Advertisement

ޤާނޫނަށް ހުރުމަތްތެރިކޮށް ހިތުމުގައި އެންމެ ފުރަތަމަ ފުލުހުން ނަމޫނާ ދައްކައި، އެކަން އަޒުމަކަށް ހަދަންޖެހޭ: ރައީސް ޑރ.މުއިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުއިއްޒު

ޤާނޫނަށް ހުރުމަތްތެރިކޮށް ހިތުމުގައި އެންމެ ފުރަތަމަ ފުލުހުން ނަމޫނާ ދައްކައި، އެކަން ކޮންމެ ފުލުހެއްގެ އަޒުމަކަށް ވާންޖެހޭނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ.މުހައްމަދު މުއިއްޒު މިހެން ވިދާޅުވީ، މިއަދު ފާހަގަކުރަމުންދާ ފުލުހުންގެ ޚިދުމަތަށް 92 އަހަރު ފުރުމުގެ މުނާސަބަތުގައި އެ މަނިކުފާނު ފޮނުއްވި ޚިޠާބުގައެވެ. ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި، ވަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ 92 ވަނަ އަހަރީ ދުވަހުގެ އުފަލުގައި، އެންމެހައި ދިވެހި ފުލުހުންނަށް އިޚްލާޞްތެރިކަމާއިއެކު މަރްޙަބާއާއި ތަހުނިޔާ ދަންނަވާފައެވެ. މީގެއިތުރުން މި ވޭތުވެދިޔަ ދިގު މުއްދަތުގައި ފުލުހުންގެ ކަންކަން ބެލެހެއްޓެވި ވަޒީރުންނާއި، ފުލުހުންގެ އިސް މަޤާމުތައް ފުރުއްވާފައިވާ ވެރީންނާއި، ފުލުހުންގެ ޚިދުމަތުގައި މަސައްކަތް ކުރެއްވި ބޭކަލުންގެ އަގުހުރި ޚިދުމަތަށް އެމަނިކުފާނު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

އެ މަނިކުފާނުގެ ޚިޠާބުގައި، ޤާނޫނަށް ޙުރުމަތްތެރިކޮށް ހިތުމުގައި ފުލުހުން ނަމޫނާ ދައްކަންވީ ގޮތުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވެއެވެ. އެ ގޮތުން މުޢާމަލާތް ކުރުމުގައި އަޚްލާޤީ ރީތި ހަމަތައް ހިފެހެއްޓުމަށާއި، ކުށްކުރުން ހުއްޓުވުމުގެ އިތުރުން، ކުށަށް އަރައިގަތުމާ މުޖްތަމަޢު ދުރުހެލި ކުރުމަކީވެސް ފުލުހުންގެ ވާޖިބެއްކަން ފާހަގަކުރައްވަމުން ރައީސް ވަނީ، ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކޮށް ދިނުމަށާއި، ކަންކަން ކުރަން އޮންނަ ރަނގަޅު ގޮތް ވިސްނައިދީ ކިޔައިދިނުމަށާއި، ރީތި އުޅުމާއި އާދަ އަނެކުންނަށް ދަސްކޮށްދީ، އަނެކުންނަށް މަގުދައްކައިދޭ ބައެއްގެ ގޮތުގައި އަބަދުމެ ދެމިތިބުމަށް ފުލުހުންނަށް ބާރުއަޅުއްވާފައެވެ.

Advertisement

ފުލުހުންގެ މުއައްސަސާގައި ޤައުމަށް ބޭނުންތެރި އެކި ދާއިރާތަކުން މޮޅަށް ކިޔަވައިގެން ތިބި ޤާބިލް އެތައް ދަރީންނެއް އެބަ ތިބިކަމަށާއި، ތަފާތު އެކި ހުނަރުތަކާ ތަޢުލީމު ލިބިފައިވާ ދިވެހީން އެންމެ ގިނަ އެއް ދާއިރާއަށް ދިވެހި ފުލުހުންގެ ޚިދުމަތް މިއަދު ވެފައިވާކަން ރައީސް ފާހަގަކުރެްވިއެވެ. އަދި ދިވެހި ކޮންމެ ފުލުހަކީ، ހުވަޔަށް ވަފާތެރި، ދީނަށް ޙުރުމަތްތެރި، ޤައުމަށް ޚިދުމަތްތެރި، ކޮންމެ ރައްޔިތަކާމެދު އޯގާތެރި، ވާޖިބު އަދާކުރުމަށް ފަރުވާތެރި އަގުހުރި ދަރިޔަކަށް ވުމަށް ރައީސް ޑރ. މުއިއްޒު ވަނީ ފުލުހުންނަށް އިލްތިމާސްކުރައްވާފައެވެ.

Advertisement

ކޮމެންޓް

Advertisement

Advertisement