ޖެޓް ގަތުމަށް އިންޑިއާ އާއި ފްރާންސާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުމަށްފަހު.. ފޮޓޯ: އިންޑިއަން އެކްސްޕްރެސް
ދުނިޔެ
29 Apr 2025 | 15:10
އިންޑިއާއިން ހަނގުރާމަ މަތީ 26 ޖެޓް ގަންނަނީ!

ފަރަންސޭސިވިލާތުން އުފައްދާ ރަފޭލް މަރުކާގެ 26 ހަނގުރާމަމަތީ ޖެޓް ގަތުމަށް އިންޑިއާއިން ހޯމަ ދުވަހު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި 26 ޖެޓްގެ އަގު 7.41 ބިލިއަން ޑޮލަރަށް އަރައެވެ. މި ޖެޓްތައް ގަތުމަށް އިންޑިއާގެ ސެކިއުރިޓީ ކެބިނެޓުން މިމަހުގެ ކުރީކޮޅު ވަނީ ރުހުން ދީފައެވެ. ފަރަންސޭސީ ފަހުގެ ޖެޓްތައް ގަތުމަށް އިންޑިއާއިން އަނެއްކާވެސް އެއްބަސްވުމެއްގައި ސޮއިކޮށްފައި މިވަނީ އެގައުމުގެ ދިފާޢީ ވަސީލަތްތައް ޒަމާނީކޮށް ތަރައްޤީކުރުމަށް ބޮޑުވަޒީރު ނަރެންދްރަ މޯދީ ގެންގުޅުއްވާ ސިޔާސަތުގެ ތެރެއިންނެވެ. މި ސިޔާސަތުގެ ތެރެއިން އިންޑިއާއިން ކުރަމުންދާ އެއް މަސައްކަތަކީ ރަޝިޔާގެ އަސްކަރީ އުފެއްދުންތަކަށް ބަރޯސާވެފައިވާ އޮތުން ކުޑަކުރުމެވެ.

އިންޑިއާއިން ގަންނަން އުޅޭ ބާވަތުގެ ޖެޓެއް... ފޮޓޯ: ފައިނޭންޝަލް ޓައިމްސް

އިންޑިއާގެ ވައިގެ ސިފައިންގެ ގިނަ ޖެޓްތަކަކީ ރަޝިޔާގެ އުފެއްދުންތަކެވެ. އެހެންނަމަވެސް މިހާރުވެސް ފަރަންސޭސީ އަސްކަރީ ހާޑްވެއަރ އިންޑިއާއިން ބޭނުންކުރެއެވެ. އެގޮތުން 1980 ގެ އަހަރުތަކުގައި ގަތް މިރާޖް 2000 މަރުކާގެ އަސްކަރީ ޖެޓްތަކާއި ފަރަންސޭސީ ސްކޯޕީން ކްލާސް ސަބްމެރިން ހިމެނެއެވެ.

މިފަހަރު އޯޑަރު ދިން ރަފޭލް ޖެޓްތަކަކީ އިންޑިއާގެ ކަނޑުގެ ސިފައިންގެ ބޭނުމަށް އޯޑަރުކުރި ޖެޓްތަކެވެ. އިންޑިއާގެ ވައިގެ ސިފައިން މިހާރުވެސް 36 ރަފޭލް ޖެޓް ބޭނުންކުރިނަމަވެސް ކަނޑުގެ ސިފައިން މައިގަނޑު ގޮތެއްގައި ބޭނުންކުރަނީ ރަޝިޔާގައި އުފައްދާ މިގް-29 ޖެޓްތަކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.