ދީން
25 Apr 2025 | 12:52
ރިޝްވަތުގެ ގޮތުގައި ހޯދާ މުދަލުން ހިތްހަމަޖެހުމެއް ނުލިބޭނެ؛ އެއީ މުދަލުގެ ބަރަކާތް ކެނޑޭ ކަމެއް: ޚުތުބާ

ރިޝްވަތުގެ ގޮތުގައި ހޯދާ މުދަލުން ހިތްހަމަޖެހުމެއް ނުލިބޭނެ ކަމަށާ، އެފަދައިން މުދާ ހޯދުމަކީ މުދަލުގެ ބަރަކާތް ކެނޑޭ ކަމެއް ކަމުގައި މިއަދު ހުކުރު ޚުތުބާގައި ބުނެފިއެވެ.

ރިޝްވަތުގެ ނުބައިކަމުގެ މައްޗަށް އަލިއަޅުވާލައި މިއަދު އިއްވި ހުކުރު ޚުތުބާގައި ބުނީ، އިސްލާމް ދީނުގެ މަތިވެރި ނިޢުމަތާއި ފުރިހަމަ ސިއްޙަތަށްފަހު، އަޅަކަށް ދުނިޔެމަތީގައި ލިބޭނެ އެންމެ މަތިވެރި ނިޢުމަތަކީ ޙަލާލު ރިޒުޤު ކަމަށެވެ. އަދި ދުނިޔެ ޒީނަތްތެރި ކުރެވިފައިވަނީ ލައްޒަތާއި ޝަހުވަތުންކަން ފާހަގަކޮށް ޚުތުބާގައި ބުނީ ބާތިލު ގޮތުގައި މުދާ ކެއުމަކީ މާތް الله ޙަރާމް ކުރައްވާފައިވާ ކަމެއް ކަމަށެވެ. 

ޚުތުބާގައި ބުނި ގޮތުގައި ބާޠިލް ގޮތުގައި މުދާ ކެއުމުގެ ތެރޭގައި ރިޝްވަތު ހިމެނެއެވެ.

ރިޝްވަތުގެ ސަބަބުން މުދަލުގެ ބަރަކާތް ކެނޑި، މުދާ ހަލާކުވއެވެ. ރިޝްވަތުގެ ގޮތުން މީހަކު ކިތަންމެ ބައިވރު މުދަލެއް ހޯދިކަމުގައި ވިޔަސް އެ މީހަކަށް އެއިން ހިްތަހަމަ ޖެހުމެއްނުލިބޭނެއެވެ. އަދި ކީތްހެއްޔެވެ؟ ޙަރާމް ގޮތުގައި މުދާ ހޯދުމަށް ކުރާ މަސައްކަތް އިތުރުކުރެއެވެ. އެ ޙާލުގައި އުޅެނިކޮށް އެންމެ ފހުން އެ މީހަކާ މަރާ ބައްދަލުކުރެއެވެ. ނުޙައްޤުން މުދާ ހޯދާ މީހެއްގެ މިސާލަކީ ކިތަންމެ ވަރަށް ކެޔަސް ބަނޑުހައިކަން ނުފިލާ މީހެއްގެ މިސާލެވެ.

ޚުތުބާ

މިއާއެކު ޚުތުބާގައި ބުނީ، ދުނިޔޭގައި ފތުރިފައިވާ ނުރައްކާތެރި ބޮޑެތި ވަބާތަކުގެ ތެރެއިން، ފިލުވައިލާން އެންމެ އުނދގޫ އެއް ވަބާއަކީ، ރިޝްވަތުގެ ވަބާ ކަމުގައެވެ. އަދި ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި ދުނިޔާގެ ވަރަށް ގިނަ މުޖުތަމަޢު ތަކުގައި ރިޝަވަތުގެ ޢަމަލުތައް އާއްމުވެ، ކޮންމެވެސް މިންވަރެއްގެ ރިޝްވަތެއްނެތި އެއްވެސް ކަމެއްނުކުރެވޭ ގޮތް ވެފައުވާ ކަމަށްވެސް ބުނެފައުވެއެވެ.

ޚުތުބާގައި އިތުރަށް ބުނީ، ރިޝްވަތުގެ ސަބަބުން ހަމަހަމަކަން ގެއްލި އެތައް ބަޔަކަށް ލިބެންޖެހޭ ޙއްގުތައް ނުލިބި، އެތައް ބަޔަކަށް ނުހައްގުން އެތައް އެއްޗއް ލިބޭ ކަމަށެވެ.

ރޝްވަތަކީ، ވަރަށް ރައްކާތެރި ބައްޔެކެވެ. އޭގެ ސަބަބުން މުޖުތަމަޢު ފަސާދަވެއެވެ. ރޝްވަތާއި ނާޖއިޒު ފައިދާއާއި ޚިޔާނާތުގެ ޢަމަލުތައް މުޖުތަމަޢުގައި ގިނަވެ، އެކަންކަމަކީ ވަރަށް އާދައިގެ ކަންކަން ކަމުގައި ދުށުމަކީ، ޤައުމުގެ މުސްތަޤުބަލާއި ދަރިންގެ ކުރިއެރުމާއި ތަރައްގީ އަރައިނުގަނެވޭނެ ފަދަ އަނދަވަޅަކަށް ވެއްޓުދާނެ ކަންކަމެވެ.

ހުކުރު ޚުތުބާ

އެހެން ކަމުން އެފަދަ ކަންކަމުން ދުރުވެ، ޙަލާލު ގޮތުގައި މުދާ ހޯދުމަށް ޚުތުބާގައި ވަނީ ނަޞޭޙަތްތެރިވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
މޫސުން ވަރަށް ގޯސްވެއްޖެ. ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓް
ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، ސަލާމަތީ ވަސީލަތްތައް ފުރިހަމައަށް ހުރިތޯ ޔަޤީންކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އަންގާފައެވެ
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.