ޢިލްމުވެރިޔާ ޑރ. ހަސަން ހަމީދު
ހަބަރު
27 Mar 2025 | 02:06
އީދު ވާނީ 31ވާ ހޯމަ ދުވަހަށް: ޑރ. ހަސަން ހަމީދު

މި އަހަރުގެ ފިތުރު އީދު ދުވަސްވާނީ މި މަހުގެ 31ވާ ހޯމަ ދުވަހަށް ކަމަށް ޢިލްމުވެރިޔާ ޑރ. ހަސަން ހަމީދު ވިދާޅުވެއްޖެ އެވެ.

ގައުމީ ޔުނިވާސިޓީގެ ޗާންސެލަރުކަން ވެސް ކުުރައްވާފައިވާ ޑރ. ހަސަން މިހެން ވިދާޅުވީ "އީދު ހަނދު ފެނުމާއި ރޯދަ މަހުގެ ހަނދު ސާބިތުވި ގޮތް" މި ނަމުގައި ލިޔުއްވާފައިވާ ލިޔުއްވުމެއްގަ އެވެ.

ހަސަން ވިދާޅުވީ މި އަހަރު ރޯދަމަހު ހަނދު ރާއްޖެއަކަށް ނުފެނުނު ކަމަށެވެ. އެއީ ވިއްސާރަކަމުން ވީކަމެއް ކަމަށް ބެލި ނަމަވެސް ތުއްތު ސާހިބުގެ ކްރައިޓީރިއާ އަކުން އެ ދުވަހު ރާއްޖެއަކަށް ހަނދެއް ނުފެންނާނެ ކަމަށް ވިދާޅުވި އެވެ. 1 މާޗް ރޯދަމަހުގެ ފުރަތަމަ ދުވަހަށް ދިވެހިރާއްޖެއަށް ވީ، ސައުދީ އެރެބިޔާއަށް ހަނދު ފެނިގެން ކަމަށް ވެސް ހަސަން ވިދާޅުވި އެވެ.

ފިތުރު އީދުގެ ހަނދު ފެންނަ ދުވަސް ބެލުމަށް އެންމެ ފުރަތަމަ ކުރަންޖެހޭނެ ކަމަކީ، އެ ހަނދު އުފަންވާ ވަގުތު ބެލުން ކަމަށް ވިދާޅުވެ މުޅި އޭޝިއާގެ ބައްރަށް 29 މާޗްގައި ހަނދެއް ނުފެންނާނެ ކަމަށް ވިދާޅުވި އެވެ. 

އެެހެން ކަމުން ޖެހިގެން އަންނަ ދުވަސް (30 މާޗު) އީދަށް ނުވާނެ ކަމަށާ ފިޠުރު ޢީދު ދުވަހަކަށް ވާނީ 31 މާޗް 2025 ވާ ހޯމަ ދުވަސް ކަމަށް ހަސަން ލިޔުއްވާފައިވެ އެވެ. މި ލިޔުއްވުމުގައި ވަަރަށް ތަފްސީލުކޮށް ސަބަބުތައް ބަޔާން ކޮށްދެއްވާފައިވެ އެވެ.

ޢީދު ވާނީ 30 ވަނަ ދުވަހަށް ކަމަށް ވަރަށް ބެލެވޭ: ރައީސް މައުމޫން

މާރިޗު 30 ވާ އާދީއްތަ ދުވަހަކީ މިއަހަރުގެ ފިޠުރު ޢީދު ދުވަހަށް ވާނެ ކަމަށް ވަރަށް ބޮޑަށް ޔަޤީން ކުރެވޭ ކަމަށް ދީނީ ޢިލްމުވެރިޔާ އަދި ކުރީގެ ރައީސް ޢަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ވަނީ ވިދާޅުވެފަ އެވެ.

އެމަނިކުފާނު ވަނީ އެކަން ބަޔާންކުރައްވާ "އީދު ހަނދު" މި ނަމުގައި "ވޮއިސް" އަށް ޚާއްސަ އާޓިކަލެއް ލިޔުއްވާފަ އެވެ.

އެ ލިޔުއްވުމުގައި އެމަނިކުފާނު ވަނީ ސަޢޫދީ ޢަރަބިއްޔާ އާއި، މިޞުރާއި، ތުރުކީ އާއި، މޮރޮކޯ ފަދަ އިސްލާމީ ޤައުމުތަކަށް މި ހިނގާ މާރިޗު މަހުގެ 29 ދުވަހު  އިރުއޮއްސުމަށްފަހު، ހަނދު ނޯއްސި 8 މިނެޓާއި 20 މިނެޓާ ދެމެދުގެ މިންވަރަކަށް ހުންނާނެކަމަށް ފަލަކީ ހިސާބުން ދައްކާތީ، ޖެހިގެން އަންނަ ދުވަހަކީ (މާރިޗު 30 ވާ އާދީއްތަ ދުވަހަކީ) މިއަހަރުގެ ފިޠުރު ޢީދު ދުވަހަށް ވާނެ ކަމަށް ވަރަށް ބޮޑަށް ޔަޤީން ކުރެވޭ ކަމަށް ވިދާޅުވެފަ އެވެ.

ކުރީގެ ރައީސް ޢަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް

މާރިޗު މަހުގެ 29 ވަނަ ދުވަހަކީ ރަމަޟާން މަހުގެވެސް 29 ވަނަ ދުވަސް ކަމަށާ އެދުވަހު ދިވެހިރާއްޖެއަށް އިރުއޮއްސެނީ 18 ގަޑި 14 މިނެޓުގައެވެ. ހަނދު އޮއްސެނީވެސް، ހަމަ އެގަޑީގައި ކަމަށް ލިޔުއްވާފައިވެ އެވެ.

"އެހެންކަމުން، ވިދިގެން އަންނަ ދުވަހަކީ ދިވެހިރާއްޖެއަށް ފަލަކީގޮތުން ޝައްވާލު މަހުގެ 1 ވަނަ ދުވަސް ކަމަށް ވުމާއި ނުވުމާ މެދު ބަހުސެއް އޮތްނަމަވެސް، ވަރަށް ގިނަ އިސްލާމީ ޤައުމުތަކަށް އެދުވަހަކީ ޝައްވާލު މަހުގެ 1 ވަނަ ދުވަސް ކަމަށް ވާނެތީ، މާރިޗު މަހުގެ 30 ވަނަ ދުވަހަކީ، ރާއްޖެއަށް ވެސް ޝައްވާލު މަހުގެ 1 ވަނަ ދުވަސް ކަމުގައި ވާނެކަމަށް ފެނެއެވެ," މައުމޫން ލިޔުއްވާފައިވެ އެވެ.

އެއީ، ހަނދު ސާބިތު ކުރުމުގައި ޢަމަލު ކުރަމުން އަންނަ އުޞޫލުތަކާ ހަމަތަކުގެ އަލީގައި ވިދާޅުވާ ވިދާޅުވުމެއް ކަމަށް ވެސް ބަޔާން ކުރައްވާފައިވެ އެވެ.

ކޮމެންޓް
ހަނދު
ސައޫދީގެ އުންމުލްގުރާގެ ކަލަންޑަރުގައި އޮތީ ރަމަޟާންމަހުގައި 29 ދުވަސް ކަމަށް.
27 Mar 2025
އަބުދުއްލޯ
ގަދަ ހިފުމަކަށް.އެއްކޮޅުން ފަލަކީ އިލްމުގެ އުސްތާޒެއް.އަނެއްކޮޅުން އަޅުގަނޑަށް އާބޭފުޅެއް.
27 Mar 2025
ގުޅޭ ލިޔުންތައް
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
07 Oct 2026
ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުތަކާ ގުޅިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.
07 Oct 2026
ރަޝިޔާއިން ރޭ ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެއްޖެ
ޒެލެންސްކީ އެކްސްގައި ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ޗެރްނީހީވް ސަރަހައްދުގެ ޕްރައިލޫކީ ސިޓީގައި ފަސް ބުރީގެ އާންމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތެއް ބިމާ ހަމަކޮށްލި ހަމަލާގައި ފަސް މީހުން މަރުވެ، 26 މީހަކަށް އަނިޔާ ލިބިފައިވެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ފަސް ކުޑަކުއްޖަކު ހިމެނެއެވެ.
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.