ޣައްޒާގެ ކުޑަކުއްޖެއް: ފޮޓޯ/ ރޮއިޓާސް
ދުނިޔެ
27 Apr 2025 | 12:08
ޣައްޒާގެ މުސްލިމުން ބަނޑަށް ޖެއްސުމަށްފަހު ފުލުފުލުން ހަމަލާދީ އިއްޔެ އެކަނިވެސް 40 މީހުން ޝަހީދުކޮށްލައިފި

އިސްރާއީލުގެ ނިރުބަވެރިން ޣައްޒާއަށް ދެމުންދާ ހަމަލާތައް އިތުރަށް ހަރުކަށިވެ، އިއްޔެ ހޮނިހިރު ދުވަހު އެކަނި 40 އަށްވުރެ ގިނަ ފަލަސްތީނުން ޝަހީދުކޮށްލައިފިއެވެ.

މި ހަމަލާތައް ދީފައިމިވަނީ ޣައްޒާގެ ބޯޑަރުތައް ބަންދު ކުރުމުގެ ސަބަބުން އެ ތަނުގެ މުސްލިމުން "ބަނޑަށްޖެހިފައިވާ" ކަމަށް އެހީގެ ޖަމާއަތްތަކުން އިންޒާރުދެމުންދާ ދަނޑިވަޅެއްގައެވެ.

ޤަތުލު އާއްމު މެދުކަނޑާލުމަށްފަހު މާރިޗު 18 ގައި އަލުން ފަށާފައިވާއިރު، އިސްރާއިލުން ދަނީ ހުއްޓުމެއްނެތި ޣައްޒާއަށް ބޮން އަޅަމުންނެވެ.

ހަމާސް އިން ބުނެފައިވާ ގޮތުގައި، އެ ޖަމާއަތުން މިސްރުގެ ވެރިރަށް ކައިރޯގައި ހަނގުރާމަ ހުއްޓުވުމާއި، ގައިދީން ދޫކޮށްލުމާއި، ޣައްޒާ އަލުން އާރާސްތުކުރުމުގެ މަސައްކަތްތައް ހިމެނޭ ފުރިހަމަ އެއްބަސްވުމަކަށް ވާސިލުވުމުގެ މަޝްވަރާތައް ދަނީ ކިރަމުންނެވެ. މި މަޝްވަރާތަކުގައި ބައިވެރިވި ހަމާސްގެ ވަފުދުގެ އިސްވެރިޔާއަކީ މުޖާހިދު މުޙައްމަދު ދަރުވީޝްއެވެ.

މި ބައްދަލުވުމުގައި ޣައްޒާގެ އިންސާނީ ހާލަތާ ބެހޭ ގޮތުން ވެސް މަޝްވަރާކުރެވުނު. ދެ މަސް ދުވަހުގެ މުއްދަތަށް އެއްކޮށް ޣައްޒާ ބަންދު ކުރުމަށްފަހު، އެހީއާއި ކާބޯތަކެތި ވެއްދުން ހުއްޓުވާފައިވާ ކަން ފާހަގަކުރެވުނު،" ހަމާސް އިން ބުނެފައިވެއެވެ.

މި ދަނޑިވަޅުގައި، އެމެރިކާއިން ޔަމަނުގެ ހޫތީންނާ ދެކޮޅަށް ހިންގަމުންދާ ހަމަލާތައް ވެސް ދަނީ ކުރިއަށެވެ. މީޑިއާ ރިޕޯޓުތަކުން ބުނާ ގޮތުގައި، ޔަމަނުގެ ވެރިރަށް ސަނާގެ އެކި ސަރަހައްދުތަކަަހައްދުތަކަށް އެމެރިކާއިން ދިން ހަމަލާތަކުގައި މަދުވެގެން 8 މީހުން ޒަޚަމްވެފައިވެއެވެ.

ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން އަޕްޑޭޓްކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިހާތަނަށް 61,700 އަށްވުރެ ގިނަ ފަލަސްތީނުން ޝަހީދުވެފައިވެއެވެ. މީގެ ތެރޭގައި ހަލާކުވެފައިވާ އިމާރާތްތަކުގެ ތެރެއިން ނުފެނި ގެއްލިފައިވާ މީހުން ހިމެނެއެވެ. އަދި މަދުވެގެން 51,495 ފަލަސްތީނުން ޝަހީދުވެފައިވާކަން ކަށަވަރުވެފައިވާ އިރު، 117,524 މީހުން ޒަޚަމްވެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.
05 Oct 2026
34 ހާސް ރުފިޔާއަށް ގަނެވެން އޮތް އެއްޗެއް އެކުއެޓޯރިއަލް ހޮސްޕިޓަލުން ގަތީ 1.7 މިލިއަން ރުފިޔާއަށް
އޮޑިޓުން އެނގޭ ގޮތުގައި ބޮޑުއަގުގައި އެއްޗެހި ގަތް އެ މައްސަލަ އޭސީސީއަށްވެސް ވަނީ ހުށަހަޅާފައެވެ. އަދި ކޮމިޝަނުން ދަނީ މި މައްސަލަ ބަލަމުންނެވެ. އޮޑިޓް އޮފީހުން ވަނީ މި މައްސަލަ ބަލައި ނުނިމެނީސް އެތަކެތި ސަޕްލައިކޮށްދިން ފަރާތުން ހުށަހެޅި އެއްވެސް ބިލަކަށް ފައިސާ ނުދެއްކުމަށްވެސް އެދިފައެވެ.
05 Oct 2026
މާލޭގައި ބަނގުރާ ވިޔަފާރިކުރި އިންޑިއާގެ ދެ މީހަކު ހައްޔަރު ކޮށްފި
ފުލުހުން މައުލޫމާތު ދޭ ގޮތުގައި ހައްޔަރުކުރީ އުމުރުން 30 އަހަރުގެ ޕްރަވީން ސެންތިލްކުމާރާއި 23 އަހަރުގެ ކަންނަން އިރުލައްޕަންއެވެ.
05 Oct 2026
ސްކޫލުތައް އުފާވެރި މާޙައުލަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ: މިނިސްޓަރ
އެ ޚިޠާބުގައި ވަޒީރު ފާހަގަކުރެއްވީ ޢިލްމީ ފަންނުވެރި އަދި މަސައްކަތްތެރި ޖީލެއް ބިނާކުރުމުގައި މުދައްރިސުން ވާ ގުރުބާނީ ބަލައިގަތުމުގެ މުހިންމުކަމެވެ. މުޖުތަމަޢުގައި މުދައްރިސުންނަށް ޙައްޤު ގަދަރާއި އިޙްތިރާމު އިތުރުކޮށް އެ ދާއިރާ ކުރިއެރުވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
05 Oct 2026
ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި
ފުލުހުން ބުނީ، މާލެއިން ފުރައިގެން އއ. ހިމަންދޫއަށް ދަތުރުކުރި ލޯންޗަކުން ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
05 Oct 2026
ކިނބިދޫ ގޮނޑުދޮށުން ވެލި ނުނެގުމަށް ކައުންސިލުން އިލްތިމާސްކޮށްފި
އެ ކައުންސިލުން ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުގައި ގޮނޑުދޮށުން ވެލި ނެގުމާ ގުޅޭ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ދަނީ ލިބެމުންނެވެ.
05 Oct 2026
މާލޭ ޓްރެފިކް މައްސަލައާ ގުޅޭ ގޮތުން މާލެ ޓްރާންސްޕޯޓް އޮފީހުން ސީޕީއާ ބައްދަލުކޮށްފި
ޝަހީދު ޙުސައިން އާދަމް ބިލްޑިންގުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައި ވަނީ ގްރޭޓާ މާލެ ސަރަޙައްދުގެ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅެން ހުރި ފިޔަވަޅުތަކާ ގުޅޭ ގޮތުން ކަމަށް ފުލުހުން ބުނެފައިވެއެވެ.
05 Oct 2026
މުދައްރިސުންނަކީ ޤައުމުގެ ކުރިމަގު ބައްޓަންކޮށް ހިތްވަރު ދީ މަގު ދައްކައިދޭ ފަރާތް: ނައިބު ރައީސް
ދުނިޔޭގެ ޓީޗަރުންގެ ދުވަހާ ގުޅިގެން ރާއްޖޭގެ ނައިބު ރައީސް މުދައްރިސުންގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި އެ ފަރާތްތަކަށް އެއްބާރުލުން ދިނުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.