ޢީދު އުފާ އިމުގެތެރޭ ފޯރަމްގެ ތެރެއިން: ފޮޓޯ/ ހުޝާން
ދީން
27 Apr 2025 | 09:29
ޢީދު ޝޯވް ތަކަށް ހޭދަކުރާ މީހުންނަށް ސުވާލެއް: ޒުވާނުން މަގުފުރައްދާފައި ޤިޔާމަތްދުވަހުން ދޭނީ ކޮން ޖަވާބެއް؟

މުސްލިމުން ފާހަގަކުރަމުންދާ، މުސްލިމުންގެ ދެ ޢީދުގައި، ބާއްވަމުންދާ މިޔުޒިކް ޝޯވް ތަކަށް ހޭދަކުރާ ފަރާތްތަކުން ޤިޔާމަތް ދުވަހުން ކުރިމަތިލާން ޖެހިދާނެ ބިރުވެރިކަމާމެދު، ރާއްޖޭގެ ފުންނާބު އުސް ދީނީ ޢިލްމުވެރިޔާ އައްޝައިޚް އަޙުމަދު ސަމީރު، އިންޒާރުދެއްވައިފިއެވެ.

"އީދު އުފާ އިމުގެތެރޭ" ނަމުގައި ބޮޑު ކެމްޕެއިނެެއް ފެށުމަށް، އދ. ދަނގެތީގައި ހުކުރު ދުވަހުގެރޭގައި ބޭއްވުނު ފޯރަމްގައި ވާހަކަދައްކަވަމުން، ޝެއިޚް ސަމީރު ވިދާޅުވީ، ޢީދު ޝޯވް ފަދަ، ފާހިޝް ކަންކަމާއި މުންކަރާތްތައް އިސްލާމީ މުޖުތަމަޢުތެރޭގައި ފަތުރަނީ ތަނަވަސް މީހުންގެ މުދަލުން ހޭދަކޮށްގެން ކަމަށެވެ. އަދި އެފަދައިން ހޭދަކުރާ މީހުން، އެ ހޭދަކުރަނީ ކޮންތަނެއް ހަލާކުރަންތޯ އަމިއްލަ ނަފްސާ ސުވާލުކުރަންޖެހޭ ކަމަށް ޝެއިޚް ވިދާޅުވިއެވެ. 

ރަސޫލާ ﷺ ގެ އަތްޕުޅުން، އެކަލޭގެފާނުގެ ޖާނާއި މާލުން ޤުރުބާންވެގެން، އެކަލޭގެފާނުގެ އަޞްޙާބު ބޭކަލުން، އެ ދީނެއްގެ ހައްގުގައި، އެ މިއްލަތެއްގެ ހައްގުގައި، އެ އުއްމަތެއްގެ ހައްގުގައު އެބޭކަލުންގެ ލޭ ޤުރުބާން ކޮށްފައިވާ، އަޅުގަނޑުމެންގެ ތާރީޚް ފަޚުރުވެރިވާ ދެ ހާޖީންނާއި، ޑަންޑަހެލާއި، ބޮޑުތަކުރުފާނާއި، އުތީމި ތިން ބެއިންނާއި، ދޮން ބަންޑާރައިންނާއި، އަލިރަސްގެފާނާއި، މި އެންމެންގެ ލޭ ޤުރުބާން ކޮށްގެން، އޭރުގައިހުރި ބޮޑެތި ބާރުތައް، އަނދިރި އަނދިރިންނާއި، ޕޯޗުގީޒުންނާއި މީހުންގެ ކިބައިން މިނިވަންކޮށްފައި އޮތް ސައްތައިން ސައްތަ އިސްލާމީ މުޖުތަމަޢުއެއް

އައްޝައިޚް އަޙުމަދު ސަމީރު

މިފަދަ އިސްލާމީ މުޖުތަމަޢުއެއް އަމިއްލަ މުދަލުން ހޭދަކޮށްގެން ހަލާކުކޮށްލާއިރު އެކަމާއިމެދު ޤިޔާމަތްދުވަހުން ޖަވާބުދާރީ ވާންޖެހޭނެ ކަމަށް ޝެއިޚް ވިދާޅުވިއެވެ. 

ތިބާ މިއަދު އައިސް ހުރެގެން، ތިބާއަށް މާތް ރަސްކަލާނގެ ދެއްވި މުދަލުން ހަލާކުކުރަމުން ދާއިރުގައި، ސުވާލު އުފައްދަންޖެހޭ، ވިސްނާލަންޖެހޭ، މާދަމާ ރައްބުގެ ހަޟުރަތުގައި އެންމެ ފުރަތަމަ ހިސާބަށް ތިބާ ކުރިމަތިލާންޖެހޭ ދުވަހު، އެންމެ ފުރަތަމަ ރަސޫލާ ﷺ އާއި ތުބާ ބައްދަލުވާ ދުވަހު، ތިބާ އުއްމަތުގެ ދަރިއެއްގެ ހައިސިއްޔަތުން އެކަލޭގެފާނުގެ ކުރިފުޅުމަތީގައި، ތިބާ ދައްކާނީ ކޮން މޫނެއްތޯ؟ އިސްލާމެއްގެ ގޮތުގައި ތިބާ ހުރެ، އިސްލާމީ އުއްމަތަށް ނިސްބަތްވާ، އިސްލާމީ ޤައުމަކަށް ނިސްބަތްވާ މީހެއްގެ ގޮތުގައި ހުރެ، މާތް ރަސްކަލާނގެ ދެއްވި މުދަލާއި ތަނަވަސްކަމުން މި މުޖުތަމަޢު ފަސާދަކޮށްފައި، މި އުންމަތް ހަލާކުކޮށްފައި، އުއްމަތުގެ ޒުވާނުން ވާ ވައްދާފައި، އުއްމަތުގެ ޒުވާނުން މަގުފުރައްދާފައި، ތިބާ ޤިޔާމަތްދުވަހު ގޮސް ކޮން ޖަވާބެއްތޯ ދޭނީ؟ މިއީ އާދައިގެ ވާހަކައެއްނޫން މި ދައްކަނީ

އައްޝައިޚް އަޙުމަދު ސަމީރު

ޝެއިޚް ވިދާޅުވީ، އެފަދަ މީހުން އެމީހުންނަށް މާތްالله ދެއްވި މުދާ ހޭދަކުރަމުން އެދަނީ އުއްމަތް ހަލާކު ކުރަން ކަމަށެވެ. އަދި އެއީ މުޖުތަމަޢު އެއްބައިވަންތަކޮށް މުޖުމަޢުގެ މެދުގައި ރިވެތި އަޚްލާގު ފަތުރަން ކުރެވޭ ޚަރަދެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ. އެހެނެއްކަމަކު އެއީ މުޖުތަމަޢުގައި ފަސާދައާއި ނޭއްގާނީ ކަންކަން ފެތުރުމަށް ކުރެވޭ ޚަރަދެެްކަން ޝެއިޚް ފާހަގަކުރެއްވިއެވެ.

ޢީދު އުފާ އިމުގެތެރޭ ފޯރަމްގެ ތެރެއިން: ފޮޓޯ/ ހުޝާން

"އީދު އުފާ އިމުގެތެރޭ" އަކީ ގިނަ އަދަދެއްގެ މަދަނީ ޖަމިއްޔާތައް ގުޅިގެން އުފައްދާފައިވާ "ފަލަސް" ހަރަކާތުން ފެށި ކެމްޕެއިނެކެވެ. "ފަލަސް" ހަރަކާތަކީ މިދިޔަ އަހަރު އުފެއްދި ހަރަކާތެކެވެ. އެއީ ރާއްޖޭގެ ދައުވަތުގެ މައިދާނުގައި އެންމެ ހަރަކާތްތެރި ޖަމިއްޔަތުއް ސަލަފުގެ އިސް ނެގުމަށް ރާއްޖޭގެ ކޮންމެ އަތޮޅަކުން ޖަމިއްޔާއެއް ހިމެނޭގޮތަށް އިފްތިތާހު ކުރި ހަރަކާތެކެވެ.

އެ ހަރަކާތުން "އީދު އުފާ އިމުގެތެރޭ" ނަމުގައި ޚާއްސަ ކެމްޕެއިނެއް ފެށީ އީދުގެ ހަރަކާތްތައް އިސްލާމްދީނުގެ އިމުގެ ތެރޭގައި އެ ދީން ހުއްދަ ކުރާ ގޮތަށް ކުރިއަށް ގެންދިއުމަށް ބާރު އެޅުމުގެ ގޮތުންނެވެ.

ކޮމެންޓް
ބަޗީ
ޖަޒާކުމުﷲ ޚައިރާ
27 Apr 2025
ގުޅޭ ލިޔުންތައް
12 Sep 2026
މޫސުން ވަރަށް ގޯސްވެއްޖެ. ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓް
ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، ސަލާމަތީ ވަސީލަތްތައް ފުރިހަމައަށް ހުރިތޯ ޔަޤީންކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އަންގާފައެވެ
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.