މަހިބަދޫ ޕެލޭ ސްޓޭޑިއަމް: ފޮޓޯ/ ފްރޮމްޓައިނީ އައިލްސް
ކުޅިވަރު
16 Apr 2025 | 10:58
ޔުވެންޓަސްގެ ޕޯސްޓާއެކު މަހިބަދޫ ޕެލޭ ސްޓޭޑިއަމަށް ދުނިޔޭގެ ސަމާލުކަން!

ޔުވެންޓަސްގެ ރަސްމީ އިންސްޓަގްރާމް ޕޭޖުގައި އިއްޔެ އާއްމު ކުރި، އދ މަހިބަދޫ ޕެލޭ ސްޓޭޑިއަމްގެ ޕޯސްޓާއެކު، އެ ދަނޑަށް ދުނިޔޭގެ ސަމާލުކަން ލިބިއްޖެއެވެ. 

އިޓަލީގެ މަޝްހޫރު ފުޓްބޯޅަ ޓީމު ކަމަށްވާ ޔުވެންޓަސްގެ 127 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ’އެކްސްޓްރީމް ފީލްޑްސް' ގެ ނަމުގައި ދުނިޔޭގެ އެކި ހިސާބުތަކުން ފާހަގަކުރެވޭ އާދަޔާހިލާފު ތިން ފުޓްބޯޅަ ދަނޑެއްގައި ޚާއްސަ ހަރަކާތެއް ބާއްވާފައިވާއިރު، އެތަނުން އެއް ސްޓޭޑިއަމަކީ އދ މަހިބަދޫ ޕެލޭ ސްޓޭޑިއަމެވެ. 

މަހިބަދޫގެ ދަނޑު ޚިޔާރުކުރަން ޔުވެންޓަސް ނިންމި ސަބަބަކީ، އެ ދަނޑު ލޮކޭޝަނެވެ. އެގޮތުން، އަތިރިއާއި މޫދާއި ކައިރީގައި ހުންނަ އެ ދަނޑުގެ ޑްރޯން ފޮޓޯ ތަކަކީ މީގެ ކުރިންވެސް ދުނިޔޭގެ ފުޓުބޯޅަ ޕޭޖު ތަކަށް އަރާފައިވާ ރީތި ފޮޓޯ ތަކެކެވެ. ޚާއްސަކޮށް އެ ރަށަށް ނިސްބަތްވާ މުޙައްމަދު ނައުޝާދު ނަގާފައިވާ ފޮަޓޯތައް ވަރަށް ގިނަ ފޮލޯވަރުން ތިބޭ ޕޭޖުތަކުން ވަނީ ފެނިފައެވެ. 

އެހެން ކަމުން، ޔުވެންޓަސް ފޭން ޓީމުން މަހިބަދޫއަށް ޒިޔާރަތް ކުރުމަށް ނިންމައި، އެކަން ހަމަޖެއްސުމުގެ ކަންކަން ރޭވުމަށް ކޮންޓެކްޓް ކުރީވެސް އޭނައާއެވެ. 

މަހިބަދޫގެ އިތުރުން ޔުވެންޓަސްގެ އަހަރީ ދުވަހުގެ ހަރަކާތްތައް ބާއްވަން ކަނޑައެޅުނީ، އެމެރިކާގެ ނިއު ޔޯކާއި، ފެރޯ އައިލެންޑްސް އެވެ.

މަހިބަދޫގައި ޔުވެންޓަސްގެ ހަރަކާތް ބޭއްވުމަށް ޓީމުގެ ސަޕޯޓަރުންނާއި، އެ ޓީމުގެ ކުރީގެ މިޑްފީލްޑަރު ނެދަލެންޑްސްގެ އެޑްގާ ޑާވިޑްސް އދ. މަހިބަދޫ އަށް ޒިޔާރަތް ކޮށްފައިވާއިރު، މިމަހު 12 ވަނަ ދުވަހު ވަނީ ޚާއްސަ ފުޓުބޯޅަ މެޗެއް ބާއްވާފައެވެ. 

އެ މެޗުގައި، ޑޭވިޑްސް އާއި، ޔުވެންޓަސްގެ ފޭން ޓީމުން އައި މީހުންގެ އިތުރުން މަހިބަދޫގެ ކުޅުންތެރިންވެސް ކުޅެފައިވެއެވެ. 

އެފަހުން، އިއްޔެ، ޔުވެންޓަސްގެ އިންސްޓަގްރާމް ޕޭޖުގައި ހިއްސާ ކުރި، މެޗުގެ  ވީޑިއޯ އަކާއި ޑޭވިޑްސް އެކަނި ހިމެނޭހެން ނަގާފައިވާ ޑްރޯން ވީޑިއޯއެއް މިލިއަނަކަށްވުރެ ގިނަ މީހުން ބަލާފައިވާއިރު، އެއަށް ކޮމެންޓް ކުރި މީހުން ވަނީ ވީޑިއޯ އިން ފެންނަ ދަނޑުގެ ރީތި މަންޒަރަށް ތަޢުރީފް ކޮށްފައެވެ. 

ޔުވެންޓަސް އަކީ އިޓަލީގެ ޗެމްޕިއަންކަން 36 ފަހަރު ހޯދާފައިވާ ޓީމެވެ. ޔޫރަޕުގެ ޗެމްޕިއަންކަން ވެސް އެ ޓީމުން ދެ ފަހަރު ހޯދި އެވެ. އެ ޓީމަށް ވަނީ ކްރިސްޓިއާނޯ ރޮނާލްޑޯ ޖިއަންލުއިޖީ ބުފޮން، މިޝޭލް ޕްލެޓިނީ، ޒައިނުއްދީން ޒިދާން، ފަބިއޯ ކަނަވާރޯ، އަދި ރޮބާޓޯ ބާޖިއޯ ފަދަ ތަރިން ކުޅެފަ އެވެ.

ކޮމެންޓް
ހ
ޕލ ސްޓޭޑިއަމްގެ އެއްބުރި އޮތީ އަލިހުރަސް ކަނޑުގަ. ފުޓްބޯޅަ ދަނޑުވަރު ރަށްވަނީ
17 Apr 2025
ގުޅޭ ލިޔުންތައް
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.