ޗައިނާ އަންހެނަކު- ފޮޓޯ/ ބީބީސީ
ދުނިޔެ
14 Apr 2025 | 07:03
ގަދަ ވަޔާއެކު ވިއްސައިގެން ހިނގައިދާނެތީ، 50ކިލޯ ހަމަނުވާ މީހުން ގޭގައި ތިބުމަށް ޗައިނާ ސަރުކާރުން އެދިއްޖެ!

ޗައިނާގެ އުތުރަށް ގަދަ ވައިޖެހޭނެ ކަމުގެ އިންޒާރު ދީފައިވާތީ، އެ ސަރަހައްދުހައްދުގައި ދިރިއުޅެމުންދާ މިލިއަނެއްހާ ރައްޔިތުން ގޭގައި ތިބުމަށް އިރުޝާދު ދީފިއެވެ.

ޚާއްޞަކޮށް 50 ކިލޯއަށްވުރެ ލުއި މީހުން "ފަސޭހައިން ވިއްސައިގެން ހިނގައިދާނެ" ކަމަށް ބުނެ، އެފަދަ މީހުން ގޭގައި ތިބުމަށް އިރުޝާދު ދީފައިވެއެވެ.

މޮންގޯލިއާއިން ޗައިނާގެ އުތުރަށް ޖެހޭ މި ގަދަ ވައިގެ ސަބަބުން، ބީޖިންގ، ޓިއަންޖިން އަދި ހެބެއި ސަރަހައްދުގައި ގަޑިއިރަކު 150 ކިލޯމީޓަރުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވެއެވެ. މިއީ ވޭތުވެދިޔަ 10 އަހަރު ތެރޭގައި އެންމެ ގަދައަށް ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ދުވަސްވަރެވެ.

ބީޖިންގ މެޓިއޮރޮލޮޖިކަލް ސަރވިސްއިން ބުނެފައިވަނީ، "މި ގަދަ ވައި ވަރަށް ނުރައްކާތެރި، ދިގު މުއްދަތަކަށް ދެމިގެންދާނެ، އަދި ފުޅާ ސަރަހައްދަކަށް އަސަރުކުރާނެ" ކަމަށެވެ.

މިދިޔަ ހޮނިހިރު ދުވަހު އެންމެ ގަދައަށް ވައިޖެހިފައިވާއިރު، ބީޖިންގގެ ފިނިހޫނުމިން 24 ގަޑިއިރުގެ ތެރޭގައި 13 ޑިގްރީ ސެލްސިއަސް ދަށަށް ދިޔަ ކަމަށް ވެސް ބުނެފައިވެއެވެ.

މި ހާލަތާ ގުޅިގެން، މަސައްކަތްތެރިންނަށް އަވަހަށް ގެއަށް ދިއުމަށް އަންގާފައިވާއިރު، ސްކޫލްތައްވެސް ބަންދު ކޮށްފައިވެއެވެ. އަދި ބޭރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ހުރިހާ ހަރަކާތެއް ވެސް މެދުކަނޑާލާފައިވެއެވެ. މީގެ ތެރޭގައި ދުނިޔޭގެ ފުރަތަމަ ހިއުމަނޮއިޑް ރޮބޮޓް ހާފް މެރަތަން ވެސް ހިމެނެއެވެ. މި އިވެންޓް މިހާރު ބޭއްވުމަށް ހަމަޖެހިފައިވަނީ 19 އޭޕްރިލްގައެވެ.

އާންމު ރައްޔިތުންނަށް ބޭރަށް ނުނިކުތުމަށް އިރުޝާދު ދީފައިވާއިރު، ޕާކުތަކާއި ފަތުރުވެރިކަމުގެ މަންޒިލްތައްވެސް ބަންދުކޮށްފައިވެއެވެ. އަދި އިމާރާތްކުރުމުގެ މަސައްކަތްތަކާއި ބައެއް ރޭލް ޚިދުމަތްތައް ވެސް ވަނީ ހުއްޓާލާފައެވެ.

ވައިގައި ގަސްތައް ވެއްޓުނަ ނުދިނުމަށްޓަކައި، މުޅި ސިޓީގައި ހުރި ގަސްތައް ވަނީ ވަރުގަދަކޮށް، ހަރުކޮށްފައެވެ. ނަމަވެސް މިހާތަނަށް 300 އެއްހާ ގަސް ވެއްޓި ބައެއް ގޭގޭގެ ފުރާޅު ވިއްސައިގެން ގޮސްފައިވާ ކަމަށް ރިޕޯޓް ކޮށްފައިވެއެވެ.

މި ގަދަ ވައި މި ހަފްތާ ތެރޭގައި މަޑުވާން ފަށާނެ ކަމަށް ލަފާކޮށްފައިވާއިރު، އޭގެ ކުރިން ސަމާލުވެ ތިބުމަށް ވަނީ އިރުޝާދު ދީފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އެޕަލް ކުންފުނީގެ ފުރަތަމަ ފަށްޖެހޭ ފޯނު ”އައިފޯން ޑުއޯ“ ނެރެފި
ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، އެޕަލް އިން އެ ކުންފުނީގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ފަށްޖެހޭ ސްމާޓްފޯނު ބުދަ ދުވަހު ރަސްމީކޮށް ދައްކާލައިފިއެވެ. "އައިފޯން ޑުއޯ"ގެ ނަމުގައި ތަޢާރަފުކުރި މި އައު އުފެއްދުމަކީ، އެޕަލްގެ އެންމެ ވިޔަފާރި ރަނގަޅު އުފެއްދުންތަކުގެ ލައިނަށް އިތުރު ދިރުމެއް ގެނެސްދިނުމުގެ ގޮތުން ނެރުނު ފޯނެކެވެ.
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.