އުރީދޫއިން މިއަހަރުގެ މާޗްމަހު ބޭއްވި އޭޖީއެމްގެ ތެރެއިން... ފޮޓޯ: އުރީދޫ
ވިޔަފާރި
01 May 2025 | 15:02
ފުރަތަމަ ކުއާޓަރުގައި އުރީދޫއަށް 168 މިލިއަން ރުފިޔާގެ ފައިދާއެއް!

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އުރީދޫ މޯލްޑިވްސްއަށް 168 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައިވާކަމަށް އެކުންފުނިން ބުނެފިއެވެ.

އުރީދޫއިން ނެރެފައިވާ މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ މާލީބަޔާނަށް ބަލާއިރު މި ކުއާޓަރުގައި އެކުންފުންޏަށް ވަނީ 547 މިލިއަން ރުފިޔާގެ އާމްދަނީގެ ލިބިފައެވެ. މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އުރީދޫއަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ، 554 މިލިއަން ރުފިޔާއެވެ.

ފުރަތަމަ ކުއާޓަރުގައި އުރީދޫއަށް 168 މިލިއަން ރުފިޔާ ލިބުނުއިރު މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު، 4 އިންސައްތަ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އުރީދޫއަށް ފައިދާގެ ގޮތުގައި ލިބިފައިވަނީ 162 މިލިއަން ރުފިޔާއެވެ.

މިދިޔަ ކުއާޓަރުގެ މާލީބަޔާނުގެ ރިޕޯޓަށް ބަލާއިރު އެ ކުއާޓަރުގެ ތެރޭގައި އުރީދޫއިން ވަނީ ކަސްޓަމަރުންނަށް އަމާޒުކޮށް ގިނަ ހަރަކާތްތަކެއް ހިންގާފައެވެ. މީގެ ތެރޭގައި ރަމަޟާންމަހަށް ހާއްސަކޮށްގެން ކުރިއަށްގެންދިޔަ ކަރާފެޅުން ޕްރޮމޯޝަނާއި، ރޯދައިގެ ނޫރު ފާހަގަކޮށްލެވެއެވެ.

އުރީދޫ މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާގައި، މިއަހަރުގެ މާޗްމަހު ބޭއްވިއިރު، މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާއަކަށް 3.43 ރުފިޔާ ފައިދާގެ ގޮތުގައި ބެހުމަށް ވަނީ ފާސްކޮށްފައެވެ. އުރީދޫއިން ގެންދަނީ ރާއްޖޭގެ އާބާދީގެ 80 އިންސައްތައަށް 5ޖީ ނެޓްވަރކްގެ ހިދުމަތް ފޯރުކޮށްދެމުންނެވެ. މީގެ އިތުރުން އުރީދޫއިން ވަނީ ވަރަށް ފަހުން އެޕަލް ގަޑިއަށް އުރީދޫ އީ ސިމްގެ ހިދުމަތްވެސް ދޭން ފަށާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އަލިފާން ނިއްވުމުގައި ހަރަކާތްތެރިވި ދެ ހެލިކޮޕްޓަރު ޖެހި ދެ މީހަކު މަރުވެއްޖެ
ޔޫނާން (ގްރީސް)ގެ ވެރިރަށް އެތެންސްއާ ގާތްގަނޑަކަށް 65 ކިލޯމީޓަރު ހުޅަނގުގައި އޮންނަ ސަރަހައްދެއްގައި ރޯވެފައިވާ ބޮޑު އަލިފާންގަނޑެއް ނިއްވުމަށް މަސައްކަތް ކުރަމުންދަނިކޮށް، ދެ ހެލިކޮޕްޓަރު ވައިގެ ތެރޭގައި ޖެހި ހިނގި ނުރައްކާތެރި ހާދިސާއެއްގައި ދެ މީހަކު މަރުވެއްޖެއެވެ.
03 Aug 2026
އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ސީ-ޓު-އެއާ ކާގޯއަށް 6 އިންސައްތައިގެ ކުރިއެރުމެއް
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) މެދުވެރިކޮށް ކުރިއަށްގެންދާ ސީ-ޓު-އެއާ ޓްރާންޝިޕްމަންޓްގެ ޚިދުމަތަށް ބޮޑު ތަރުހީބެއް ލިބި، މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި 6 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވާކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާމަކޮށްފިއެވެ.
03 Aug 2026
ފަލަސްތީނުގެ އަސީރުން ތިބޭ ޖަލުތަކުގެ ވަށައިގެން ކިނބޫ ގެންގުޅުން މަނާކުރާ އަމުރެއް
ނިރުބަވެރި އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ މުސްލިމް އަސީރުން ބޭތިއްބުމަށް ހަދާފައިވާ ކެޓްޒިއޮޓް ޖަލުގެ ވަށައިގެން ކިނބޫ ގެންގުޅުމަށް އެ ޖަމާއަތުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެން ގްވީރު ރާވާފައިވާ ރޭވުން ތަންފީޒުކުރުން، ގުދުސްގެ ޑިސްޓްރިކްޓް ކޯޓުން ވަގުތީ ގޮތުން ހުއްޓުވައިފިއެވެ.
03 Aug 2026
ހާމަ ވޯޓު ނެގުމަކީ އަސާސީ ޤަވާޢިދާ އެއްގޮތަށް ކުރާ ކަމެއް: ޕީއެންސީ
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލީހުގެ މެންބަރުން އިންތިޚާބު ކުރުމަށްޓަކައި ހާމަ ވޯޓު ނެގުމަށް ނިންމާފައިވަނީ އެ ޕާޓީގެ އަސާސީ ޤަވާޢިދާ އެއްގޮތަށް ކަމަށް އެ ޕާޓީން ބުނެފިއެވެ.
03 Aug 2026
ކަޕްވިނާސް ކަޕްގެ ފުރަތަމަ މެޗްގައި މިއަދު ހަވީރު ނިއުރޭޑިއަން ނިކުންނާނީ ބުރާ ދެކޮޅަށް
ޗެމްޕިއަން ޓީމްތަކަށް ދައުވަތު ދީގެން ކުޅެވޭ މި މުބާރާތުގައި ވާދަކުރާނީ، ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ބުރު ސްޕޯޓްސްގެ އިތުރުން، އޮޑި ސްޕޯޓްސް އާއި މާޒިޔާ ސްޕޯޓްސް ކްލަބެވެ
03 Aug 2026
ލީޑްސް ޔުނައިޓެޑް އަތުން ލިވަޕޫލް ބަލިވެއްޖެ
އެމެރިކާގައި މިހާރު ކުރިއަށްދާ ޕްރިސީޒަން ދަތުރުގައި ކުޅުނު އެންމެ ފަހުމެޗްގައި ލިވަޕޫލްގެ މައްޗަށް ލީޑްސް ކުރި ހޯދީ 4-2 ގެ ނަތީޖާއިންނެވެ
02 Aug 2026
ތަކެތީގެ އަގު ބޮޑުވާތީ ކަމަށް ބުނެ ކަޅުހުކުރުގައި އެމްޑީޕީން މުޒާހަރާއަށް ނިކުންނަނީ
އެމްޑީޕީން މިރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ 4 ވަނަ ދައުރުގެ 36 ވަނަ ބައްދަލްވުމުގައި އޮގަަސްޓް 12 ވަނަ ދުވަހު މުޒާހަރާ ކުރަން ނިންމީ އެ ޕާޓީގެ ޗެއާޕާސަން, ރައީސް މުހައްމަދު ނަޝީދެވެ.
02 Aug 2026
އެމްޑީޕީގެ ކޮންގްރެސް ވެސް ސެޕްޓެންބަރު މަހު ބާއްވަން ނިންމައިފި
63 މެންބަރުން ބައިވެރިވި ބައްދަލްވުމުގައި އެ ހުށައެޅުމަށް 52 މެންބަރުންގެ ތާއީދު ލިބުނެވެ.