އޮސްޓްރޭލިއާގެ ބޮޑުވަޒީރުގެ ނައިބު ރިޗަޑް މާލްސް.. ފޮޓޯ: ރޮއިޓާސް
ދުނިޔެ
10 Apr 2025 | 15:29
ޓެރިފްގެ މައްސަލައިގައި އޮސްޓްރެލިއާއިން ޗައިނާއާއެކު މަސައްކަތްކުރަން ދެކޮޅު!

އެމެރިކާއަށް ދުނިޔޭގެ އެކި ގައުމުތަކުން އެތެރެކުރާ މުދަލުން ބޮޑެތި ޓެރިފްތަކެއް ނަގަން ނިންމައި، 'ވިޔަފާރީގެ ހަނގުރާމަ'އެއް ފެށުމާއި ގުޅިގެން، އެމެރިކާއާ ދެކޮޅަށް ގުޅިގެން މަސައްކަތްކުރަން ޗައިނާއިން ހުށަހެޅި ހުށަހެޅުމަށް އޮސްޓްރޭލިއާއިން ދެކޮޅު ހަދައިފިއެވެ.

އޮސްޓްރޭލިއާގެ ބޮޑުވަޒީރުގެ ނައިބު ރިޗަޑް މާލްސް ވިދާޅުވީ އޮސްޓްރޭލިއާއިން މަސައްކަތްކުރާނީ އެގައުމުގެ ވިޔަފާރިތައް ސިންދަފާތުކޮށް، ޗައިނާއަށް ބަރޯސާވާ ބަރޯސާވުން ނިމުމަކަށް ގެނައުމަށްކަމަށެވެ. އޮސްޓްރޭލިއާގެ ބައިނަލްއަގްވާމީ ވިޔަފާރީގެ އެންމެ ބޮޑު ބައިވެރިޔަކީ ޗައިނާއެވެ.

އެމެރިކާއާ ދެކޮޅަށް ޓެރިފްގެ މައްސަލައިގައި އަތުގުޅާލައިގެން މަސައްކަތްކުރުމަށް އޮސްޓްރޭލިއާއަށް ހުށަހެޅުއްވީ ޗައިނާއިން އޮސްޓްރޭލިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޝާއޯ ކިއާން، އޮސްޓްރޭލިއާގެ ދި އޭޖް ނޫހުގައި ލިޔުއްވި އޮޕީނިއަން އާޓިކަލްއެއްގައެވެ. ޗައިނާ ސަފީރުގެ ހުށަހެޅުއްވުމާ ދެކޮޅު ހައްދަވަމުން އޮސްޓްރޭލިއާގެ ބޮޑުވަޒީރުގެ ނައިބު ވިދާޅުވީ މިހާރު ދުނިޔޭގައި ކުރިއަށްދާ އެއްވެސް ވާދަވެރިކަމެއްގައި ޗައިނާއާއެކު މަސައްކަތްކުރުމުގެ ވިސްނުން އޮސްޓްރޭލިއާގެ ނެތްކަމަށެވެ. އަދި އެގައުމުން މަސައްކަތްކުރާނީ ޔޫރަޕިއަން ޔޫނިއަންއާއި، އިންޑޮނީޝިއާ، އިންޑިއާ، އިނގިރޭސިވިލާތް އަދި މެދުއިރުމައްޗާއެކު ކުރާ ވިޔަފާރި އިތުރުކޮށް، ސިންދަފާތުކުރުމަށްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބައެއް ގައުމުތަކަށް އިއުލާންކުރެއްވި ބޮޑެތި ޓެރިފްތައް ނެގުން ވަގުތީ ގޮތުން ފަސްކުރަން މިހާރު ވަނީ ނިންމަވާފައެވެ. އެހެންނަމަވެސް ޗައިނާއިން އެތެރެކުރާ މުދަލުން ނަގަން އެންމެ ފަހުން އިއުލާންކުރި 104 އިންސައްތައިގެ ޓެރިފް މިހާރު ވަނީ 125 އިންސައްތައަށް ބޮޑުކޮށްފައެވެ. ކުރިން އިއުލާންކުރި ޓެރިފް ލިސްޓްގައި އޮސްޓްރޭލިއާ އޮތީ އެންމެ ކުޑަކޮށް ޓެރިފްނަގާނެ ގައުމުތަކުގެ ތެރޭގައެވެ. އެގޮތުން އޮސްޓްރޭލިއާއިން އެތެރެކުރާ މުދަލުން 10 އިންސައްތަ ޓެރިފް ނެގުމަށް ވަނީ ނިންމާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އެޕަލް ކުންފުނީގެ ފުރަތަމަ ފަށްޖެހޭ ފޯނު ”އައިފޯން ޑުއޯ“ ނެރެފި
ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، އެޕަލް އިން އެ ކުންފުނީގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ފަށްޖެހޭ ސްމާޓްފޯނު ބުދަ ދުވަހު ރަސްމީކޮށް ދައްކާލައިފިއެވެ. "އައިފޯން ޑުއޯ"ގެ ނަމުގައި ތަޢާރަފުކުރި މި އައު އުފެއްދުމަކީ، އެޕަލްގެ އެންމެ ވިޔަފާރި ރަނގަޅު އުފެއްދުންތަކުގެ ލައިނަށް އިތުރު ދިރުމެއް ގެނެސްދިނުމުގެ ގޮތުން ނެރުނު ފޯނެކެވެ.
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.