"އޮރެންޖް މާރޓް"ގެ ނަމުގައި މުޅިން އާ ފިހާރައެއް ހުޅުވައިފި!

06 May 2019 | 05:47

“އޮރެންޖް މާރޓް”ގެ ނަމުގައި މުޅިން އާ ފިހާރައެއް ހުޅުވައިފިއެވެ.

އަލިކިލެގެފާނު މަގު، އާކަކާގޭ 1، ގައި ހުޅުވި މި ފިހާރަ ހުޅުވީ ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. "އޮރެންޖް މާރޓް" ހުޅުވައިދެއްވީ މިނިސްޓަރ އޮފް ޕްލޭނިންގް އެންޑް އިންފްރާންސްޓަރަކްޗަރ މުޙައްމަދު އަސްލަމްއެވެ. 

ފިހާރަ ހުޅުވައިދެއްވުމަށްފަހު މިނިސްޓަރ އަސްލަމް ވަނީ އެފިހާރައިން ވިޔަފާރިކުރައްވާފައެވެ. ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި މިރަސްމިއްޔާތަށްފަހު އޮރެންޖް މާރޓްގެ ވިޔަފާރި ވަނީ އާންމުންނަށް ހުޅުވާލާފައެވެ.

އޮރެންޖް މާރޓްގެ އޮފިޝަލަކު މީޑިއާއަށް މައުލޫމާތު ދެއްވި ގޮތުގައި މިފިހާރައަކީ އާންމުގޮތެއްގައި ގޭތެރެއަށް ބޭނުންވާނެ ހުރިހާ ސާމާނެއް ލިބެން ހުންނާނެ ފިހާރައެއްކަމަށާއި ފިހާރައިގެ ދެވަނަ ފްލޯރގައި ކޮސްމެޓިކްސްގެ ބާވަތްތައްވެސް ލިބެން ހުންނާނެކަމަށެވެ.

"މިފިހާރައަކީ އާންމުގޮތެއްގައި ގޭތެރެއަށް ބޭނުންވާނެ ހުރިހާ ސާމާނެއް ލިބެން ހުންނާނެ. ފިހާރައިގެ ދެވަނަ ފްލޯރގައި ކޮސްމެޓިކްސްގެ ބާވަތްތައްވެސް ލިބޭނެ. މީގެ އިތުރުންވެސް ތަފާތު ބާވަތްތަކުގެ މުދާ މިފިހާރައިން ލިބެން ހުންނާނެ." އޮރެންޖް މާރޓްގެ އޮފިޝަލް ހާމަކުރިއެވެ.

"އޮރެންޖް މާރޓް" ހުންނާނީ އަލިކިލެގެފާނު މަގު، އާކަކާގޭ 1 ގެ 2 ޕްލޯރއަށެވެ.

Advertisement

ކޮމެންޓް

Advertisement