ޖަމާޢަތުގައި ނަމާދު ކުރަނީ: ފޮޓޯ/ ވޮއިސް
ދީން
04 Apr 2025 | 13:07
ދީނީ ޢިލްމު އުނގެނުމަކީ، ކޮންމެ މުސްލިމަކަށް ވެސް ވާޖިބުވެގެން ވާ ކަމެއް: ހުކުރު ޚުތުބާ

ދީނީ ޢިލްމު އުނގެނުމަކީ ކޮންމެ މުސްލިމަކަށްވެސް ވާޖިބުވެގެންވާ ކަމެއް ކަމުގައި މިއަދުގެ ޚުތުބާގައި ބުނެފިއެވެ.

ޢިލްމު އުނގެނުމުގެ މާތް ކަމަށް އަލިއަޅުވާލައި މިއަދު އިއްވި ހުކުރު ޚުތުބާގައި ޤުރްއާނާއި ޙަދީޘުން ހެކިދައްކައި، ޢިލްމުވެރިންގެ މަތިވެރިކަމާއި ދަރަޖަ ވަނީ ބަޔާންކޮށްދީފައެވެ.

މާތް الله ޢިލްމުވެރިންގެ މަތިވެރިކަން ބަޔާންކުރައްވައި ވަޙީކުރެއްވި ބަސްފުޅެއްގެ މާނާގައި ވެއެވެ: "ތިޔަބައިމީހުންގެ ތެރެއިން إيمانވި މީހުންނާއި، ޢިލްމުލިބިގެންވާ މީހުން الله ދަރަޖަތަކަކަށް އުފުއްލަވާނެތެވެ. اللهއީ، ތިޔަބައިމީހުން ކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ."

ހުކުރު ޚުތުބާ

މިއާއެކު ޚުތުބާގައި މާތް اللهއަށް އެންމެ ބޮޑަށް ބިރުވެތިވެ، ތަޤްވާވެރިވާ މީހުންނަކީ، ޢިލްމު އުނގެނި އެ ޢިލްމާ އެއްގޮތަށް ޢަމަލުކުރާ މީހުން ކަމަށެވެ. އަދި އެ މީހުން މާތްالله އަށް ތަޤްވާވެރިވާނެ ކަމަށެވެ.

ތަޤްވާވެރީންނަކީ އެންމެ މާތް މީހުންކަމުގައި އަންގަވައި މާތްالله ވަޙީކުރައްވައިފައި ވެއެވެ. މާނައީ: "ހަމަކަށަވަރުން، اللهގެ ޙަޟްރަތުގައި ތިޔަބައިމީހުންކުރެ އެންމެ މާތްކަން ބޮޑީ، ތިޔަބައިމީހުންކުރެ އެންމެ ތަޤްވާވެރި މީހާއެވެ. ހަމަކަށަވަރުން، اللهއީ، މޮޅަށް ދެނެވޮޑިގެންވާ، ޚަބީރުވަންތަ ރަސްކަލާނގެއެވެ."

ޚުތުބާގައި އިތުރަށް ބުނީ ނަބިއްޔާ ﷺ ޙަދީޘްކުރައްވާފައިވާ ގޮތުގައި ނަބީބޭކަލުން މީސްތަކުންނަށް ވާރުތަކުރެއްވީ ޢިލްމު ކަމަށެވެ. އަދި އަޅުވެރިޔާގެ މައްޗަށް ޢިލްމުވެރިޔާ މާތްވެގެންވަނީ ތަރިތަކުގެ މައްޗަށް ހަނދު މާތްވެގެންވާ ފަދައިން ކަމަށެވެ. 

މާތް ނަބިއްޔާ ޞޢވ ޙަދީޘްކުރައްވައިފައި ވެއެވެ. (إِذَا مَاتَ اِبْنُ آدَمَ اِنْقَطَعَ عَمَلُهُ إِلَّا مِنْ ثَلَاثٍ: صَدَقَةٍ جَارِيَةٍ، أَوْ عِلْمٍ يُنْتَفَعُ بِهِ، أَوْ وَلَدٍ صَالِـحٍ يَدْعُوْ لَهُ) މާނައީ: "އިންސާނާ މަރުވުމުން ތިންކަމަކުން މެނުވީ އޭނާގެ ޢަމަލުތައް ނިމެއެވެ. އެއީ ދެމިގެންދާ ޞަދަޤާތަކުން، ނުވަތަ ފައިދާހުރި ޢިލްމަކުން، ނުވަތަ އޭނާ ދޫކޮށް ދިޔަ، އޭނާއަށްޓަކައި ހެޔޮދުޢާކުރާނޭ ޞާލިޙު ދަރިއެއްގެ ފުށުން މެނުވީއެވެ."

އަދިވެސް މާތް ނަބިއްޔާ ޞޢވ ޙަދީޘްކުރައްވައިފައި ވެއެވެ. (فَقِيْهٌ وَاحِدٌ أَشَدُّ عَلَى الشَّيْطَانِ مِنْ أَلْفِ عَابِدٍ) މާނައީ: "އެއް ހާސް އަޅުވެރީންނަށް ވުރެ، އެންމެ ފަޤީހެއްގެ ބާރު ޝައިޠާނާގެ މައްޗަށް ގަދަވެގެންވެއެވެ."

ޚުތުބާގައި ފާހަގަކުރި ގޮތުގައި ޢިލްމު އުނގެނުމަކީ ތިމާއަށާއި އެހެން މީހުންނަށް ނުހަނު ފައިދާ އާއި ލާބަހުރި ކަން ކަމަށެވެ. އަދި ޢިލްމުވެރިޔާ މަރުވުމަށް ފަހުގައި ވެސް، އޭނާ އުނގެނި، އެހެން މީހުންނަށް ފޯރުކޮށްދީފައިވާ ޢިލްމެއްގެ ފައިދާ ކުރާނެ ކަމަށެވެ. 

ޚުތުބާ ނިންމާލަމުން، ދީނީ ޢިލްމު އުނގެނުމަށް ގަދައަޅައި މަސައްކަތް ކުރުމަށާއި، އެ ކަމުގެ މާތް ދަރަޖައާއި ހެޔޮކަން ލިބިގަތުމަށް އިރުޝާދު ދީފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
މޫސުން ވަރަށް ގޯސްވެއްޖެ. ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓް
ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، ސަލާމަތީ ވަސީލަތްތައް ފުރިހަމައަށް ހުރިތޯ ޔަޤީންކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އަންގާފައެވެ
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.