އީރާނުގެ ހާރިޖީ ވަޒީރު، އައްބާސް އަރްގްޗީ
ދުނިޔެ
08 Apr 2025 | 15:22
އީރާނުން ބުނަނީ އެމެރިކާއާއެކު ކުރިއަށްގެންދާނީ ނުސީދާ ވާހަކަތަކެއްކަމަށް!

އީރާނުގެ ނިއުކްލިއާ މައްސަލައާމެދު އެމެރިކާ އާއި އެކު ސީދާ ވާހަކަތައް ފެށުމަށް ހަމަޖެހިފައިނުވާކަމަށް އީރާނުގެ ހާރިޖިއްޔާއިން ބުނެފިއެވެ.

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އިއްޔެ ވައިޓް ހައުސްގައި ވާހަކަދައްކަވަމުން ވަނީ، ނިއުކްލިއާ މައްސަލާގައި އީރާނާއެކު ސީދާ ވާހަކަތައް ބެއްވުމަށް އެމެރިކާއިން ނިންމާފައިވާކަން ހާމަކޮށްފައެވެ. މިކަމަށް އީރާނުން އެއްބަސްވެފައިވާ ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ. ޓްރަމްޕް ވިދާޅުވީ ދެޤައުމުގެ އެންމެ މަތީ ފަންތީގެ އޮފިޝަލުންގެ މެދުގައި ބޭއްވިގެންދާ މި ވާހަކަތައް އޮންނާނީ އަންނަ ހޮނިހިރުދުވަހު ކަމަށްވެސް ވިދާޅުވެފައެވެ.

ޓްރަމްޕްގެ މި ވާހަކަތަކާ ގުޅިގެން އީރާނުގެ ހާރިޖީ ވަޒީރު، އައްބާސް އަރްގްޗީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އީރާނާ އެމެރިކާ އާ ދެމެދު ކުރިއަށްދާނީ ނުސީދާ ގޮތެއްގައި ކަމަށް ވިދާޅުވެފައެވެ. މިގޮތުން އޮމާންގައި ކުރިއަށްދާ ވާހަކަތަކުގައި މެދުވެރިއެއްގެ ބައި އަދާކުރާނީ އެޤައުމުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އީރާނުން ނިއުކްލިއާ ބާރުވެރިކަން އުސޫލްތަކާ ހިލާފަށް ހޯދަމުންދާކަމަށް ތުހުމަތުކޮށް، އެޤައުމުން ވަނީ އެކަމުގައި މަޝްވަރާތައް ބޭއްވުމަށް އިންޒާރުދީފައެވެ. ނަމަވެސް އީރާނުން އަދިވެސް ބުނަމުންގެންދަނީ ނިއުކްލިއާ މައްސަލާގައި އެމެރިކާ އާއެކު ދައްކާނެ ވާހަކަތަކެއް ނޯންނާނޭކަމަށް ބުނެފައެެވެ. މި މައްސަލާގައި އީރާނުން ގެންގުޅެމުންދާ ސިޔާސަތުތަކާމެދު ހިތްހަމަ ނުޖެހިގެން ޓްރަމްޕް ވަނީ އީރާނަށް ބޮންއަޅަން ޖެހިދާނެކަމުގެ އިންޒާރުވެސް ދީފައެވެ. ޓްރަމްޕްގެ ވާހަކަތަކަށް ރައްދުދެމުން އީރާނުން ބުނެފައިވަނީ އެޤައުމަށް ބޮންއަޅައިފިނަމަ ރައްދުގައި އެމެރިކާއަށްވެސް ހަމަލާތައް ދޭނޭކަމަށެވެ. 

މިފަހުން އެމެރިކާއިން އީރާނަށް ދެމުން އަންނަ އިންޒާރުތައް ވަރުގަދަކޮށްފައިވަނީ، އެޤައުމުން ހޫތީންނަށް ހަތިޔާރު ފޯރުކޮށްދެމުންދާތީކަމަށް ރިޕޯޓްތައް ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އެޕަލް ކުންފުނީގެ ފުރަތަމަ ފަށްޖެހޭ ފޯނު ”އައިފޯން ޑުއޯ“ ނެރެފި
ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، އެޕަލް އިން އެ ކުންފުނީގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ފަށްޖެހޭ ސްމާޓްފޯނު ބުދަ ދުވަހު ރަސްމީކޮށް ދައްކާލައިފިއެވެ. "އައިފޯން ޑުއޯ"ގެ ނަމުގައި ތަޢާރަފުކުރި މި އައު އުފެއްދުމަކީ، އެޕަލްގެ އެންމެ ވިޔަފާރި ރަނގަޅު އުފެއްދުންތަކުގެ ލައިނަށް އިތުރު ދިރުމެއް ގެނެސްދިނުމުގެ ގޮތުން ނެރުނު ފޯނެކެވެ.
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.