Advertisement

ފަލަކް ރަަމަޟާން ތްރީ އޮން ތްރީ މުބާރާތް މިފަހަރުވެސް ހުޅުމާލޭގައި

10 May 2019 | 22:44

ބާސްކެޓް ބޯލް ސްޓާޒް އެކެޑަމީގެ ފަރާތުން އިންތިޒާމްކޮށްގެން ހުޅުމާލޭގައި ބާއްވާ ފަލަކް ރަމަޟާން ތްރީ އޮން ތްރީ ޗެލެންޖް 2019 ފެށިއްޖެއެވެ.

މި މުބާރާތް މެދުކެނޑުމެއްނެތި ބާއްވަމުންދާާތާ މިއީ ތިން ވަނަ އަހަރެވެ. މި މުބާރާތް އޮންނަނީ ހުޅުމާލޭގެ ބާސްކެޓްބޯލް  ކޯޓުގައެެވެ.

ވޮއިސްއަށް މައުލޫމާތު ދެމުން މި މުބާރާތް އިންތިޒާމްކުރާ ބާސްކެޓްބޯލް ސްޓާޒް އެކެޑަމީގެ ފަރާތުން ބުނީ މި މުބާރާތުގެ މަގްސަދަކީ އެކުވެރި އަދި ވާދަވެރި މާހައުލެއްގައި ވާދަކުރުމުގެ ފުުރުސަތު މާލެ އަދި ހުޅުމާލޭގައި ދިރިއުޅޭ ޒުވާން ބާސްކެޓްބޯޅަ ކުޅުންތެރިންނަށް ފޯރުކޮށްދިނުން ކަމަށެވެ.

މި މުބާރާތުގައި 186 ކުޅުންތެެރިން ހިމެނޭ 47ޓީމް ވަނީ ބައިވެރިވެފައެވެ. ހަތަރު ދުވަހުގެ މުއްދަތަކަށް ކުރިއަށްދާ މި މުބާރާތުގެ އުމުރުފުރާ ތަކަކީ 18އަހަރުން ދަށް، ފަނަރަ އަހަރުން ދަށް އަދި ތޭރަ އަހަރުން ދަށެވެ. މި އުމުރު ފުރާތަކުގެ ތެރެއިން ފުރަތަމަ އުމުރުފުރާގައި ބައިވެރިވެފައިވަނީ ހަަމައެކަނި ފިރިހެން ޓީމްތަކެވެ.

ބާސްކެޓް ބޯލް ސްޓާޒް އެކެޑަމީން އިތުރަށް ބުނީ ޒުވާން ކުޅުންތެރިންގެ ހުނަރު ކުރިއެރުުވުމަށް އެފަރާތުން ވީހާވެސް ބޮޑަށް މަސައްކަތްކުރާނެ ކަމަށެވެ.

Advertisement

ކޮމެންޓް