އޯޓިޒަމް ކުދިންނާއި ޑައުންސިންޑްރޯމް ކުދިންނަށް ހަޖޫޖެހި ޕްރޮގްރާމުގެ ތެރެއިން:
ހަބަރު
26 Mar 2025 | 15:34
ރާއްޖެ ޓީވީއާމެދު ފިޔަވަޅު އަޅައިދިނުމަށް ވާނީ އެދިފައި: މިނިސްޓްރީ

ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހަޖޫޖަހައި ދެއްކި ވާހަކަތަކާ ގުޅޭގޮތުން އެ މައްސަލަ ބަލައި ފިޔަވަޅު އަޅައިދިނުމަށް އެދިފައިވާނޭކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

މިކަމާ ގުޅޭގޮތުން މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، މާޗްމަހުގެ 24 ވަނަ ދުވަހު ގެނެސްދިން "ކާލާބައިސާ" ނަމަކަށް ކިޔާ ޕްރޮގްރާމުގައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ނިސްބަތްކޮށް ދައްކާފައިވާ ވާހަކަތަކާމެދު ނިހާޔަތަށް ކަންބޮޑުވާ ކަމަށެވެ. ޖެންޑާއިން ބުނީ، ހާއްސަ ގޮތެއްގައި އެ ޕްރޮގްރާމުގައި އޯޓިޒަމް އަދި ޑައުން ސިންޑްރޯމް ހުންނަ ކުޑަކުދިންގެ ކަރާމާތަށް އުނިކަން ލިބޭފަދަ ބަހުރުވަޔަކުން އެފަރާތްތަކަށް ނިސްބަތްކޮށް ވާހަކަދައްކާފައިވާކަން މިނިސްޓްރީން ފާހަގަކުރިއެވެ. 

މިނިސްޓްރީން ބުނީ އެ ހާދިސާއަކީ މުޖުތަމަޢުގައި ތިބި ޚާއްޞަ ރައްކައުތެރިކަން ބޭނުންވާ ފަރާތްތަކުގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަޅާލުމާއި، އޯގާތެރި މުޖުތަމަޢެއް ބިނާކުރުމަށް ކުރަމުންމިދާ މަސައްކަތްތަކަށް ހީނަރުކަން ލިބިގެންދާނެކަމެއް ކަމަށެވެ. އަދި މިފަދަ ކަންކަން ތަކުރާރުވެގެން ދިއުމަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ކުދިންގެ އިންސާނީ ކަރާމާތައް އުނިކަން ލިބޭފަދަ ވާހަކަތައް ދެއްކުން ނޯމަލައިޒްވެގެން ދިއުމުގެ ފުރުސަތު ވެސް އޮތްކަމެއްކަމަށްވެސް ޖެންޑާ މިނިސްޓްރީން ފާހަގަކުރިއެވެ.

ޖެންޑާއިން ބުނީ މި މައްސަލަ އެ މިނިސްޓްރީގެ ސަމާލުކަމަށް އައި ހިސާބުން ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން، އެކަން ބަލައި ރާއްޖެ ޓީވީ އާއި މެދު ފިޔަވަޅު އަޅައިދިނުމަށް އެދި މިނިސްޓްރީއިން ވާނީ ބްރޮޑްކާސްޓިންގ ކޮމިޝަނަށް ހުށަހަޅާފައިވާނޭ ކަމަށެވެ. 

ޖެންޑާއިން ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތައް ކަށަވަރު ކުރުމަށް ކުރަމުންގެންދާ މަސައްކަތްކަތުގައި އެ މިނިސްޓްރީ ދެމި ހުންނާނެ ކަމުގެ ޔަޤީންކަން އެންމެހާ ރައްޔިތުންނަށް ޚާއްޞަކޮށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ އެ ފަރާތްތަކުގެ ޢާއިލާ ތަކަށް އަރުވާފައެވެ.

ރާއްޖެ ޓީވީން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ރައްޔިތުން މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު އަބްދުالله (މޮސްޓާ) އާއި ކުރީގެ ކާނަލް އަހުމަދު ފަޔާޒް އަލީ ރިޒާ (ޕާޕާ ފަޔާޒް)، ވަނީ ސިޔާސީ ކަންކަމާއި ޑައުންސިންޑްރޯމް އަދި އޯޓިޒަމް ކުދިންގެ ޙާލަތާއި ގުޅުވައިގެން މިސާލު ޖައްސަވާފައެވެ.

އެ ޕްރޮގްރާމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ނޫސްވެރިޔަކަށް ފޯނުން ގުޅުއްވާފައި އިންޒާރުދިން ވާހަކަ ދައްކަވައި ސަރުކާރަށް ފާޑުވިދާޅުވަމުން ޕާޕާ އެންމެ ފުރަތަމަ ވިދާޅުވީ، ރައީސް މުޢިއްޒު އެފަދައިން ކަން ކުރެއްވީ ގޮތް ހުސްވެގެން ކަމަށެވެ. އަދި ގޮތް ހުސްވުމުން މީހުން އަތުންފައިން ގޯސް ހަދާނެކަމަށް ވިދާޅުވެ، އެކަން ދެން ގުޅުވާލީ އޯޓިޒަމާއެވެ. 

"ގޮތް ހުސްވެ، ހަތަރު އުދަރެސް ފެނުޖެހުނީމާ އަތުންފައިން ގޯސް ހަދާނެ. އަސްލު މީނައަކީ (ރައީސް މުޢިއްޒަކީ) އޮޓިސްޓިކް ގޮތެއް ހުންނަ މީހެއްހެން ހީވަނީ އޮޕަރޭޓް ކުރާ ގޮތުން." ޕާޕާ ފަޔާޒު ވިދާޅުވިއެވެ.

އޭނާ މިހެން ވިދާޅުވުމުން މޮސްޓާ ވަނީ އެއަށް ބާރުދެއްވައި ޖޯކު ޖައްސަަވަމުން ރައީސްގެ "އޮޓިސްޓިކް އެކަންޏެއް ނޫން ޑައުންސިންޑްރޮމްވެސް ހުންނަހެން ހީވާ." ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.