އިންޑިއާގެ މިލިޓަރީ ހެލިކޮޕްޓަރެއް.. ފޮޓޯ: އިންޑިއާ ޑިފެންސް
ދުނިޔެ
01 Apr 2025 | 17:43
އިންޑިއާގެ އަސްކަރިއްޔާއަށް ގިނަ އަދަދެއްގެ ހެލިކޮޕްޓަރު ގަންނަނީ

އިންޑިއާގެ އަސްކަރިއްޔާގައި ބޭނުންކުރާ އުޅަނދުތައް އައުކުރުމަށް އެގައުމުން ކުރަމުންދާ މަސައްކަތުގެ ދަށުން، 156 ހެލިކޮޕްޓަރު ގަތުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އިންޑިއާގެ ޑިފެންސް މިނިސްޓްރީއިން ބުނީ މި ހެލިކޮޕްޓަރުތަކުގެ އަގު 7.3 ބިލިއަން އެމެރިކާ ޑޮލަރަށް އަރާކަމަށެވެ. ދެ އިންޖީނުލީ 'ޕްރަޗާންދް' ނަމަކަށް ކިޔާ މި ހެލިކޮޕްޓަރު އުފައްދަނީ އިންޑިއާގެ ހިންދުސްތާން އެއަރޮނޮޓިކްސް ލިމިޓެޑުންނެވެ. މި ހެލިކޮޕްޓަރުގައި އަޅުވަނީ ފަރަންސޭސީވިލާތުގެ ސަފްރާން މަރުކާގެ އިންޖީނެވެ. އަދި މި ހެލިކޮޕްޓަރުތަކަށް 5 ހާސް މީޓަރަށްވުރެ މަތިން އުދުހުމުގެ ގާބިލްކަން ލިބިގެންވެއެވެ.

އަސްކަރިއްޔާ 'ޒަމާނީ' ކުރުމުގެ މަސައްކަތް އިންޑިއާއިން ކުރަމުންދާއިރު، އެގައުމުން އިސްކަންދެނީ އަމިއްލަ ގައުމުގައި އުފައްދާ އަސްކަރީ އުޅަނދުތަކަށެވެ. އޭރުން އިންޑިއާގެ އަމިއްލަ އަސްކަރީ އުފެއްދުންތެރިކަމުގެ ގާބިލްކަން އިތުރުވެ، ދުނިޔޭގެ ސަޕްލައި ޗެއިންއަށް އަރާ ލޮޅުންތަކުގެ ސަބަބުން އެގައުމުން އޯޑަރުދޭ އުޅަނދުފަހަރު ޑެލިވަރކުރުމަށް ބުރޫ ނާރާނެތީއެވެ.

އަލަށް އޯޑަރު ދިން ހެލިކޮޕްޓަރުތަކުގެ ތެރެއިން 66 ހެލިކޮޕްޓަރު ހޯދަނީ އިންޑިއާގެ ވައިގެ ސިފައިންނަށެވެ. އަދި އަނެއް 90 ހެލިކޮޕްޓަރު ހޯދަނީ އެގައުމުގެ އެއްގަމު ސިފައިންގެ ބޭނުމަށެވެ. ހެލިކޮޕްޓަރުތައް ޑެލިވަރކުރަން ފަށާނީ 3 އަހަރު ފަހުންނެވެ

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.
10 Sep 2026
ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް މޮޅެއް
އާސެނަލް އިން މި މެޗުގައި ޖުމްލަ 26 ހަމަލާ އަމާޒުކުރިއިރު، ޗެމްޕިއަންސް ލީގުގެ މެޗެއްގައި އާސެނަލުން މިހާތަނަށް އެންމެ ގިނަ ހަމަލާ އުފެއްދި ފަހަރެވެ
10 Sep 2026
ފަހަތުން އަރައި ފިއްލަދޫ އަތުން ކުޅުދުއްފުށި މޮޅުވެއްޖެ
މި މުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ފިނޭ އާއި ކެލާ އެވެ. މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ހަނިމާދޫ އާއި ވަށަފަރެވެ
10 Sep 2026
ވައިގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
މެޓުން ހުދު ސމަާލު ނެރުނީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.
10 Sep 2026
އެޕަލް ކުންފުނީގެ ފުރަތަމަ ފަށްޖެހޭ ފޯނު ”އައިފޯން ޑުއޯ“ ނެރެފި
ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، އެޕަލް އިން އެ ކުންފުނީގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ފަށްޖެހޭ ސްމާޓްފޯނު ބުދަ ދުވަހު ރަސްމީކޮށް ދައްކާލައިފިއެވެ. "އައިފޯން ޑުއޯ"ގެ ނަމުގައި ތަޢާރަފުކުރި މި އައު އުފެއްދުމަކީ، އެޕަލްގެ އެންމެ ވިޔަފާރި ރަނގަޅު އުފެއްދުންތަކުގެ ލައިނަށް އިތުރު ދިރުމެއް ގެނެސްދިނުމުގެ ގޮތުން ނެރުނު ފޯނެކެވެ.
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ