އިންޑިއާގެ ސިފައިންތަކެއް... ފޮޓޯ: އަލް ޖަޒީރާ
ދުނިޔެ
27 Apr 2025 | 20:58
ކަޝްމީރުގައި އިންޑިއާ ސިފައިން ކުރިއަށްގެންދާ އޮޕަރޭޝަންތައް ވަރުގަދަކޮށްފި

ކަޝްމީރުގައި އިންޑިއާ ސިފައިން ހިންގަމުން އަންނަ އޮޕަރޭޝަންތައް ވަރުގަދަކޮށްފައިވާކަމަށް މީޑިއާތަކުން ބުނަން ފަށައިފިއެވެ.

ކަޝްމީރުގެ އިންޑިއާގެ ކޮންޓްރޯލް އޮންނަ ސަރަހައްދުތަކުގައި ކުރިއަށްގެންދާ އޮޕަރޭޝަންތައް ސިފައިން ވަރުގަދަކޮށްފައިމިވަނީ، މިފަހުން ކަޝްމީރުގެ ބަހަލްގަމްގައި ދިން ނުރައްކާތެރި ހަމަލާތަކަށްފަހުގައެވެ. އަލް ޖަޒީރާއިން ވަނީ އިންޑިއާ ސިފައިން ކުރިއަށްގެންދާ އޮޕަރޭޝަންތަކުގައި މިއަދުވެސް ގިނަ ގެތަކެއް ބިމާހަމަކޮށްލާފައިވާކަމަށް ބުނެފައެވެ. ނަމަވެސް އިންޑިއާ ސިފައިން ހަމަލާތައްދީ ބިމާހަމަކޮށްލާފައިވަނީ ހަނގުރާމަވެރި ޖަމާއަތްތަކަށް ނިސްބަތްވާ މީހުންގެ ގެތަށްކަމަށް އިންޑިއާގެ ނޫސްތަކުން ވަނީ ބުނެފައެވެ.

މި ހާދިސާއާ ގުޅިގެން އިންޑިއާގެ ސިފައިން ބުނީ އެޤައުމުގެ ޖަލުތަކުގައި ބަންދުކޮށްފައި ތިބި ޤައިދީންގެ 63 ގެ ރެއިޑުކޮށްފައިވާ އެޤައުމުގެ ފުލުހުން ބުނެއެވެ. ކަޝްމީރުގައި ހިންގަމުންދާ ހަމަލާތަކާ ގުޅިގެން މިހާތަނަށް 1500 އަށް ވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފައެވެ.

އިންޑިއާ ސިފައިން ކުރިއަށްގެންދާ އޮޕަރޭޝަނާ ގުޅޭގޮތުން ކަޝްމީރުގެ ހަނގުރާމަވެރިންގެ ފަރާތުން ބުނެފައިވަނީ، އެޖަމާއަތަށް ނިސްބަތްވާ މީހުންގެ ގެތަކައްކަމަށްބުނެ، ރައްޔިތުންގެ ގެތައްވެސް ހަލާކުކުރަމުންދާކަމަށެވެ. އިންޑިއާ ސިފައިން ވަނީ ހަމަލާ ދިން ސަރަހައްދު ކަމަށްވާ އަނަންތްނާގް ޑިސްޓްރިކްޓުން 175 މީހުން ހައްޔަރުކޮށްފައެވެ.

ކަޝްމީރުގައި ދިން ހަމަލާއާ ގުޅިގެން އިންޑިއާ އާއި ޕާކިސްތާނުގެ ދެމެދުގައި ހަމަނުޖެހުންތައް ވަނީ އިތުރުވެފައިވެއެވެ. އިންޑިއާއިން ވަނީ އިންޑަސް ވޯޓާސް ޓްރީޓީ ހުއްޓާލުމާއި، ޕާކިސްތާނީ ޑިޕްލޮމެޓުން ބޭރުކުރުމާއި، ޕާކިސްތާނު މީހުންނަށް ދޫކުރާ ވިސާ ހުއްޓާލުމާއި، މީޑިއާގެ މައްޗަށް ކޮންޓްރޯލް އިތުރުކުރުން ފަދަ ފިޔަވަޅުތަކެއް އަޅާފައެވެ.

ޕާކިސްތާނުން ވަނީ މި ތުހުމަތުތައް ދޮގު ކޮށްފައެވެ. އޭގެ ފަހުން އެ ގައުމުންވެސް ފިޔަވަޅުތަކެއް އަޅާފައި ވެއެވެ. އޭގެ ތެރޭގައި އިންޑިއާގެ ޑިޕްލޮމެޓުން ބޭރުކުރުމާއި، އިންޑިއާގެ މީހުންނަށް ދޫކުރާ ވިސާ ހުއްޓާލުމާއި، އެއަރސްޕޭސް ބަންދުކުރުމާއި، އިންޑިއާއާއެކު ކުރާ ވިޔަފާރި ހުއްޓާލުން ފަދަ ފިޔަވަޅުތައް ހިމެނެއެވެ.

މިދިޔަ އަންގާރަދުވަހު ފަތުރުވެރިންގެ ބަޔަކަށް އަމާޒުކޮށްދިން އެ ހަމަލާތަކުގައި 26 މީހަކު މަރާލާފައިވާއިރު 40 ހަށްވުރެ ގިނަ މީހުން ޒަހަމްވިއެވެ. މިއީ މި ފަހަކަށްއައިސް ކަޝްމީރުގެ އިންޑިއާ ކޮންޓްރޯލްކުރާ ސަރަހައްދުގައި ދިން މިފަދަ އެންމެ ނުރައްކާތެރި ހަމަލާއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
25 Aug 2026
އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ ތާރީޚީ މިސްކިތެއް ބިމާ ހަމަކޮށްލައިފި
ޣައްޒާގެ ދެއިރް ބަލަޙުގައި ހުންނަ އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ އަބޫ ސަލީމް މިސްކިތަށް އިސްތިއުމާރީ އިސްރާއީލުން ހޯމަ ދުވަހު ދިން ވައިގެ ހަމަލާއެއްގައި އެ މިސްކިތް މުޅިން ހަލާކުކޮށްލައިފިއެވެ.
25 Aug 2026
އިންޑިއާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޗައިނާގައި
ދެ ދުވަހުގެ މި ރަސްމީ ދަތުރުފުޅުގައި ދޯވާލް، ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ ދެ ގައުމުގެ ޚާއްޞަ މަންދޫބުންގެ ފެންވަރުގައި ބާއްވާ ބޯޑަރު މަޝްވަރާތަކުގެ ތެރެއިންނެވެ
25 Aug 2026
އަވަށްޓެރި ގައުމުތަކަށް ދިން ޚާއްސަ އިނާޔަތްތަކާއެކު އިންޑިއާއަށް ބޭރުގެ އިތުރު އިންވެސްޓްމަންޓްތަކެއް
އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ބުނާގޮތުގައި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓްގެ ގޮތުގައި މިހާތަނަށް 511.5 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 48.95 ބިލިއަން އިންޑިއަން ރުޕީސްގެ ހުށަހެޅުން ލިބިފައިވާކަމަށެވެ.
25 Aug 2026
ޓެރަރިޒަމް ސްޕޮންސާ ކުރާ ޤައުމުތަކުގެ ލިސްޓުން ސީރިއާ އުނިކޮށްފި
އެމެރިކާއިން 1979 ވަނަ އަހަރުން ފެށިގެން ޓެރަރިޒަމަށް ހިތްވަރުދޭ ޤައުމުތަކުގެ ލިސްޓުގައި ސީރިއާ ހިމެނުމަށް ފަހު، އެ ޤައުމު ލިސްޓުން އުނިކޮށް އިންވެސްޓްމެންޓަށް ހުރި ބޮޑެތި ހުރަސްތައް ނައްތާލައިފިއެވެ.
25 Aug 2026
ރަސްމާލެއިން ހިއްކި ބިން ގަމަށް ވުރެ ބޮޑުވެއްޖެ
ރަސްމާލެ ބިން ހިއްކުމުގެ 62 އިންސައްތަ ނިމި، ޖުމްލަ 1,150 ހެކްޓަރުގެ ތެރެއިން 609 ހެކްޓަރަށް ވުރެ ބޮޑު ބައެއް ހިއްކައި ގަމަށް ވުރެ ބޮޑުވެފައިވާ ކަމަށް ހައުސިން ވުޒާރާއިން ހާމަކޮށްފިއެވެ.
24 Aug 2026
ބައްސާމް ވަގުތީގޮތުން ގެއަށް ބަދަލުކޮށްފި
ބައްސާމް ގެއަށް ބަދަލުކޮށްފައިވަނީ އޭނާގެ ސިއްހީ ހާލަތު ހުރިގޮތުން މެޑިކަލް ބޯޑުގެ ލަފާގެ މަތިން ވަގުތީ ގޮތުންނެވެ.