ޚާން ޔޫނިސްގައި އަންހެނަކު ވެލާމަސް ކެއްކުމުގައި..
ދުނިޔެ
01 May 2025 | 10:14
ޢައްޒާގެ ރައްޔިތުންގެ ދުވަހުގެ ކެއުމަށް އެންމެފަހުން ވެލާމަސް!

އިސްރާއީލޭ ކިޔާ ޤައުމެއް ފަލަސްތީނުގެ ބިމުގައި ގަދަކަމުން އުފެއްދުމުގެ އެތަކެއްހާސް އަހަރުކުރިއަށް ބަލާއިރު، ފަލަސްތީނަކީ ދަނޑުވެރިކަމަށް އެންމެ ފާހަގަކޮށްލެވޭ އެއް ޤައުމެވެ. ފަލަސްތީނުގެ ދަނޑުވެރިކަމުގެ ތާރީހު އަނެއްފުށަށް ޖެހުނީ އިސްރާއީލް ނަމުގައި ޤައުމެއް އުފައްދައި ފަލަސްތީނު ރައްޔިތުންނަށް ދުއްތުރާކުރަން ފެށި ހިސާބުންނެވެ. އިސްރާއީލް އުފެއްދުމަށްފަހު 1967 ވަނަ އަހަރަށްފަހު އެޤައުމުން ދިޔައީ ފަލަސްތީނުގެ ދަނޑުވެރިކަމަށް އެކިގޮތްގޮތުން ހުަރަސްތައް ކުރިމަތިކުރުވަމުންނެވެ. އެގޮތުން ދަނޑުތަކަށް ފެންފޯރުކޮށްދިނުމުގެ ނިޒާމު ފުނޑާލުމާއި ފަލަސްތީނުގެ ދަނޑުވެރިންގެ ތަކެތި އެޤައުމުން ބޭރަށް އެކްސްޕޯޓްކުރުމަށް އިސްރާއީލުން ދިޔައީ ފިއްތުންތައް ކުރިމަތިކުރުވަމުންނެވެ.

ފަލަސްތީނުގެ ތާރީހުގައިވެސް އިސްރާއީލްގެ ފަރާތުން އެޤައުމުގެ ދަނޑުވެރިންނަށް އެންމެބޮޑު މުސީބާތަކާ ކުރިމަތިލާންޖެހުނީ ވޭތުވެދިޔަ އަހަރުތަކުގައެވެ. އެގޮތުން 2023 ވަނަ އަހަރުގެ އޮކްޓޯބަރުމަހުން ފެށިގެން އިސްރާއީލުން ޢައްޒާގައި ހިންގަންފެށި ހަނގުރާމައިގެ ޖަރީމާތަކުގައި ފަލަސްތީނުގެ ދަނޑުވެރިކަން މުޅިންހެންވަނީ ފުނޑާލާފައެވެ. 

އިރެއްގައި ތަރުކާރީއާއި މޭވާގެ އިތުރުން އެއްގަމު މަސް ކައިގެން އުޅުނު ފަލަސްތީނުގެ ރައްޔިތުން މިއަދު ތިބީ ކާނެގޮތެއްނެތިފައެވެ. ފަލަސްތީނުގެ ރައްޔިތުންގެ ތެރެއިން ހާއްސަ ގޮތެއްގައި ޢައްޒާސިޓީގެ ރައްޔިތުން މިއަދު އުޅެމުންދަނީ ބަނޑުހައި ހޫނުކަންމަތީގައެވެ. ޢައްޒާގައި މިއަދު ތަރުކާރީ އާއި މޭވާއަކީ މަހުޖަނުންނަށް ނޫނީ ނުގަނެވޭނެ އަގުބޮޑު ތަކެއްޗެވެ. އެއްގަމު މަހަކީ މިހާރު ޢައްޒާއިން ލިބޭ އެއްޗެއް ނޫނެވެ. އަނެއްކޮޅުން ޢައްޒާއަށް ކާބޯތަކެތި ހިފައިގެންދާ ޓްރަކްޓަރުތައްވެސް އިސްރާއީލުން އޮތީ ހިސޯރުކޮށްފައެވެ. އިސްރާއީލް ސިފައިންގެ ދަތިކުރުންތަކާހެދި ޢައްޒާއަށް ކާނާގެ ބާވަތްތައް ވެއްދޭނެ ގޮތެއް ނެތެވެ.

މިހާލަތުގައި ޢައްޒާގެ ރައްޔިތުން މިހާރު ބަނޑުހައިހޫނުން ސަލާމަތްވުމަށް ކެއުމަށް ބޭނުންކުރަމުންދަނީ ވެލާމަހެވެ. ހާން ޔޫނިސްގެ ޓެންޓްތަކުގައި އުޅެމުންދާ މަސްވެރިން ކޮންމެ ދުވަހަކުމެ ވެލާ ހިފުމަށް ނިކުންނައިރު، ވެލާ މަހަކީ ޢައްޒާގެ ރައްޔިތުންނާ ވަރަށް ބީރައްޓެހި އެއްޗެކެވެ.

"މިއީ މީގެކުރިން އަހަރުމެން ކައި އުޅުނު އެއްޗެއް ނޫން. އެކަމް މިހާރު މި ނޫން އެއްޗެއް ނުލިބޭ" ހާން ޔޫނިސްގެ މޫދު ސަރަހައްދުގައި ޓެންޓް ޖަހައިގެން އުޅޭ އަބްދެލް ހާލިމް އަލް ޖަޒީރާއާ ވާހަކަދައްކަމުން ބުންޏެވެ. 

ޢައްޒާގެ ރައްޔިތުން ވެލާމަސް ހޯދުމަށް ކުރާ ދަތުރަކީވެސް ބިރުވެރިކަމުން ފުރިގެންވާ ދަތުރެކެވެ. އިސްރާއީލްގެ ސިފައިން އޮންނަނީ ފަލަސްތީނަށް ނިސްބަތްވާ ރައްޔިތުންނަށް މޫދަށްއެރި މަސްހިފުން މަނާކޮށްފައެވެ. މޫދަށް މަސްހިފަން ފައިބައިފިކަން އެނގިއްޖެނަމަ ވައިގެމަގުން އައިސް ހަމަލާދެއެވެ.

"ވެލާ ހިފުމަކީވެސް އަހަރުމެންނަށް ފަސޭހަކަމެއްނޫން. އަހަރެމެން މޫދުގައި ތިއްބާ ކިތަންމެ ދުވަހަކު ހަމަލާދީފައި އެބަހުރި. މިކަންކުރަނީ ފުރާނަ އަތްމައްޗަށް ލައިގެން. އެކަން ކީއްކުރާނީ ބަނޑުހައިހޫނުން ސަލާމަތްވާން މިނޫން އެހެންގޮތެއްނެތް" އަބްދެލް ބުންޏެވެ.

އިސްރާއީލުން ފަލަސްތީނު ރައްޔިތުންނަށް ދެމުންގެންދާ ހަމަލާތަކުގައި މިދިޔަ އަހަރު އެކަނިވެސް ފަލަސްތީނަށް ނިސްބަތްވާ 200 އަށްވުރެ ގިނަ މަސްވެރިންވަނީ ޝަހީދުކޮށްލާފައެވެ. މީގެ އިތުރުން މަސްވެރިކަމުގެ ވަސީލަތްތަކަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއްދީފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.
05 Oct 2026
34 ހާސް ރުފިޔާއަށް ގަނެވެން އޮތް އެއްޗެއް އެކުއެޓޯރިއަލް ހޮސްޕިޓަލުން ގަތީ 1.7 މިލިއަން ރުފިޔާއަށް
އޮޑިޓުން އެނގޭ ގޮތުގައި ބޮޑުއަގުގައި އެއްޗެހި ގަތް އެ މައްސަލަ އޭސީސީއަށްވެސް ވަނީ ހުށަހަޅާފައެވެ. އަދި ކޮމިޝަނުން ދަނީ މި މައްސަލަ ބަލަމުންނެވެ. އޮޑިޓް އޮފީހުން ވަނީ މި މައްސަލަ ބަލައި ނުނިމެނީސް އެތަކެތި ސަޕްލައިކޮށްދިން ފަރާތުން ހުށަހެޅި އެއްވެސް ބިލަކަށް ފައިސާ ނުދެއްކުމަށްވެސް އެދިފައެވެ.
05 Oct 2026
މާލޭގައި ބަނގުރާ ވިޔަފާރިކުރި އިންޑިއާގެ ދެ މީހަކު ހައްޔަރު ކޮށްފި
ފުލުހުން މައުލޫމާތު ދޭ ގޮތުގައި ހައްޔަރުކުރީ އުމުރުން 30 އަހަރުގެ ޕްރަވީން ސެންތިލްކުމާރާއި 23 އަހަރުގެ ކަންނަން އިރުލައްޕަންއެވެ.
05 Oct 2026
ސްކޫލުތައް އުފާވެރި މާޙައުލަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ: މިނިސްޓަރ
އެ ޚިޠާބުގައި ވަޒީރު ފާހަގަކުރެއްވީ ޢިލްމީ ފަންނުވެރި އަދި މަސައްކަތްތެރި ޖީލެއް ބިނާކުރުމުގައި މުދައްރިސުން ވާ ގުރުބާނީ ބަލައިގަތުމުގެ މުހިންމުކަމެވެ. މުޖުތަމަޢުގައި މުދައްރިސުންނަށް ޙައްޤު ގަދަރާއި އިޙްތިރާމު އިތުރުކޮށް އެ ދާއިރާ ކުރިއެރުވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
05 Oct 2026
ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި
ފުލުހުން ބުނީ، މާލެއިން ފުރައިގެން އއ. ހިމަންދޫއަށް ދަތުރުކުރި ލޯންޗަކުން ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
05 Oct 2026
ކިނބިދޫ ގޮނޑުދޮށުން ވެލި ނުނެގުމަށް ކައުންސިލުން އިލްތިމާސްކޮށްފި
އެ ކައުންސިލުން ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުގައި ގޮނޑުދޮށުން ވެލި ނެގުމާ ގުޅޭ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ދަނީ ލިބެމުންނެވެ.
05 Oct 2026
މާލޭ ޓްރެފިކް މައްސަލައާ ގުޅޭ ގޮތުން މާލެ ޓްރާންސްޕޯޓް އޮފީހުން ސީޕީއާ ބައްދަލުކޮށްފި
ޝަހީދު ޙުސައިން އާދަމް ބިލްޑިންގުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައި ވަނީ ގްރޭޓާ މާލެ ސަރަޙައްދުގެ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅެން ހުރި ފިޔަވަޅުތަކާ ގުޅޭ ގޮތުން ކަމަށް ފުލުހުން ބުނެފައިވެއެވެ.
05 Oct 2026
މުދައްރިސުންނަކީ ޤައުމުގެ ކުރިމަގު ބައްޓަންކޮށް ހިތްވަރު ދީ މަގު ދައްކައިދޭ ފަރާތް: ނައިބު ރައީސް
ދުނިޔޭގެ ޓީޗަރުންގެ ދުވަހާ ގުޅިގެން ރާއްޖޭގެ ނައިބު ރައީސް މުދައްރިސުންގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި އެ ފަރާތްތަކަށް އެއްބާރުލުން ދިނުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.