ހައްޖު ވެރިން ހޫނުން ސަލާމަތްވުމަށް މަސައްކަތް ކުރަނީ: ފޮޓޯ/ ގަލްފް ނިޔުސް
ދުނިޔެ
13 Apr 2025 | 11:47
ކުރިއަށް އޮތް 16 އަހަރު، ހައްޖު މޫސުން އަންނާނީ ސަޢުދީއަށް ފިނި މޫސުމުގައި!

2025 ވަނަ އަހަރުގެ ހައްޖު މޫސުމަކީ ކުރިއަށް އޮތް 16 އަހަރު ތެރޭގައި ހޫނު މޫސުމުގައި އަންނާނެ އެންމެ ފަހު ހައްޖު މޫސުން ކަމުގައި، ސައުދީ އަރަބިއްޔާގެ ނެޝަނަލް މެޓިއޮރޮލޮޖިކަލް ސެންޓަރުން ހާމަކޮށްފިއެވެ.

2026 ވަނަ އަހަރުން ފެށިގެން، ކޮންމެ އަހަރަކު އަންނަ ހައްޖުގެ މަތިވެރި އަޅުކަމުގެ މައްސަރު އަންނާނީ ފިނި މޫސުންތަކަށެވެ. އެގޮތުން ފުރަތަމަ ބަހާރު މޫސުން (ސްޕްރިންގ) ގައި ހައްޖު މޫސުން އަންނައިރު، އެއަށްފަހު އަންނާނީ އެންމެ ފިނި މޫސުން (ވިންޓަރ)ގައެވެ.

މިއީ ހިޖުރީ ކަލަންޑަރުގެ ސަބަބުން އަންނަ ބަދަލެކެވެ. އެގޮތުން ހިޖުރީ ކަލަންޑަރަށް ކޮންމެ އަހަރަކު 10 ދުވަހުގެ ތަފާތު އާދެއެވެ.

މި ބަދަލުގެ ސަބަބުން، ފާއިތުވި އަހަރުތަކުގައި ގަދަ ހޫނުގައި ހައްޖުވެރިން ތަހައްމަލުކުރަމުން އައި ދަތިތަކަށް ލުޔެއް ލިބިގެންދާނެ ކަމެކެވެ. 2024 ވަނަ އަހަރުގެ ހައްޖު މޫސުމުގައި މައްކާގެ ފިނިހޫނުމިން 46 ޑިގްރީ ސެލްސިއަސް އާއި 51 ޑިގްރީ ސެލްސިއަސްއާ ދެމެދުގައި ހުރުމުގެ ސަބަބުން، އެންމެ ދުވަހެއްގެ ތެރޭގައި 2،760 އަށްވުރެ ގިނަ މީހުންނަށް ހޫނުގެ އަސަރުކޮށް، އެތައް ބައެއް ނިޔާވެފައިވެއެވެ.

ނެޝަނަލް މެޓިއޮރޮލޮޖިކަލް ސެންޓަރުން ބުނާ ގޮތުގައި، 2026 އިން 2033 އަށް ހައްޖު މޫސުން އަންނާނީ ބަހާރު މޫސުމުގައެވެ. އޭގެ ފަހުން 2041 އާ ހަމައަށް ދިގު މުއްދަތަކަށް ފިނި މޫސުމުގައި ހައްޖު މޫސުން އަންނާނެއެވެ. އަދި 2042 ވަނަ އަހަރާ ހަމައަށް ހައްޖު މޫސުން ހޫނު މޫސުމަކަށް ނާންނާނެއެވެ. އަދި 2042 ވަނަ އަހަރުން ފެށިގެން އަނެއްކާވެސް 9 އަހަރުގެ މުއްދަތަކަށް ހޫނު މޫސުމުގައި ހައްޖު މޫސުން އަންނާނެއެވެ.

މި ބަދަލާއެކު، ކުރިއަށް އޮތް އަހަރުތަކުގައި ހައްޖަށް ދާ މުސްލިމުންނަށް ފަސޭހަ ގޮތެއްގައި މި އަޅުކަން އަދާކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އެޕަލް ކުންފުނީގެ ފުރަތަމަ ފަށްޖެހޭ ފޯނު ”އައިފޯން ޑުއޯ“ ނެރެފި
ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، އެޕަލް އިން އެ ކުންފުނީގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ފަށްޖެހޭ ސްމާޓްފޯނު ބުދަ ދުވަހު ރަސްމީކޮށް ދައްކާލައިފިއެވެ. "އައިފޯން ޑުއޯ"ގެ ނަމުގައި ތަޢާރަފުކުރި މި އައު އުފެއްދުމަކީ، އެޕަލްގެ އެންމެ ވިޔަފާރި ރަނގަޅު އުފެއްދުންތަކުގެ ލައިނަށް އިތުރު ދިރުމެއް ގެނެސްދިނުމުގެ ގޮތުން ނެރުނު ފޯނެކެވެ.
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.