އީކުއޭޓާ ވިލެޖުގެ ސްޓާފް ކުއާޓާޒް ހިމެނޭ ސަރަހައްދު.
ހަބަރު
11 Apr 2025 | 11:08
އިކުއޭޓާ ވިލެޖު ސަރަަަޙައްދުން އައްޑޫ އެއާޕޯޓަށް ބިން ހޯދުމަށް ކޯޓަށް

އީކުއޭޓާ ވިލެޖް ސަރަޙައްދުން އައްޑޫ އެއާޕޯޓަށް ބިން ހޯދުމަށް ކޯޓަށް ދާނެކަމަށް އައްޑޫ އެއާޕޯޓު ކޮމްޕެނީއިން ބުނެފިއެވެ.

އެކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ، އީކުއޭޓާ ވިލެޖުގެ ލޭބާ ކުއާޓާޒާއި އެތަނާ އިންވެގެން ހުރި އެހެން އިމާރާތްތަކަކީ ވެސް އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ހަރުމުދަލެއް ކަމަށް ގަބޫލުކުރާ ކަމަށާއި އެތަން އެކުންފުންޏަށް އެންގުމަކާނުލައި، އެހެން ބަޔަކަށް ބަދަލުކުރެވިފައިވާ މައްސަލައަކީ ހަމަޖެހިފައިވާ އުސޫލާ ހިލާފަށް 2013 ވަނަ އަހަރު ހިންގާފައިވާ މުއާމަލާތްތަކެއް ކަމަށެވެ.

މީގެ އިތުރުން އެ ބަޔާނުގައިވަނީ، އެ ބިމަކީ އީކުއޭޓާ ވިލެޖުގެ ހޮޓެލްތައް ހިންގަން ކައިމޫ ޓްރެވަލްސް އެންޑް ހޮޓެލް ސާވިސަސްއަށް އެންމެ ފުރަތަމަ ކުއްޔަށް ދޫކުރި ބިމެއް ވެސް ނޫން ކަމަށާއި މި މައްސަލައިގައި ގާނޫނީ ލަފާ ހޯދުމަށް ފަހު ޝަރީއަތް މެދުވެރިކޮށް އެ ބިމުގެ މައްސަލަ ހައްލުކުރުމާ މެދު ގޮތެއް ނިންމަން ފެނޭތޯ ބެލުމަށް އެ ކުންފުނީގެ ބޯޑަށް ހުށަހަޅަން ކުންފުނީގެ މެނޭޖްމެންޓުން މިހާރު ނިންމާފައިވާ ކަމަށެވެ.

އެއާޕޯޓު ޕްރޮޖެކްޓްގެ ދަށުން ހަދާ މަގަކީ، ޕްރޮޖެކްޓްގެ ވަރަށް މުހިއްމު ބައެއް ކަން ފާހަގަކުރަމުން، އެކުންފުނިން ބުނީ އެ މަގު ނުހެދިއްޖެ ނަމަ، ޕްރޮޖެކްޓްގެ ދަށުން ހަދާ ބައެއް އިމާރާތްތައް ބޭނުން ކުރަން ދަތިވެދާނެ ކަމަށެވެ.

މި އިމާރާތަކީ އީކުއޭޓާ ވިލެޖުގެ މުވައްޒަފުންނަށް ހާއްސަކޮށްފައިވާ އިމާރާތެއް ކަމުން، އެއާޕޯޓު މަގަށް އަރާ ބައި ހުސްކުރިޔަސް ރިސޯޓު އޮޕަރޭޝަނަށް ދަތިކަމެއް ނާންނާނެކަމަށްވެސް އެބަޔާނުގައިވެއެވެ. އަދި މި މަސައްކަތް މިގޮތަށް ހުއްޓާލައިފި ނަމަ މި ޕްރޮޖެކްޓްގައި ފަރުމާކޮށް، ތަރައްގީ ކުރަމުންދާ ނަރުދަމާ އާއި ފެނުގެ ނިޒާމާއި މަގު ބައްތިތަކަކަށް ބޭނުންވާ ކަރަންޓު ކޭބަލް އެޅުމުގެ މަސައްކަތްތަކަށް ވެސް ހުރަސް އެޅިގެންދާނެކަމަށެވެ. 

އެކުންފުނީގެ އިސްވެރިންނާ އެކު ބޭއްވި ބައްދަލުވުމުގައި އެ ސަރަހައްދުން އިމާރާތަށްވާ ޖާގައަށް ބިން ދޭނެ ކަމަށް ހުށަހެޅި ކަމަށް އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުން ބުނެއެވެ. އަދި އެސަރަހައްދުގެ މެދުން މަގު ހެދި ކަމުގައި ވިޔަސް ދެ ފަރާތަށް ވަދެ ނުކުތުމަށް ދަތިނުވާނެ ގޮތަކަށް އިންތިޒާމުތައް ހަމަޖައްސައިދޭން އެއްބަސްވެފައިވާ ކަމަށްވެސް މި ބަޔާނުގައިވެއެވެ.

އެ ޕްރޮޖެކްޓަށް ބޭނުންވާ ބިންތައް ހުސްކުރަން، ސަރުކާރުގެ ބައެއް އޮފީސްތަކުގެ އިމާރާތްތައް ވެސް ހުސްކޮށްފައިވެއެވެ. އޭގެ ތެރޭގައި ފެނަކަ އޮފީހާއި ފުލުހުންނާއި ކަސްޓަމަސްގެ އިތުރުން އެމްއެންޑީއެފާއި އެ ސަރަހައްދުގައި ހިންގި ރެސްޓޯރެންޓެއް ވެސް ވަނީ ހުސްކޮށްފަ އެވެ.

 މީގެ ކުރިން، މި އިމާރާތް ނެގުމަށް އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޢަބްދުﷲ މުއްޠަލިބު ވެސް ވަނީ އެދިވަޑައިގެންފައެވެ. އަދި މި މަހުގެ 17 ގެ ނިޔަލަށް ގޮތެއް ނުނިންމިއްޖެ ނަމަ އެ ޕްރޮޖެކްޓުން މަގު ހެދުން އުނިކޮށް ވަކިން އެހެން ޕްރޮޖެކްޓެއްގެ ގޮތުގައި ހިންގާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އެއީ މިޕްރޮޖެކްޓްގެ ކޮންޓްރެކްޓަރު އިންޑިއާގެ ރެނާޓާސް ކުންފުންޏަށް ސަރުކާރުން ބަދަލު ދޭން ޖެހިދާނެތީއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.