މައްކާގެ މަސްޖިދުލް ހަރާމް ރޭގައި: ފޮޓޯ/ ސައުދީ ގެޒެޓު
ހަބަރު
27 Mar 2025 | 09:10
އައު ރިކޯޑެއް؛ ރޭ މައްކާގެ މަސްޖިދުލް ހަރާމަށް ރޭ އަޅުކަމަށް ދިޔަ މީހުންގެ އަދަދު 3.4 މިލިއަނަށް

ރަމަޟާން މަހުގެ 27 ވިލޭރޭ މައްކާގެ މަސްޖިދުލް ހަރާމަށް އަޅުކަމަށް ދިޔަ މީހުންގެ އަދަދު 3.4 މިލިއަނަށް އަރައިފައިވާކަމަށް ސައުދީ ގެޒެޓުން ރިޕޯޓުކޮށްފިއެވެ. މިއީ އައު ރެކޯޑެއްކަމަށް ވެސް ބުނެފައިވެއެވެ.

ރޭގައިވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ މުސްލިމުން މައްކާގެ މަސްޖިދުލް ހަރާމާއި މަދީނާގެ މަސްޖިދުއް ނަބަވީއަށް ޒިޔާރަތްކޮށް ތަރާވީޙް އަދި ތަހައްޖުދު ނަމާދު އަދާކުރިއެވެ. ރަމަޟާން މަހުގެ ފަހު ދިހައަކީ ގިނަ މުސްލިމުން ލައިލަތުލް ޤަދުރު ހޯދުމަށް މަސައްކަތްކުރާ ރޭތައް ކަމަށްވާތީ ފަހު ދިހައެއްގެ ހުރިހާ ރެއެއްގައިވެސް މަސްޖިދުލް ހަރާމަށް އަޅުކަމަށް ދާމިހުންގެ އަދަދު ގިނަވެއެވެ. ޚާއްސަކޮށް، އޮނަހިރި ރޭ ތަކުގައި އެ އަދަދު އިތުރުވެއެވެ. 

އެކަމަށްޓަކައި ތައްޔާރު ވުމަށް މަސްޖިދުލް ހަރާމުގެ މަތާފް ސަރަހައްދުގައި ގަޑިއިރަކު 107،000 މީހުންނަށް ތަވާފުކުރެވޭ ގޮތަށް އިންތިޒާމުތައް ހަމަޖައްސާފައިވާކަމަށް ސައުދީ އަރަބިއްޔާއިން ބުނެފައިވެއެވެ. މީގެ އިތުރުން 428 އެސްކަލޭޓަރާއި 28 ލިފްޓު ހަރުކޮށްފައިވާ ކަމަށާއި، 1،300 ސްޕީކަރު ހިމެނޭ އަޑުގެ ނިޒާމެއް ޤާއިމުކޮށްފައިވާ ކަމަށްވެސް ބުނެފައިވެއެވެ. އަދި މަސްޖިދުލް ހަރާމް ފިނިކުރުމަށް 90،000 ޓަނުގެ ކެޕޭސިޓީ ހުރި ކޫލިންގ ސިސްޓަމެއް ބޭނުންކުރާ ކަމަށްވެސް ބުނެފައިވެއެވެ.

މައްކާ ސަރަހައްދުގެ ހެލްތު އެފެއާޒް ޑިޕާޓްމަންޓުން މަސްޖިދުލް ހަރާމާއި އޭގެ ގޯތިތެރޭގައި މެޑިކަލް ސެންޓަރުތައް ޤާއިމުކޮށް، ޙައްޖު އަދި އުމްރާ ޒިޔާރަތްތެރިންނަށް ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް އިތުރު މަސައްކަތްތަކެއް ކޮށްފައިވާ ކަމަށްވެސް ސައުދީ ގެޒެޓުން ރިޕޯޓުކޮށްފައިވެއެވެ.

ދިވެހިރާއްޖެއިންވެސް މި ރަމަޟާން މަހުގައި ޢުމްރާގެ އަޅުކަން އަދާކުރުމަށް މައްކާއަށް ގިނަ އަދަދެއްގެ ދިވެހިން ޒިޔާރަތްކޮށްފައިވެއެވެ. 

ލައިލަތުލް ޤަދުރަކީ އިސްލާމްދީނުގައި އެންމެ މުހިންމު ރޭތަކުގެ ތެރެއިން އެއް ރޭކަމަށްވާއިރު، މި ރޭގެ އަޅުކަން ހާސް މަހަށްވުރެ ހެޔޮވެގެންވާކަމަށް ޤުރުއާނުގައި ބަޔާންކޮށްފައިވެއެވެ. ލައިލަތުލް ޤަދުރު ވަކި ރެއެއްކަން ކަނޑައެޅިގެން އެނގެން ނެތްނަމަވެސް، އެ ރޭ އަކީ ރަމަޟާން މަހުގެ އޮނަހިރި ރޭ ތަކުގެ ތެރެއިން ރެ އެއް ކަމަށް ހަދީޘްގެ އަލީގައި ޢިލްމުވެރިން ވިދާޅުވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.