މަންފާ ޖަމިއްޔާގެ ރައީސް ޢަލީ ރަމީޒު: ފޮޓޯ/ މަންފާ
ދީން
28 Mar 2025 | 12:37
ޢަލީގެ ފޭސްބުކު ޕޯސްޓާއެކު މަންފާ ޖަމިއްޔާއަށް ޢާއްމުންގެ ދީލަތި އެހީ އޮހެން ފަށައިފި

ޢަލީ ރަމީޒު އިސްވެ ދާދިފަހުން އުފެއްދި ޖަމިއްޔާ 'މަންފާ' އަށް އެހީވުމަށް އޭނާ ފޭސްބުކްޕޭޖުގައި ޖެހި ޕޯސްޓާއެކު ޢާއްމުންގެ ދީލަތި އެހީތައް އެ ޖަމިއްޔާއަށް އޮއްސާލައިފިއެވެ.

މަންފާގެ ރައީސް ޢަލީ ރަމީޒު އިއްޔެ ފޭސްބުކުގައި ކުރި ޕޯސްޓްގައި އޭނާ ވަނީ ކޮންމެ މީހަކުވެސް އެންމެ ވިހި ރުފިޔާ އެ ޖަމިއްޔާއިން ކުރިއަށް ގެންދާ ދީނީ ހަރަކާތްތަކަށް އެހީވުމަށް ހަދިޔާ ކުރުމަށެވެ. އެ ޕޯސްޓުގައި އޭނާ ވަނީ މަންފާގެ އެމް.އައި.ބީ އެކައުންޓާއި ބީ.އެމް.އެލް އިސްލާމިކް އެކައުންޓު ހިއްސާ ކޮށްފައެވެ.

އެއާއެކު ގިނަ ބަޔަކު ވަނީ އެކަމަށް އިޖާބަދީ އެ ޖަމިއްޔާއަށް އެހީތެރިކަން ’އޮއްސަން‘ ފަށާފައެވެ. އެގޮތުން ގާތްގަނޑަކަށް 6 ގަޑި އިރުގެތެރޭގައި 1300 މީހުން އެމީހުން މަންފާއަށް އެހީތެރިވެއްޖެކަމަށް ބުނެ 'ޑަން' ޖަހައި ކޮމެންޓު ކޮށްފައިވެއެވެ.

މިކަމާ ގުޅޭގޮތުން ވޮއިސްއިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޢަލީ ރަމީޒު ވިދާޅުވީ ބައެއް ފަރާތްތަކުން 20 ރުފިޔާއަށްވުރެ ގިނައިން ހަދިޔާކޮށްފައިވާ ކަމަށެވެ. އަދި މަންފާއަށް ޢާއްމުން އެވަރުގެ ސަޕޯޓެއް ދިނީތީ ވަރަށްބޮޑަށް އުފާކުރާ ކަމަށާ މިކަމުން އެނގިގެންދިޔައީ މި ޖަމިއްޔާއަށް އާއްމުން ކުރާ އިތުބާރުކަމަށެވެ. އޭގެ އިތުރުން ޢަލީ ރަމީޒުގެ ދައުވަތުގެ މަސައްކަތަށްވެސް ޢާއްމުން އިތުބާރު ކުރާ މިންވަރު ހާމަވެގެން ހިނގައްޖެކަމަށާއި އެ އިތުބާރު އިންޝާالله އަބަދުވެސް ހިފަހައްޓާނެކަމަށް ޢަލީ ރަމީޒު ވިދާޅުވިއެވެ.

"މާލީ ގޮތުން ލިބުނު އެހީތެރިކަމަށްވުރެ ބޮޑަށް އުފާވީ ޢާއްމުން އަޅުގަނޑުމެންނަށް ކުރާ އިތުބާރު ފެނި ޔަގީންވުމުން. އަލްޙަމްދުލިالله." ޢަލީ ރަމީޒު ވިދާޅުވިއެވެ.

"މަންފާ ޖަމިއްޔާއަކީ ދީނީ އަދި އިޖްތިމާޢީ އެކިއެކި މަސައްކަތްތައް ކުރުމަށް އަޅުގަނޑާއި އަޅުގަނޑުގެ އެންމެ ގާތް އެކުވެރިންކޮޅެއް ވެގެން އުފެއްދި ޖަމިއްޔާއެއް. މި ޖަމިއްޔާ އަދި މިއޮތީ ވަރަށް ޅަފަތުގަ. ދީނީ ދަޢުވަތު ކުރިއަށް ގެންދިއުމަށް ވަރަށްގިނަ ކަންކަން އެބަ ބޭނުންވޭ. ވަރަށްގިނަ އިކުއިޕްމަންޓްސް އެބަ ބޭނުންވޭ. އަޅުގަނޑުމެން މިފެށީ ޒީރޯ އިން. މި ޖަމިއްޔާއަށް އަބަދުވެސް ޢާއްމުންގެ ދީލަތި އެހީތެރިކަން ބޭނުންވޭ. އަޅުގަނޑު އެދެން މި 20 ރުފިޔާ ކޮންމެ މަހަކުވެސް މަންފާ އެކައުންޓަށް ޢާއްމުން ޖަމާކޮށްދިނުމަށް. އެއީ އަޅުގަނޑުގެ ވަރަށްބޮޑު އެދުމެއް. އަޅުގަނޑުމެން ދާދި އަވަހަށް ވަރަށް ވަރުގަދަ ކަމެއް އިޢުލާނު ކުރާނަން އިންޝާالله." ޖަމިއްޔަތުއްސަލަފު އުފައްދައި 19 އަހަރު އެ ޖަމިއްޔާގައި އިސްކޮށް ހަރަކާތްތެރިވުމަށްފަހު ދާދި ފަހުން އެ ޖަމިއްޔާއިން އިސްތިއުފާ ދެއްވި އެ ޖަމިއްޔާގެ އެއް މުއައްސިސް ޢަލީ ރަމީޒު ވިދާޅުވިއެވެ.

ކޮމެންޓް
ނަދީމް
އަލްޙަމްދުލިއްލާހި
28 Mar 2025
ބަޗީ
ތިބާގެ ޢަމަލުގައި މާތް ﷲ ބަރަކާތް ލައްވާށި! އާމީން.
28 Mar 2025
ގުޅޭ ލިޔުންތައް
12 Sep 2026
މޫސުން ވަރަށް ގޯސްވެއްޖެ. ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓް
ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، ސަލާމަތީ ވަސީލަތްތައް ފުރިހަމައަށް ހުރިތޯ ޔަޤީންކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އަންގާފައެވެ
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.