ސުލައިމާން ބިން އަބްދުލް އަޒީޒް އަލް ރާޖިހީ
ދުނިޔެ
04 Apr 2025 | 11:02
މުދަލުން 16 ބިލިއަން ޑޮލަރު ޞަދަޤާތްކޮށް ބިލިއަނަރުންގެ ލިސްޓުން އަމިއްލައަށް ނަން އުނިކުރި މީހާގެ ވާހަކަ

ސަޢޫދީ އަރަބިއްޔާގެ އެންމެ މުއްސަނދި އާއްމު ރައްޔިތު މީހާ ކަމުގައިވާ، ސުލައިމާން ބިން އަބްދުލް އަޒީޒް އަލް ރާޖިހީ، އޭނާގެ މުދަލުން 16 ބިލިއަން ޑޮލަރު ޞަދަޤާތްކޮށް، އަމިއްލައަށް ބިލިއަނަރުންގެ ލިސްޓުން އޭނާގެ ނަން ވަނީ ދާދިފަހުން އުނިކޮށްފައެވެ.

ރާޖިހީ ޢާއިލާއަކީ ސަޢޫދީ އަރަބިއްޔާގެ ރަސްކަމުގެ ޢާއިލާ ފިޔަވައި އެންމެ މުއްސަނދި ޢާއިލާ ކަމުގައި ސައުދީ މީޑިއާތައް ބުނެއެވެ. އަދި މި ޢާއިލާއަކީ ދުނިޔޭގެ އެންމެ ބޮޑެތި ޗެރިޓީ ހިންގާ ޢާއިލާތަކުގެ ތެރޭގައި ހިމެނޭ ޢާއިލާއެކެވެ.

1929 ވަނަ އަހަރު އުފަންވެފައިވާ ސުލައިމާން ބިން އަބްދުލް އަޒީޒް ބިން ސާލިހް އަލް ރާޖިހީ ބޮޑުވެފައިވަނީ ފަގީރު ޢާއިލާއެއްގައި، ދަތި ޙާލަތެއްގައެވެ. އެގޮތުން، އިންޓަވިއުއެއްގައި ސުލައިމާން ބިން އަބްދުލް އަޒީޒް އަލް ރާޖިހީ ވިދާޅުވެފައިވަނީ އޭނާގެ ދިރިއުޅުމުގައި ދެފަހަރެއްގެ މަތިން ފަގީރުވެފައިވާ ކަމަށެވެ.

ސުލައިމާން އަލް ރާޖިހީ އުމުރުން 9 އަހަރުގެ އުމުރުގައި ރިޔާދުގެ އަލް ޚަދްރާ މާރުކޭޓުގައި ޕޯޓަރެއްގެ ގޮތުގައި މަސައްކަތް ފަށާފައިވެއެވެ. 12 އަހަރުގެ އުމުރުގައި ކަދުރު ބަގީޗާއެއްގައި މަހަކު 6 ސަޢޫދީ ރިޔާލަށްވުރެ މަދުން މުސާރަ ލިބޭގޮތަށް މަސައްކަތް ކުރަން ފަށާފައިވެއެވެ. އޭނާ ނިދަނީ މަސައްކަތްކުރާ ތަނުގައި ހިލަގަނޑުތަކުގެ މަތީގައި، މަސައްކަތުގެ ހެދުމާއެކުގައެވެ.

ނަމަވެސް މަސައްކަތްތެރިކަމާއި ކެތްތެރިކަމާއެކު އޭނާ ވަނީ ދުނިޔޭގެ އެންމެ ކާމިޔާބު ވިޔަފާރިވެރިންގެ ތެރެއިން އެކަކަށް ވެފައެވެ.

އެގޮތުން، 1957 ވަނަ އަހަރު ސުލައިމާން ބިން އަބްދުލް އަޒީޒް އަލް ރާޖިހީ އާއި އޭނާގެ ތިން އަޚުން އަލް ރާޖިހީ ބޭންކު އުފައްދާފައިވެއެވެ. މި ބޭންކަކީ މިހާރު ދުނިޔޭގެ އެންމެ ބޮޑެތި އިސްލާމިކް ބޭންކުތަކުގެ ތެރެއިން އެއް ބޭންކެވެ. މި ބޭންކުގެ ސަބަބުން އަލް ރާޖިހީއަށް ބިލިއަނުން ފައިސާ ލިބިފައިވެއެވެ.

އޭނާގެ މުއްސަނދިކަމާއި ނުފޫޒު ބޭނުންކޮށްފައިވަނީ ހެޔޮކަންތައްތަކަށެވެ. ފުރަތަމަ އޭނާ ހޭދަކޮށްފައިވަނީ ފަގީރުންނަށް އެހީވުމަށެވެ. އެފަހުން، ތަޖުރިބާކާރުންނާއި ދީނީ ޢިލްމުވެރިންގެ ލަފާގެ މަތިން، 1983 ވަނަ އަހަރު ޗެރިޓީ ފައުންޑޭޝަނެއް އުފައްދާފައިވެއެވެ.

ކޮންމެ އަހަރަކު، މި ފައުންޑޭޝަނުން ސަޢޫދީ އަރަބިއްޔާގެ 13 ސަރަޙައްދެއްގައި ހިމެނޭ 130 އަށްވުރެ ގިނަ ސިޓީތަކާއި ރަށްތަކުގައި 1,200 އަށްވުރެ ގިނަ ޗެރިޓީ މަޝްރޫޢުތަކަށް އެހީތެރިކަން ފޯރުކޮށްދެއެވެ. މި މަޝްރޫޢުތައް ހޮވަނީ ސަޢޫދީ މުޖުތަމަޢުގެ ބޭނުންތަކަށް ބަލައިގެންނެވެ.

އޭނާގެ ހެޔޮފޯރުންތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިޔުމަށް، ސުލައިމާން އަލް ރާޖިހީ ވަނީ އޭނާގެ މުދަލުގެ ބޮޑު ބައެއް ވަގުފުކުރުމަށް ނިންމާފައެވެ. މިއީ އިސްލާމީ ތާރީޚުގައި އެންމެ ބޮޑެތި ވަގުފުތަކުގެ ތެރެއިން އެއް ވަގުފު ކަމުގައި ރިޕޯޓްތައް ބުނެއެވެ.

ސުލައިމާން ބިން އަބްދުލް އަޒީޒް އަލް ރާޖިހީ ޗެރިޓަބަލް ފައުންޑޭޝަން މިހާރު ވަނީ ސަޢޫދީ އަރަބިއްޔާގެ އެންމެ މުހިންމު ހެޔޮއެދޭ މުއައްސަސާތަކުގެ ތެރެއިން އެއް މުއައްސަސާއަށް ވެފައެވެ. މި ފައުންޑޭޝަނުން އަމާޒުކުރަނީ ތަޢުލީމީ، ޞިއްޙީ، އިޖުތިމާޢީ އަދި ދީނީ ދާއިރާތަކުގައި މަސައްކަތްކުރާ ރަޖިސްޓަރީކޮށްފައިވާ، ފައިދާ ނުނަގާ ޖަމްޢިއްޔާތަކަށް އެހީތެރިވުމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އެޕަލް ކުންފުނީގެ ފުރަތަމަ ފަށްޖެހޭ ފޯނު ”އައިފޯން ޑުއޯ“ ނެރެފި
ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، އެޕަލް އިން އެ ކުންފުނީގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ފަށްޖެހޭ ސްމާޓްފޯނު ބުދަ ދުވަހު ރަސްމީކޮށް ދައްކާލައިފިއެވެ. "އައިފޯން ޑުއޯ"ގެ ނަމުގައި ތަޢާރަފުކުރި މި އައު އުފެއްދުމަކީ، އެޕަލްގެ އެންމެ ވިޔަފާރި ރަނގަޅު އުފެއްދުންތަކުގެ ލައިނަށް އިތުރު ދިރުމެއް ގެނެސްދިނުމުގެ ގޮތުން ނެރުނު ފޯނެކެވެ.
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.