އެމްޑީޕީ ހަރުގެ ޖަލްސާގައި ފައްޔާޒް. ފޮޓޯ/އެމްޑީޕީ
ހަބަރު
26 Mar 2025 | 20:43
ކަރަންޓްގެ މައްސަލަ ހައްލުކުރުމަށް މިއަދު އާވިސްނުންތަކަށް ޖާގަ ދޭންޖެހޭ: ފައްޔާޒް

ކަރަންޓްގެ މައްސަލަ ހައްލުކުރުމަށް މިއަދު އާވިސްނުންތަކަށް ޖާގަ ދޭންޖެހޭކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

އަތޮޅުތެރޭގެ ބައެއް ރަށްރަށުގައި ކަރަންޓް ކަނޑައިެގންދާ މައްސަލައަށް އިޝާރަތްކުރައްވައި ފައްޔާޒް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކަރަންޓްގެ މައްސަލަ ހައްލުކުރުމަށް މިހާރު ގެންގުޅެމުން އަންނަ ގޮތްތަކާމެދު ވިސްނައި، އައު ވިސްނުންތަކަށް ޖާގަދޭން ޖެހިފައިވާކަމަށެވެ. އެގޮތުން ކޮމިއުނިޓީ އަދި ޕްރައިވެޓް ސެކްޓަރގެ ބައިވެރިވުން އިތުރުކޮށް އިއާދަކުރަނިވި ހަކަތަ އާއި އެހެނިހެން އާ އީޖާދުތައް ހިމެނޭ ކަރަންޓު ގްރިޑެއް ބިނާކުރަން ޖެހޭކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ ކަރަންޓްގެ ކަންކަން މެނޭޖްކުރުމުގެ އައު ގޮތްތައް ބޭނުން ކޮށް އެ މަގަށް ކަންކަން ފަހި ކުރުމަށް މިވަގުތު އަމަލުކުރަމުންދާ ހަކަތައާ ގުޅޭ ސިޔާސަތުތަކާއި ގަވާއިދުތަކާ މެދު އަލުން ވިސްނަން ޖެހޭކަމަށެވެ.

އެކްސްގައި ކުރެއްވި މި ޕޯސްޓްގައި ފައްޔާޒް ވަނީ އައްޑޫސިޓީ ކަރަންޓް މައްސަލައަށް ސަރުކާރުން ދުރާލައި ތައްޔާރުވެވުނުނަމަ، ހައްލެއް ހޯދުނީސް ކަމަށެވެ. އެގޮތުން ވޭތުވެ ދިޔަ ތަނގާއި ހުރިހާ ސަރުކާރުތަކަކުންވެސް ރޯދަމަހަށް ހާއްސަ ސަމާލުކަމެއްދީގެން ތައްޔާރީތައް ވަމުން އައިސްފައިވާކަން ފައްޔާޒު ފާހަގަކުރެއްވިއެވެ.

އައްޑޫސިޓީގެ ގުޅިފައިވާ ރައްތަކަށް ކަރަންޓް ކަނޑައިގެން ދިއުމުގެ މައްސަލަ ކުރިމަތިވެފައިވާއިރު، ފެނަކައިން ދަނީ އެ މައްސަލަ ހައްލުކުރުމަށް އައްޑޫސިޓީއަށް 1.8 މެގަވޮޓްގެ އިންޖީނެއް ގެންގޮސްގެން ކަރަންޓުގެ ހިދުމަތް ރަނގަޅުކުރުމަށް މަސައްކަތްކުރަމުންނެވެ.  ފެނަކައިން ބުނީ މިރޭގެ ވަގުތެއްގައި އިްނޖީނު ހިފައިގެންދާ އުޅަނދު އައްޑޫސިޓީއަށް ބަނދަރުކުރާނޭ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.
03 Jun 2026
ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއާ އެމްއެލްއެސްޑީޕީ އުވާލައިފި
ދަ ޑިމޮކްރެޓްސްއާ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލައިފި އެވެ.
03 Jun 2026
ބާރަ އަހަރަށް ފަހު ޝިޔާމް އަލުން ވަޒީފާއަށް، މުސާރައިގެ ބައި އިސްތިއުނާފު
ޝިޔާމް ފުލުހުންގެ ވަޒީފާއަށް ނިކުންނަވަން ފެއްޓެވި ނަމަވެސް ދައުލަތުން ވަނީ މުސާރައާ ގުޅޭ ބައި ސުޕްރީމް ކޯޓްގައި އިސްތިއުނާފު ކޮށްފަ އެވެ. އެއީ 12 އަހަރުގެ މުސާރަ ދޭން އަންގާފައިވާތީ އެވެ.
03 Jun 2026
އިމްތިހާނު ދުވަސްވަރާ ދިމާވާތީ ޕީއެންސީގެ ކޮންގްރެސްގެ ތާރީހު އަވަސްކޮށްފި
ކޮންގްރެސްގެ ތާރީހު އަވަސް ކުުރުމަށް އެދިވަޑައިގެންނެވީ ވެސް ރައީސް މުޢިއްޒު އެވެ. ރައީސްގެ އެދިވަޑައިގަތުން ފާސްކުރީ މެންބަރުންގެ އިއްތިފާގުންނެވެ.
03 Jun 2026
ރައީސް ކަމަކީ ވަރަށް ބުރަ ކަމެއް، ދެން ކުރިމައްޗެއް ނުލާނަން: ނަޝީދު
އެމަނިކުފާނު އެ ވާހަކަފުޅު ތަކުރާރު ކުރެއްވީ ޗެެއާޕާސަން އިންތިހާބުގެ ކެމްޕެއިނަށް ށ. ފޭދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
03 Jun 2026
އައްޑޫސިޓީ ކައުންސިލުން މިލިއަނުން ހަރަދުކޮށް މެލޭޝިއާ އަދި ސިންގަޕޫރަށް ކުރި ދަތުރު ގޯސްވެއްޖެ
އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، ކައުންސިލުން އެ ދަތުރުތަކަށް ހަރަދުކޮށްފައިވަނީ، ސާކިއުލާގައި އަންގާފައިވާ އެންގުމާ އެއްގޮތަށް ކޮށްފައިވާ ހަރަދުތަކެއް ކަމަށް ބެލެވެން ނެތްކަމަށެވެ