"އީދު އުފާ އިމުގެތެރޭ" ނަމުގައި ބޮޑު ކެމްޕެއިނެެއް ވަނީ ފަށާފައި
ހަބަރު
26 Apr 2025 | 15:50
"އީދު އުފާ އިމުގެތެރޭ" ނަމުގައި ބޮޑު ކެމްޕެއިނެެއް ފަށަައިފި

"އީދު އުފާ އިމުގެތެރޭ" ނަމުގައި ބޮޑު ކެމްޕެއިނެެއް ފަށަައިފި އެވެ

މިއީ ގިނަ އަދަދެއްގެ މަދަނީ ޖަމިއްޔާތައް ގުޅިގެން އުފައްދާފައިވާ "ފަލަސް" ހަރަކާތުން ފެށި ކެމްޕެއިނެކެވެ. "ފަލަސް" ހަރަކާތަކީ މިދިޔަ އަހަރު އުފެއްދި ހަރަކާތެކެވެ. އެއީ ރާއްޖޭގެ ދައުވަތުގެ މައިދާނުގައި އެންމެ ހަރަކާތްތެރި ޖަމިއްޔަތުއް ސަލަފުގެ އިސް ނެގުމަށް ރާއްޖޭގެ ކޮންމެ އަތޮޅަކުން ޖަމިއްޔާއެއް ހިމެނޭގޮތަށް އިފްތިތާހު ކުރި ހަރަކާތެކެވެ.

އެ ހަރަކާތުން "އީދު އުފާ އިމުގެތެރޭ" ނަމުގައި ޚާއްސަ ކެމްޕެއިނެއް ފެށީ އީދުގެ ހަރަކާތްތައް އިސްލާމްދީނުގެ އިމުގެ ތެރޭގައި އެ ދީން ހުއްދަ ކުރާ ގޮތަށް ކުރިއަށް ގެންދިއުމަށް ބާރު އެޅުމުގެ ގޮތުންނެވެ.

މި ކެމްޕެއިން ފެށީ އދ. ދަނގެތީގަ ރޭ އޮތް "އިމުގެ ތެރެއިން" ދަރުސްގަ އެެވެ.

"އީދު އުފާ އިމުގެތެރޭ" ނަމުގައި ބޮޑު ކެމްޕެއިނެެއް ފެށުން -- ފޮޓޯ: ހުޝާން

ރޭ އޮތް ދަރުސްގައި ޖަމިއްޔަތުއް ސަލަފުގެ އިލްމުވެރީންގެ މަޖިލީހުގެ ރައީސް އަދި އެ ޖަމިއްޔާގެ ނާއިބު ރައީސް އައްޝައިހް އަހްމަދު ސަމީރު އާއި ޖަމިއްޔަތުއް ސަލަފުގެ ދައުވާ މެނޭޖަރު އައްޝައިހް މުޖްތަބާ ހަމީދު ވަނީ އިސްލާމް ދީނުގައި ޢީދު ލައްވާފައިވާ ސަބަބުތަކާއި އެފަދަ މަތިވެރި މުނާސަބަތެއް ފާހަގަ ކުރަން ޖެހޭ ގޮތް ވަރަށް ތަފްސީލްކޮށް ވިދާޅުވެ ދެއްވާފަ އެވެ.

އަދި ޢީދު ފަދަ އިސްލާމީ މުނާސަބަތެއްގައި ދީން ހުއްދަ ނުކުރާ ފާހިޝް ކަންކަން ކުރުމާއި އެފަދަ ކަންކަން ފެތުރުމާއި އެފަދަ ކަންކަމަށް ހަރަދު ކުރުމުގެ ނުބައިކަމާއި ނުރައްކާތެރިކަން ބަޔާން ކޮށް ދެއްވި އެވެ.

އީދު ފާހަގަކުރުމުގައި ދަނގެއްޗަކީ ނަމޫނާ ރަށެއް

ރޭ މި ހަރަކާތް ފެށި އދ. ދަނގެއްޗަކީ އިސްލާމީ އުސޫލުތަކާއި އެއްގޮތަށް އީދު ފާހަގަ ކުރުމުގައި މުޅި ރާއްޖޭގައި ވެސް ނަމޫނާ ރަށެކެވެ.

އީދުގެ ކުޅިވަރުތަކާއި އެކި ހަރަކާތްތައް އިސްލާމީ އުސޫލުގެ ތެރެއިން އެންމެ ފުޅާކޮށް ކުރިއަށް ގެންދާ ރަށަކީ ދަނގެއްޗެވެ. އެކަން ރާއްޖޭގައި ފެށީ އެ ރަށުގެ ޖަމިއްޔަތުއް ޤަލަމުންނެވެ.

"އީދު އުފާ އިމުގެތެރޭ" ނަމުގައި ބޮޑު ކެމްޕެއިނެެއް ފެށުން -- ފޮޓޯ: ހުޝާން

މިދިޔަ ތިން އަހަރުވެސް ތަފާތު ކުޅިވަރު ހަރަކާތްތަކާއި މުނިފޫހިފިލުވުމުގެ ވަރަށް ޝައުގުވެރި ހަރަކާތްތަކެއް އެެ ރަށުގައި ކުރިއަށް ގެންގޮސްފައިވެ އެވެ. އެ ހަރަކާތްތަކުގައި ބައިވެރިވުމަށާއި އީދު އުފާ ފާޅުކުރުމަށް ވަރަށް ގިނަ އަދަދެއްގެ ބަޔަކު އެ ރަށަށް ޒިޔާރަތް ވެސް ކުރެ އެވެ.

ޤަލަމްގެ މި ހަރަކާތްތަކުން ނަމޫނާ ލިބި ރާއްޖޭގެ އެހެން ރަށްރަށުގައި ވެސް އިސްލާމީ އުސޫލުތަކާއި އެއްގޮތަށް އީދުގެ ހަރަކާތްތައް ބައްޓަން ކުރަން ބައެއް ކައުންސިލްތަކާއި މަދަނީ ޖަމިއްޔާތަކުން މަސައްކަތް ކުރެ އެވެ.

ރޭ އިފްތިތާހު ކުރި "އީދު އުފާ އިމުގެތެރޭ" ކެމްޕެއިންގެ ދަށުން މުޅި ރާއްޖެއަށް އެ މައުލޫމާތު ފެތުރުމަށް ޚާއްަސަ މަސައްކަތްތަކެއް ކުރުަމަށް "ފަަލަސް" ހަރަކާތުން ވަނީ ނިންމާފަ އެވެ. އެ ހަރަކާތުގައި ހިމެނޭ ޖަމިއްޔާތަކުން އެކި ރަށްރަށުގެ ކައުންސިލްތަކާއި މަދަނީ އިތުރު ޖަމިއްޔާތައް ގުޅިގެން ކުރިއަށް އޮތް އަލްޙާ އީދު, އިސްލާމީ އުސޫލުތަކާއި އެއްގޮތަށް ފާހަގަ ކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރާނެ އެެވެ.

ކޮމެންޓް
ސުމާ
ވަރަށް ރަނގަޅު އަދި މިދަނޑިވަޅުގައި ކުރަން ވަރަށް މުހިންމުވެސް ކަމެއް.
27 Apr 2025
ގުޅޭ ލިޔުންތައް
12 Sep 2026
މޫސުން ވަރަށް ގޯސްވެއްޖެ. ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓް
ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، ސަލާމަތީ ވަސީލަތްތައް ފުރިހަމައަށް ހުރިތޯ ޔަޤީންކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އަންގާފައެވެ
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.