އިންޑިއާއަށް ޖެހުނު ކޮޅިގަނޑެއްގައި ވިދައި ގުގުރަނީ. ފޮޓޯ: އަރަބް ނިއުސް
ދުނިޔެ
12 Apr 2025 | 17:03
ހޮނުއެޅުމުގެ ސަބަބުން އިންޑިއާ އާއި ނޭޕާލްގައި 69 މީހަކު މަރުވެއްޖެ

އަވައްޓެރި އިންޑިއާ އަދި ނޭޕާލުގައި އާދަޔާހިލާފަށް ގުގުރައި ހޮނުއެޅުމުގެ ސަބަބުން 69 މީހުން މަރުވެއްޖެެވެ.

އިންޑިއާގެ ބިހާރު ސްޓޭޓުގެ އޮފިޝަލުން މިއަދު ބުނި ގޮތުގައި ބުރާސްފަތި ދުވަހާއި ހުކުރު ދުވަހު ކުރިމަތިވި ގުގުރުމާއި ހޮނުއެޅުމުގެ ހާދިސާގެ ސަބަބުން 61 މީހުން މަރުވެފައިވާ ކަމަށެވެ. އިންޑިއާގެ މޫސުމާބެހޭ އިދާރާއިން ލަފާކޮށްފައިވާ ގޮތުގައި ބިހާރު ސްޓޭޓަށް މިއަދުވެސް ބޯކޮށް ވާރޭވެހި ގުގުރުމުގެ ފުރުޞަތު ބޮޑު ކަމަށެވެ.

ނޭޕާލްގެ އޮފިޝަލުން އޭއެފްޕީއަށް މަޢުލޫމާތު ދިން ގޮތުގައި މި ދެދުވަހު ކުރިމަތިވި ގުގުރުމާއި ހޮނުއެޅުމުގެ ސަބަބުން 8 މީހުން މަރުވެފައިވެއެވެ. އެޤައުމަށްވެސް ކުރިއަށްއޮތީ މޫސުން ގޯސް ދުވަސްވަރެއްކަމަށް މޫސުމާ ބެހޭ އިދާރާއިން ބުނެއެވެ.

ފާއިތުވި އަހަރުތަކުގައި މޫސުމަށް އަންނަމުންދިޔަ ބަދަލުތަކުގެ ސަބަބުން އިންޑިއާގައި ހޮނުއެޅުމުގެ ހާދިސާތައް ވަނީ ގިނަވެފައެވެ. އާބާދީގެ ގޮތުން ދުނިޔޭގެ އެންމެ ބޮޑު ޤައުމު ކަމުގައިވާ އިންޑިއާގައި މިފަދަ ހާދިސާތަކުގައި އަހަރަކު 1,900 އާ ގާތްކުރާ މިންވަރަކަށް މީހުން މަރުވެއެވެ.

ކޮންމެ އަހަރަކުވެސް ފެންބޮޑުވުމާއި ވިއްސާރައިގެ ސަބަބުން ގިނަ އަދަދަކަށް މީހުން މަރުވަމުންދެއެވެ. މިގޮތުން ދުނިޔޭގެ ފިނިހޫނުމިން މައްޗަށް ދިއުމުގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތައް އިތުރުވެ، އާދަޔާ ޚިލާފު މޫސުމީ ނުރައްކާތައް އިތުރުވަމުންދާ ކަމަށް ސައިންޓިސުވެރިން އިންޒާރު ދެއެވެ.

.. 

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Jul 2026
ސްޓޭޓް ފާމާގެ ބޭހުގެ މަޢުލޫމާތު ބެލޭ ޕޯޓަލެއް ސެޕްޓެމްބަރުގައި ލޯންޗުކުރަނީ
ސްޓޭޓް ފާމާގެ ފާމަސީތަކުން ލިބެން ހުރި ބޭހާއި އަގުގެ މަޢުލޫމާތު އެއް ޕްލެޓްފޯމަކުން ފެންނާނެ ޕޯޓަލެއް އަންނަ ސެޕްޓެމްބަރު މަހު ލޯންޗުކުރާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
24 Jul 2026
މިއީ ކުދިން ސްކްރީނާ ދުރުކޮށް، ޢާއިލީ ގުޅުން ބަދަހިކުރަންވީ ވަގުތު
24 Jul 2026
ހީވެސް ނުކުރާ ކަހަލަ ކަންކަމުން ވައިފައި ސިގްނަލަށް ހުރަސްއެޅޭ
ގޭތެރޭގައި ހުންނަ މައިކްރޯވޭވް އަވަނާއި މަސް ޓޭންކާއި ލޯގަނޑު ފަދަ އާންމު ތަކެތިން ވައިފައި ސިގުނަލަށް ބޮޑެތި ހުރަސްތައް އެޅޭކަން ވައިފައި ދާއިރާގެ ތަޖުރިބާކާރު އެލެކްސް ހިލްސް ހާމަކުރައްވައިފިއެވެ.
24 Jul 2026
ވީއައިއޭގައި ހިންގި ޚާއްޞަ އޮޕަރޭޝަން ނިންމާލައިފި
ޖުލައި މަހު ރާއްޖެއިން ޢުމްރާއަށް ދިޔަ 5,565 އަށްވުރެ ގިނަ މީހުން ފުރުވާލުމަށް އެމްއޭސީއެލްގެ ތިން ޑިޕާޓްމެންޓް ގުޅިގެން ވީއައިއޭގައި ޚާއްޞަ އިންތިޒާމުތަކެއް ހަމަޖައްސައި، ދަތިކަމެއް ނެތި ޚިދުމަތް ފޯރުކޮށްދީފި.
24 Jul 2026
"ޕަބްޖީ މޮބައިލް ނޭޝަނަލް ޗެމްޕިއަންޝިޕް" ގެ ޓައިޓްލް ސްޕޮންސަރަކަށް އުރީދޫ ނޭޝަން
މި މުބާރާތަކީ، ކުރިއަށް އޮތްސަރަހައްދީ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕްގައި ރާއްޖެ ތަމްސީލުކުރާނެ އެންމެ ހުނަރުވެރި ޓީމެއްހޮވުމަށް ބާއްވާ މުބާރާތެކެވެ. އަދި ދުނިޔޭގެ އެންމެ ޝަރަފުވެރި އެއް ބައިނަލްއަގުވާމީ އީ-ސްޕޯޓްސް މުބާރާތް ކަމަށްވާ "ޕަބްޖީ މޯބައިލް ގްލޯބަލް ޗެމްޕިއަންޝިޕް" (ޕީ.އެމް.ޖީ.ސީ) އަށް ކޮލިފައިވުމަށް ރާއްޖޭގެ ޓީމްތަކުން ކުރާ ދަތުރުގެ ފެށުމެވެ.
24 Jul 2026
ދަރުމަވަންތައާއި އައިޖީއެމްއެޗަށް މިއަހަރު ދިވެހި 16 ޑޮކްޓަރުން
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް) ގެ ދަށުން ހިންގާ ދަރުމަވަންތަ ހޮސްޕިޓަލާއި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ޚިދުމަތް ދެއްވުމަށް މި އަހަރުގެ މިހާތަނަށް ތަމްރީނު ފުރިހަމަކުރެއްވި ދިވެހި 16 ޑޮކްޓަރުން ގުޅިވަޑައިގެންފައިވާ ކަމަށް އެ ހޮސްޕިޓަލްތަކުގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވެއްޖެއެވެ.
24 Jul 2026
ސައުދީ ނިއުކްލިއާ އެއްބަސްވުން ކުރިއަށް ގެންދެވޭނީ އިސްރާއީލް ބަލައިގަތީމާ
ބުރާސްފަތި ދުވަހު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ޓްރަމްޕް ބުނީ، ސައުދީއަށް ޔުރޭނިއަމް މުއްސަނދިކުރުމާއި ނިއުކްލިއާ ރިއެކްޓަރުތައް ބިނާކުރުމަށް އެމެރިކާގެ ޓެކްނޮލޮޖީ ބޭނުންކުރުމުގެ ހުއްދަ ދޭ އެއްބަސްވުން ތަންފީޒުވާނެ ހަމައެކަނި ގޮތަކީ އިސްރާއީލާއެކު ގުޅުން ގާއިމުކުރުމުން ކަމަށެވެ.
24 Jul 2026
ވަންގްޗުކްގެ ބަނޑުހައިހޫނުކަމުގެ ހަޅުތާލު ނިންމާލައިފި
އިންޑިއާގެ ތަޢުލީމީ ވަޒީރު ދަރްމެންދްރަ ޕްރަދާން ވަކިކުރުމަށް ގޮވައިލައި 26 ދުވަސް ވަންދެން ކުރިއަށް ގެންދިޔަ ސޯނަމް ވަންގްޗުކްގެ ބަނޑުހައިހޫނުކަމުގެ ހަޅުތާލު ޤައުމުގައި ހަމަނުޖެހުން ހިނގައިފާނެ ކަމުގެ ބިރާ ގުޅިގެން ނިންމައިލައިފިއެވެ.