ޗައިނާގެ، ކާނާއާއި ގުޅޭ ވިޔަފާރިވެރިންގެ ޖަމްޢިއްޔާގެ ޓީމް ރާއްޖެއަށް ޒިޔާރަތްކުރި ދަތުރުގެ ތެރެއިން.. ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ
19 Apr 2025 | 09:33
ޗައިނާ ވިޔަފާރިވެރިންގެ ޖަމިއްޔާގެ ޒިޔާރަތާއެކު މަހުގެ ބާވަތްތައް ބޭރުކުރަން ފުރުސަތު ފަހިވެގެންދާނެ: ސައީދު

ރާއްޖެއަށް ޒިޔާރަތްކުރާ ޗައިނާގެ ވިޔަފާރިވެރިންގެ ޖަމިއްޔާގެ ވަފުދުގެ ދަތުރުތަކާއެކު، އެޤައުމަށް މަހުގެ ބާވަތްތައް ބޭރުކުރުމުގެ ފުރުސަތު ފަހިވެގެންދާނޭކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ޗައިނާގެ، ކާނާއާއި ގުޅޭ ވިޔަފާރިވެރިންގެ ޖަމްޢިއްޔާ، ޗައިނާ ޗެމްބަރ އޮފް ކޮމާސް އޮފް ފުޑްސްޓަފްސް އެންޑް ނޭޓިވް ޕްރޮޑިއުސް (ސީއެފްއެންއޭ)ގެ ޓީމެއް ރާއްޖެއަށް ކުރި ޒިޔާރަތުގައި ވަނީ، ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ބައެއް ފަރާތްތަކާ ބައްދަލުކޮށްފައެވެ. ޗައިނާ ވަފުދުގެ ޒިޔާރަތުގައި ކަނޑުމަހުގެ އިތުރުން ހުއިފިލަނޑާ މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކާ ބައްދަލުކޮށް އެފަރާތްތަކުގެ މަސައްކަތް ކުރިއަށްދާގޮތް ވަނީ ތަޖުރިބާކޮށްފައެވެ.

ޗައިނާގެ ވަފުދުގެ ޒިޔާރަތާ ގުޅޭގޮތުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ޗައިނާގެ ކަމާބެހޭ އިދާރާތަކުން ރާއްޖެއަށް ކުރާ މިފަދަ ދަތުރުތަކުގެ ސަބަބުން ރާއްޖެއަށް އިތުރު ފުރުސަތުތަކެއް ފަހިވެގެންދާނޭ ކަމަށެވެ. މިގޮތުން ޗައިނާގެ، ކާނާއާއި ގުޅޭ ވިޔަފާރިވެރިންގެ ޖަމްޢިއްޔާ ޓީމުގެ ދަތުރުގެ ސަބަބުން މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ރާއްޖެއިން އެޤައުމަށް މަހުގެ ބާވަތްތައް ބޭރުކުރުމުގެ އިތުރު ފުރުސަތުތައް ލިބުމުގެ މަގު ފަހިވެގެންދާނޭކަމަށް މިނިސްޓަރު ސައީދު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ އެ ބޭފުޅުންގެ މި ދަތުރުފުޅުގައި ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މަސައްކަތްތައް ކުރިއަށްދާގޮތް ބަލައި، އެބޭފުޅުންގެ މަސައްކަތުގެ ކަންކަން ވަޒަންކުރުމުެގ މަސައްކަތް ކުރިއަށްގެންގޮސްފައިވާކަމަށެވެ.

ޗައިނާގެ، ކާނާއާއި ގުޅޭ ވިޔަފާރިވެރިންގެ ޖަމްޢިއްޔާގެ ޓީމް ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ މިމަހުގެ 13 ވަނަ ދުވަހުއެވެ. އެ ޖަމިއްޔާގެ މި ދަތުރުގެ މަިއގަނޑު މަޤްސަދަކީ ރާއްޖެއާ ޗައިނާ އާ ދެ ޤައުމުން ޤާއިމްކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ކަންކަން ކުރެވޭނެ ގޮތްތައް ބަލައި އެކަންކަމަށް މަގުފަހިކުރުމެވެ. މި ދަތުރުގައި ސީއެފްއެންއޭގެ ޓީމުގެ މެމްބަރުން ވަނީ މާންދޫ މަސްފެކްޓްރީގެ އިތުރުން ހިންމަފުށީގައި ހުންނަ މަސް ކާރުހާނާގެ އިތުރުން މަނިޔަފުށީގެ އޮޕަރޭޝަންތައްވެސް ބައްލަވާލައްވާފައެވެ.

ރާއްޖެއާ ޗައިނާއާ ދެޤައުމުގެ ދެމެދުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމްކުރުމުގެ މަސައްކަތް ފަށާފައިވަނީ 2016 ވަނަ އަހަރުގެ ތެރޭގައެވެ. އެ އެއްބަސް ވުމުގެ މަސައްކަތް ނިންމައި، މިނިވަން ވިޔަފާރީގެ އެއްބަސް ވުމުގައި ސޮއިކޮށް އަމަލުކުރަން ފަށާފައިވަނީ މިއަހަރުގެ ޖެނުއަރީމަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
އެމްއެމްއޭ ފައިނޭންސް ފޯރަމަށް ޝައުގުވެރިކަން ފާޅުކުރުމަށް އިތުރު ފުރުސަތެއް
މި އަހަރުގެ އެކްސްޕޯ އޮންނަނީ ޖުލައި މަހުގެ 2 ކުން 4 ކަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ
04 Jun 2026
މަސްތުވާތަކެއްޗާއެކު ހިންނަވަރު ބަނދަރުން މީހަކު ހައްޔަރުކޮށްފި
ޅ. ހިންނަވަރަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައަކާ ގުޅިގެން ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.
04 Jun 2026
އެންގޯލާގެ ލިސީމާ ޕްލެޓޯއިން ސައިންސްވެރިން އާ ދިރުންތަކެއް ހޯދައިފި
އެންގޯލާގެ ލިސީމާ ޕްލެޓޯއަށް ސައިންސްވެރިން ކުރި ދިރާސާ ދަތުރެއްގައި، މީގެ ކުރިން ފެނިފައިނުވާ ތަފާތު ބާވަތްތަކުގެ ދިރުންތަކެއް ހޯދައިފިއެވެ.
04 Jun 2026
މިފްކޯގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ: އަނަސް
ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް ކުރެއްވި ޒިޔާރަތުގައި މުއައްޒަފުންނާ ބައްދަލުކުރައްވައި އަނަސް ވިދާޅުވީ، ކުރިންސުރެ މިފްކޯ ހިންގަމުން އައި ވައްޓަފާޅި ބަދަލުކޮށް ކުންފުންޏަށް ބޮޑެތި ބަދަލުތަކެއް މިއަދު ގެންނަން ޖެހިފައިވާކަމަށެވެ
04 Jun 2026
ފަހިދިރިއުޅުމުގެ އެޕާޓްމަންޓެއް ކުއްޔައްދިން މީހަކު ޖޫރިމަނާކޮށްފި
ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ދޫކޮށްފައިވާ އެ ފްލެޓްތައް ކުއްޔަށްދޭނަމަ އެއްބަސްވުން ބާތިލްކޮށް، ފްލެޓްތައް އަތުލާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ މީގެ ކުރިން ބުނެފައެވެ
04 Jun 2026
32 ސްޓޯލްއާއެކު އެމް.އެން.ޔޫ "ފަހި ފުރުސަތު "މިއަދު އާންމުންނަށް ހުޅުވާލައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ "އެމް.އެން.ޔޫ ފަހި ފުރުސަތު" ޔުނިވަރސިޓީގެ މައި މަރުކަޒާއި، އަތޮޅުތަކުގެ ކެމްޕަސްތަކުގައި މިއަދު، ރަސްމީކޮށް ހުޅުވައިފިއެވެ.
04 Jun 2026
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެއްޖެ: ޓްރަމްޕް
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި އެ ގައުމުގެ އެންމެ މަތީ ވެރިޔާ މުޖުތަބާ ޚާމަނާއީއާ ބައްދަލުކުރެއްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
04 Jun 2026
ދިއްލީގެ ހޮޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 21 މީހަކު މަރުވެއްޖެ
ފުލުހުން މައުލޫމާތު ދޭ ގޮތުގައި މިހާތަނަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު، މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ބޭރު ގައުމުތަކަށް ނިސްބަތްވާ 12 މީހަކާއި އިންޑިއާގެ 9 މީހެކެވެ