16 Oct 2018 | 06:45
ވަކި "ފެކްޝަނަކަށް" ނިސްބަތްވާ މީހަކަށް ގެއްލުން ދިނުމަކީ ތި ގެންނަން އުޅޭ އިންސާފްގެ މަގުތޯއެވެ؟ - ޑރ. ޝަހީމް

ވަކި ފެކްޝަނަކަށް ނިސްބަތްވާ މީހަކުނަމަ އެމީހަކަށް ގެއްލުން ދިނުމަކީ ތި ގެންނަން އުޅޭ "އިންސާފްގެ" މަގުތޯ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ސުވާލު އުފައްދައިފިއެވެ.

ޑރ. ޝަހީމް މިހެން ވިދާޅުވީ އިންޑިއާއިން ޝައިހް ޝަމީމް ޑިޕޯޓްކޮށްލަން އުޅޭ ހަބަރާ ގުޅޭގޮތުން އެމްޑީޕީގެ އިންޓަނޭޝަނަލް ސްޕޯކްޕާސަން ހާމިދު އަބްދުލްގައްފޫރު ކުރެއްވި ޓްވީޓަކަށް ރައްދު ދެއްވާ ކުރެއްވި ޓްވީޓެއްގައެެވެ.

ހާމިދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ ރައީސް ޔާމީންގެ ފެކްޝަންގެ މީހުން އިންޑިއާއިން ޑީޕޯޓް ކޮށްލާ ކަމަށެވެ. އަދި ކުރިން ޑީޕޯޓް ކޮށްފައިވަނީ ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެން މަނިކު ކަމަށާއި، މިއަދު ޑީޕޯޓް ކޮށްލާން އެ އުޅެނީ އެމަނިކުފާނުގެ ސަލަފިސްޓް ރަނިން މޭޓްގެ "ފެކްޝަން" ގެ ބޭފުޅެއް ކަމަށެވެ.

މީގޭ ރައްދުގައި އިތުރަށް ޑރ. ޝަހީމް ވިދާޅުވާ ގޮތުގައި އެކަމުން އެރަމްޒު ކޮށްދެނީ ކުރިއަށް އޮތީ އިލްމުވެރިންނަށް ބިރުވެރިކަމުން ފުރިގެންވާ ދުވަސްތަކެއް ކަމަށެވެ. އަދި މާތްﷲ އާއި ވަކީލްކޮށް ޝަމީމަށް ކެތްތެރިކަން ދެއްވުމަށް ވެސް ޝަހީމްގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

ޑރ. ޝަހީމް އަކީ ނިމިދިޔަ ރިޔާސީ އިންތިހާބަށް ގައި ރައީސް ޔާމީންގެ ރަނިންމޭޓް އެވެ. އަދި ކެންޕެއިން ދަތުރު ތަކުގައި އިދިކޮޅު އިއްތިހާދަށް ވެރިކަން ލިބިއްޖެ ނަމަ ރާއްޖޭގައި އިސްލާމް ދީނަށް އެތައް ގޮތަކުން ގޮންޖެހުން ކުރިމަތިވާނެ ކަމަށް ބުނަމުން ގެންދިޔަ ފަރާތެއްކަންވެސް ފާހަގަކޮށްލަންޖެހެއެވެ.

އައްޝައިހް އާދަމް ޝަމީމް އަކީ އަންދަލުސް ދަރުސް އިން އާންމުނެގެ މެދުގައި މަޤުބޫލުކަން ހޯދާފައިވާ ބޭފުޅެކެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
އިމާމުންނާއި ހަތީބުންނަށް ހާއްސަ ހެދުމުގެ ނަކަލެެއް; ހިޔާލަށް ހުޅުވާލައިފި
މިނިސްޓަރު ވިދާޅުވީ މިއީ އަދި ފުރަތަމަ ސްޓޭޖުގައިވާ ކަމެއް ކަމަށާ މިކަން ނިމިގެންދާން ބޭނުންވަނީ ވީހާވެސް ގިނަ ހިޔާލުތަކާއިއެކު އުފެދޭ ނަތީޖާއެއްގެ މައްޗަށް ކަމަށެވެ.
22 Sep 2026
ފީނަންގޮސް އުޅުނު ޒުވާނަކު ނިޔާވެއްޖެ
22 Sep 2026
ޓްރަމްޕް ތަޤުރީރު ކުރަން ފެށުމުން އީރާނުގެ ވަފުދު ޖެނެރަލް އެސެމްބްލީ ދޫކޮށް ނިކުމެއްޖެ
އދ. ގެ ޢާންމު މަޖިލީހުގެ އަހަރީ ބައްދަލުވުމަށް ދުނިޔޭގެ ޤައުމުތަކުގެ ވެރީން ނިއު ޔޯކަށް ޖަމާވާއިރު ފަލަސްތީނާއި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ފާއިތުވެދިޔަ އަހަރުތަކުގައި ވެސް އީރާނުގެ ވަފުދުން ވަނީ ޖެނެރަލް އެސެމްބްލީ ދޫކޮށް ހޯލުން ނިކުމިފައެވެ. އަދި މިފަހަރުވެސް އެކަން ވަނީ ތަކުރާރުކޮށްފައެވެ.
22 Sep 2026
ޖަލަށް ލެވޭ މީހުން ވަނީ ގިނަ. ކުރިއަށް އޮތްތަނުގައިވެސް ވާނީ އިތުރު
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސީޕީ ވިދާޅުވީ ޖަލުތަކުގެ ޖާގަ އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން މިހާތަނަށް 400 އެއްހާ ޖާގަ އިތުރުކުރެވިފައިވާ ކަމަށެވެ. އަދި ކައިރި މުސް ތަޤްބަލެއްގައި 300އަށް ވުރެ ގިނަ ޖާގަ އިތުރު ނުކުރެވިއްޖެނަމަ ދަތިތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.
22 Sep 2026
އެންމެ ގިނައިން ހޭދަ ކުރަންޖެހެނީ ބިހޭވިއަރ ތެރަޕީއަށް
ނިމިދިޔަ އޮގަސްޓް މަހު އެކަނިވެސް ތަފާތު އެކި ތެރަޕީތަކަށް އެންސްޕާއިން ޖުމްލަ 8.1 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، އޭގެ ތެރެއިން 2.7 މިލިއަން ރުފިޔާ ހޭދަވެފައިވަނީ ބިހޭވިއަރ ތެރަޕީތަކަށެވެ
22 Sep 2026
އީގަލް ހިލްސް މަޝްރޫއުއިން ރަސްމާލެ ވެގެންދާނީ ޒަމާނީ އިންޓަގްރޭޓެޑް ސިޓީއަކަށް
މިނިސްޓަރު ވިދާޅުވީ 500 ހެކްޓަރުގެ ސަރަޙައްދެއްގައި ތަރައްޤީކުރާ މި މަޝްރޫޢުގައި ތިން ރިސޯޓާއި ތަފާތު ފެންވަރުގެ ޕްރޮޕަޓީ ހިމެނޭ ޓައުންތައް ހެދުމުގެ އިތުރުން ބައިނަލްއަޤުވާމީ ފެންވަރުގެ ސްކޫލްތަކާއި ހޮސްޕިޓަލްތައް ވެސް ބިނާކުރާނެ ކަމަށެވެ
22 Sep 2026
ރައީސް ޔާމީނުގެ ޝަރީއަތުގެ އަޑުއެހުން ފަސްކޮށްފި
އެ އަޑުއެހުން ކެންސަލް ކުރީ ދައުލަތުގެ ފަރާތުން މައްސަލައިގައި ހާޒިރުވާ ވަކީލުން ބަލިވެ އުޅޭ ކަމަށް ބުނެ ދައުލަތުން އެދުމުންނެވެ. ފުއްގިރި ކުއްޔަށް ދިނުމާ ގުޅޭ މި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައި ވަނީ އެއް މިލިއަން ޑޮލަރުގެ ރިޝްވަތު ގަބޫލު ކުރެއްވުމާއި ފައިސާ ލޯންޑާ ކުރެއްވުމުގެ ދައުވާއެވެ.
22 Sep 2026
އދ ގެ އާންމު މަޖިލީހުގައި ބައިވެރިވުމަށް ކުރާ ދަތުރު ނަތަންޔާހޫއަށް ބޮޑު ވޭނަކަށް
މިޑިއާގެ ރިޕޯޓްތައް ބުނާ ގޮތުގައި އެމެރިކާއިންވެސް ވަނީ މިފަހަރު ނަތަންޔާހޫއަށް ހާއްސަ ގޮތްތަކެއް ބެހެއްޓެން ނެތްކަމަށް ބުނެފައެވެ. ނަތަންޔާހޫ ނިއުޔޯކަށް އަންނައިރު އެ ސިޓީގެ ރައްޔިތުން އޭނާއާ ދެކޮޅަށް މުޒާހަރާ ކުރަން ނިންމުމަކީވެސް އެމެރިކާއިން މިފަހަރު ނަތަންޔާހޫ އެއްފަރާތްކުރުމުގެ އެއް ސަބަބެވެ