަރުގެ މާރިޗު މަހުގެ 26 ވަނަ ދުވަހުގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
23 Dec 2025
މި ފަހަރު އިހްޔާ ފޯރަމްގައި ޤުރުއާން ކިޔަވާނީ ދިގު ރާގަށް ކިޔެވުމުގައި ފާހަގަކޮށްލެވޭ ދިވެހި ޒުވާނުންނާއި ކުޑަކުދީން
23 Dec 2025
ޕީއެންސީގެ ކައުންސިލް ޓިކެޓަށް އެދި 308 ކެންޑިޑޭޓުން، ބޮޑު ޕްރައިމަރީއެއް
22 Dec 2025
މާލޭގައި ޑްރަގް އޮޕަރޭޝަނެއް: މަސްތުވާތަކެއްޗާއެކު ބަޔަކު ހައްޔަރުކޮށްފި
22 Dec 2025
މާލެ އަތޮޅުގައި ހިންގާ ފަޅު ފުންކުރުމާއި ހިއްކުމުގެ މަޝްރޫޢުތަކާ ގުޅިގެން އީޕީއޭއަށް ލިބޭ ޝަކުވާ އިތުރުވެއްޖެ
22 Dec 2025
އެމްޑީޕީ ކައުންސިލް ޕްރައިމަރީ: އަލީ އާޒިމްގެ ފަރާތުން ޝަކުވާގެ ދިގު ސިޓީއެއް، އިތުބާރު ގެއްލޭ އެތައް ކަމެއް
22 Dec 2025
ބީއެމްއެލުން ރާއްޖޭގެ އެންމެ ފުރަތަމަ އިސްލާމިކް މައިކްރޯ-ފައިނޭންސިންގ ޕްރޮޑަކްޓް ތައާރަފްކުރުމަށް ތައްޔާރުވަނީ
22 Dec 2025
ވީއައިއޭ އައު ޓާމިނަލުން 500،000 އަށްވުރެ ގިނަ ފަސެންޖަރުން ހިދުމަތް ހޯދައިފި
22 Dec 2025
ފެންނަން އޮތް ހަގީގަތް؛ ދެ އަހަރުން ސިއްހީ ދާއިރާއިން ހުޅުމާލެއަށް ބޮޑު ބަދަލެއް