ރައީސް މުއިއްޒު، އެމަނިކުފާނުގެ ފިރިހެން ބޭފުޅުންނާއެކު އީދު ނަމާދުގެ ޖަމާއަތުގައި -- ފޮޓޯ: ރައީސް އޮފީސް
ހަބަރު
22 Apr 2025 | 23:42
ކުދީންނާއި ގުޅޭގޮތުން ދޮގު ވާހަކަތައް ފަތުރާތީ ވަރަށް ހިތްދަތިވޭ، އެކަމަކު ކެތްތެެރިވާނަން: ރައީސް

ކުދީންނާއި ގުޅުވާ ދޮގު ވާހަކަތައް ފެތުރުމަކީ ވަރަށް ހިތްދަތިވެ ދެރަވާ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު އާންމުކުރި "ސްޕޮޓް އޮން"ގެ ފުރަތަމަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ.

ވޭޕް މަނާކުރުމަށް ސަރުކާރުން ނިންމި ނިންމުމާއި ގުޅުވާ ރައީސްގެ ދޮށީ ފިރިހެން ދަރިކަލުންނާއި ގުޅޭގޮތުން އިދިކޮޅުގެ ބައެއް ސަޕޯޓަރުން ގެންދަނީ ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ފަތުރަމުންނެވެ. އެފަދަ ވާހަކަތައް ސިޔާސީ ބައެއް ވެރީން ވެސް ދައްކަވަ އެވެ.

އެ ވާހަކަތަކާއި ގުޅޭގޮތުން ސުވާލު ކުރުމުން ރައީސް ވިދާޅުވީ އެމަނިކުފާނުގެ އާއިލާއާ ކުދީން ދެކެ ވަރަށް ވަރަށް ބޮޑަށް ލޯބިވާ ކަމަށެވެ. އަދި އާއިލާއާ ކުދީންނާއި ގުޅުވާ ދޮގު ވާހަކަތައް ފެތުރުމަކީ ވަރަށް ހިތްދަތިވާ ކަމެއް ކަމަށެވެ.

އެމަނިކުފާނަކީ ވެސް އިންސާނެއްގެ ހައިސިއްޔަތުން އެފަދަ ވާހަކަތަކުން އަސަރު ކުރާނެ ކަމަށާ ނަމަވެސް އެފަދަ ކޮންމެ ކަމެއްގައި ކެތްތެރިކަން އިސްކުރައްވާ ކަމަށެވެ.

ރައީސް ވަނީ އެމަނިކުފާނުގެ ބޭފުޅުންނަށް ފުރިހަމައަށް އިތުބާރު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

“އެ ކުދީން ވަރަށް ރަނގަޅު ވާނެ. ނަމާދު ކުރާނެ. ވަރަށް އަހްލާގު ރަނގަޅު ވާނެ. ދުވަހަކު ވެސް ގޯސް ކަމެއް މިހާތަނަށް ކޮށްފައެއް ނެތް، ނުވެސް ކުރާނެ. ޔަގީން،”

ރައީސް ވިދާޅުވީ އެމަނިކުފާނު "ޕާސަނަލީ ވަރަށް ކެތްތެރިވަން" ކަމަށާ ނަމަވެސް އެހެން އާއިލާތަކަށް އެފަދަ ކަންކަމުގެ ހިތްދަތިކަން ބަރުދާސް ކުރަން ޖެހޭ ހާލަތަށް ދިއުމުން މުޅި ގައުމުގެ ހައްގުގައި ކުރަން ޖެހޭ ކަންކަން ކުރައްވާނެ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ކޯޓްތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގޭނީ ޔާމީނަށް: އަބްދުއްރަހީމް
"ކޯޓުތަކަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް، އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް," އަބްދުއްރަހީމް ވިދާޅުވި އެވެ.
06 Aug 2026
ދަތިތައް ހުރިނަމަވެސް ވައުދުތައް ފުއްދައިދޭނަން: ރައީސް ޑރ.މުއިއްޒު
ދަތިތަކާއެކުވެސް ރައްޔިތުންނަށް ވީ ވައުދުތައް 2028 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ފުއްދަވާނޭކަމަށް ރައީސް ވިދާޅުވިއެވެ
05 Aug 2026
ގޮނޑުހޮވައި މަގުމަތިވެގެން އުޅޭ ހާހެއްހާ ކުދިން މާލެ ސަރަހައްދުގައި
އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި އުޅޭ މިފަދަ ކުދިން އަލުން މުޖުތަމައުއަށް ނެރުމަށް އެންޑީއެމްއޭ އާއި ފުލުހުންނާއި، މާލެސިޓީ ކައުންސިލް އަދި ސަރުކާރު ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ
05 Aug 2026
ފަރުމަސްވެރި ކަމަށް ހާއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި
މިއީ ފަރުމަސްވެރި ކަމަށް ހާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ފުރަތަމަ އައިސްޕްލާންޓެވެ.
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ
05 Aug 2026
ނިޔާވި ފަރާތްތަކުގެ އެކައުންޓަށް ޖަމާވި ފައިސާ ރިކަވާވޭ
ނިޔާވެފައިވާ 700 ވުރެ ގިނަ މީހުންގެ އެކައުންޓަށް ޖަމާކޮށްފައިވާ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރިކަވާ ކުރެވެމުންދާ ކަމަށް އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވެއްޖެ އެވެ.